Roadha Mihaaru
މިހާރުގެ ރެސިޕީ: ފްރައިޑް އެގް ކަރީ

މިހާރުގެ ރެސިޕީ: ފްރައިޑް އެގް ކަރީ

13 ޖޫން 2016

7 ކުކުޅު ބިސް (ކައްކައިފަ)

ފާތިމަތު ޚުރުޝިދާ ފާތިމަތު ޚުރުޝިދާ

ބޭނުންވާ ތަކެތި

7 ކުކުޅު ބިސް (ކައްކައިފަ)

1 ކުކުޅު ބިސް (ރަނގަޅަށް ގިރައިލައިފައި)

1 ފިޔާ (ބޮޑު، ތުނިކޮށް ކޮށައިފައި)

½ ސައިސަމުސާ ލޮނުމެދު (ޗިސްކޮށްފައި)

⅓ ސައިސަމުސާ އިނގުރު (ޗިސްކޮށްފައި)

1 ޖޯޑު ކާށިކިރު

1 މޭޒުމަތީސަމުސާ ހަވާދު (ފުއްލާ ޖެހި ރީނދޫ ދަޅު) ނުވަތަ ހަނާކުރި ހަވާދު

⅓ ސައިސަމުސާ ދިރި (ހިމުން ކޮށްފައި)

⅓ ސައިސަމުސާ ފޮނިތޮށިކާފޫރުތޮޅި (ހިމުންކޮށްފައި)

⅓ ސައިސަމުސާ އަސޭމިރުސް (ހިމުންކޮށްފައި)

1 ޓޮމާޓޯ (އާދައިގެ، ކޮށައިފައި)

1 ޗިކަން ކިއުބު (ކުޑަ ހޫނު ފެންފޮދެއްގައި ގިރައިލައިފައި)

½ ޖޯޑު ފެން

1 މޭޒުމަތީސަމުސާ ހިކިމަސް (ރާޅުކޮށް މުގުރި) ބޭނުން ނަމަ

2 މޭޒުމަތީސަމުސާ ގޮދަންފުށް

ހިކަނދިފަތް، ރާނބާފަތް، ލޮނު، ތެޔޮ، ރޯމިރުސް

ހަދާނެ ގޮތް

ގިރައިފައި ހުރި ކުކުޅުބިހުގެ ތެރެއަށް ބިސްތައް އަޅައިލުމަށް ފަހު ނަގައިފައި ބޭރުގައި ހިކި ފުށްކޮޅެއް ހާކައިލުން. ކުޑަ ތެފޮދެއްގެ ތެރޭގައި ބިސްތައް (ބޭރަށް މުށިކުލަ އަރަންދެން) ހަނާކޮށްލުން. ބިސްތައް ނަގައިފައި ޓިޝޫއެއް މަތީގައި ބެހެއްޓުން.

ކިރުޖޯޑުގެ ތެރެއަށް ދިރި، ފޮނިތޮށިކާފޫރުތޮޅި، އަސޭމިރުސް، ޓޮމާޓޯ، މިރުސް އެއްކުރުމަށް ފަހު މަތިޖަހައިފައި ބެހެއްޓުން.

ފިޔާ މީރުކޮށްފައި މަޑު މުށިކުލަ އަރަން ފެށީމައި، އޭގެ ތެރެއަށް ލޮނުމެދާއި އިނގުރު އެއްކޮށްފައި އެ އިން ދެބައިކުޅަ އެއްބައި ނެގުމަށް ފަހު، ތައްޔާރު ކުރި ކިރުޖޯޑުގެ ތެރެއަށް އަޅައިލުން. ބާކީ ހުރި ބައިގެ ތެރެއަށް ހަވާދުކޮޅު އަޅައިފައި، ފެން އަޅައިގެން ކައްކައިލުން. ބޮކިޖަހައި ކެކެން ފެށުމުން ހިކިމަސް، ޗިކަން ކިއުބު ވެސް އޭގެ ތެރެއަށް އެޅުން. ތައްޔާރު ކުރި ކިރުޖޯޑު އެޅުމަށް ފަހު ކައްކައިލުން. ކެކެން ފެށުމުން ބިސްތައް އަޅައިލުން. މަޑު ގިނީގައި ތިން މިނެޓު ވަންދެން ކައްކައިލައިފައި ހިކަނދިފަތާއި ރާނބާފަތް އަޅައިފައި ލޮނު ހެޔޮވަރު ކުރުން.

ނޫޑްލްސް ނުވަތަ އިޑިއައްޕަނާ އެއްކޮށް މި ރިހަ ވަރަށް މީރު ވާނެ.

އެޑިޓަރުގެ ނޯޓް

މި ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ ވަނީ ދިވެހި ރަހަތައް ހިމެނޭ ގޮތަށް ވަރަށް ގިނަ އަދަދަކަށް އަމިއްލަ ރެސިޕީތައް ހަދައި، އާންމުންނަށް ދޫކޮށްލައިފަ އެވެ. އެ ހުރިހާ ރެސިޕީއެެއް އޭނާ ވަނީ https://web.facebook.com/Rumaa-495764227208278/?fref=nf ގައި ހިމަނައިފަ އެވެ.