Roadha Mihaaru
މިހާރުގެ ރެސިޕީ: އަލުވި ކިރުގަރުދިޔަ

މިހާރުގެ ރެސިޕީ: އަލުވި ކިރުގަރުދިޔަ

19 ޖޫން 2016

400 ގުރާމު އަލުވި (ރިހައަށް ކޮށާގޮތަށް ކޮށައިފައި)

ފާތިމަތު ޚުރުޝިދާ ފާތިމަތު ޚުރުޝިދާ

ބޭނުންވާ ތަކެތި

400 ގުރާމު އަލުވި (ރިހައަށް ކޮށާގޮތަށް ކޮށައިފައި)

1 ފިޔާ (އާދައިގެ، މެދުން ފަޅައިފައި އަރިމަތިން ބޯކޮށް ކޮށައިފައި)

3 ލޮނުމެދު (ފަޅައިފައި)

½ އިންޗި އިނގުރު (ފޮތިކޮށްފައި)

3 ޖޯޑު ފެން

½1 ޖޯޑު ކާށި ކިރު

1 ގަނޑު ވަޅޯމަސް (ކުޑަ) ނުވަތަ

½ މަސްދަޅު

2 ރޯމިރުސް (މެދުން ފަޅައިފައި)

1 މޭޒުމަތީސަމުސާ ތެޔޮ

1 ޓޮމާޓޯ (އާދައިގެ، ފޮތިކޮށްފައި) ނުވަތަ ރަހަލާ ވަރުގެ ހުތްއަނބުކޮޅެއް

ރީނދޫ، ލޮނު، އަސޭމިރުސް، ހިކަނދިފަތް، ރާނބާފަތް، ފޮނިތޮށިކާފޫރުތޮޅި

ހަދާނެ ގޮތް

ފިޔާކޮޅުގެ ދެބައިކުޅަ އެއްބައި މީރުކޮށްލައިފައި، އޭގެ ތެރެއަށް އަލުވި، ވަޅޯމަސް، ދެ ޖޯޑު ފެން އަޅައިފައި، މަތިޖަހައިގެން އަލުވިކޮޅު މަޑުކުރުން. (ދަޅުމަސް އަޅައިގެން ކައްކާ ނަމަ، މަސްއަޅާނީ އަލުވި މަޑުވީމައި) ރަނގަޅަށް މަޑުވީމައި އެއް ޖޯޑު ފެން، ބާކީ ހުރި ފިޔާ، ލޮނުމެދު، އިނގުރު، ރޯމިރުސް، އަސޭމިރުސް، ރީނދޫ، ޓޮމާޓޯ، ފޮނިތޮށިކާފޫރުތޮޅި، ކާށިކިރު އަޅައިގެން ކުޑަ ލޮނުކޮޅެއް ލައިގެން ކެއްކުން. ބޮކިޖަހައި ކެކެން ފެށުމުން ހިކަނދިފަތާއި ރާނބާފަތް ލައިފައި، ލޮނު ހެޔޮވަރު ކުރުން.

އެޑިޓަރުގެ ނޯޓް

މި ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ ވަނީ ދިވެހި ރަހަތައް ހިމެނޭ ގޮތަށް ވަރަށް ގިނަ އަދަދަކަށް އަމިއްލަ ރެސިޕީތައް ހަދައި، އާންމުންނަށް ދޫކޮށްލައިފަ އެވެ. އެ ހުރިހާ ރެސިޕީއެެއް އޭނާ ވަނީ https://web.facebook.com/Rumaa-495764227208278 ގައި ހިމަނައިފަ އެވެ.