Roadha Mihaaru
މިހާރުގެ ރެސިޕީ: މުށިމަހު ކިރުގަރުދިޔަ

މިހާރުގެ ރެސިޕީ: މުށިމަހު ކިރުގަރުދިޔަ

29 ޖޫން 2016

2 މުށިމަސް (ބޮޑު، ދޭއް ނުވަތަ ތިންބުރި ކޮށްފައި)

ފާތިމަތު ޚުރުޝިދާ ފާތިމަތު ޚުރުޝިދާ

ބޭނުންވާތަކެތި

2 މުށިމަސް (ބޮޑު، ދޭއް ނުވަތަ ތިންބުރި ކޮށްފައި)

4 ޖޯޑު ފެން

1 ޖޯޑު ކާށިކިރު

1 ފިޔާ (އާދައިގެ، މެދުން ފަޅައިފައި، އަރިމަތިން ބޯކޮށް ކޮށައިފައި)

2 ލޮނުމެދު (ބޮޑު، މެދުން ފަޅައިފައި ދިގަށް ކޮށައިފައި)

½ އިންޗި އިނގުރު (ތުނިކޮށް ފޮތިފޮތި ކޮށްފައި)

⅓ ސައިސަމުސާ އަސޭމިރުސް (ރާޅުކޮށް މުގުރައިފައި)

1 ޓޮމާޓޯ (އާދައިގެ، މެދުން ފަޅައިފައި، އަރިމަތިން ބޯކޮށް ކޮށައިފައި)

2 ފޮތި ހުތްއަނބު ނުވަތަ ބިލިމަގެއް (ބޭނުން ނަމަ)

ހިކަނދިފަތް، ރާނބާފަތް، ލޮނު، ރޯމިރުސް ނުވަތަ ގިތެޔޮމިރުސް

ހަދާނެ ގޮތް

ފެންފޮދު ކެކެން ފެށީމައި، ލޮނު ލައިފައި، މަސްކޮޅު އަޅައިފައި، މައްޗަށް އަރާ ގަރު ނުވަތަ ފޮނު ނެގުން. ގަރު އަރައި ނިމުމުން، ބައި ޖޯޑު ކާށިކިރު، ފިޔާ، މިރުސް، އަސޭމިރުސް، ލޮނުމެދު، އިނގުރު އަޅައިފައި، ރަނގަޅަށް އެއްކޮށްލުން. ބޮކިޖަހައި ކެކެން ފެށީމައި، ބާކީ ހުރި ކިރުފޮދު އަޅައިފައި، ލޮނު ހެޔޮވަރު ކޮށްފައި، ރާނބާފަތް، ހިކަނދިފަތް އަޅައިފައި (އިތުރަށް ނުކައްކައި) މަތިޖެހުން.

އެޑިޓަރުގެ ނޯޓް

މި ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ ވަނީ ދިވެހި ރަހަތައް ހިމެނޭ ގޮތަށް ވަރަށް ގިނަ އަދަދަކަށް އަމިއްލަ ރެސިޕީތައް ހަދައި، އާންމުންނަށް ދޫކޮށްލައިފަ އެވެ. އެ ހުރިހާ ރެސިޕީއެެއް އޭނާ ވަނީ https://web.facebook.com/Rumaa-495764227208278 ގައި ހިމަނައިފަ އެވެ.