Roadha Mihaaru
މާލޭގެ ސްކޫލްތަކުގެ ޖާގަ އަށް އެދި 700 ކުދިން!

ރަށްރަށުން މާލޭގެ ސްކޫލްތަކުން ޖާގަ ހޯދަން އެދި 700 އަށް ވުރެ ގިނަ ކުދިން

05 މެއި 2024

މި މަހުގެ 26 ގައި ފަށާ ދިރާސީ އާ އަހަރާ އެކު، އެކި ރަށްރަށުން މާލޭގެ ސްކޫލްތަކަށް ބަދަލުވާން އެދި 790 ކުދިންގެ ފޯމު މިހާތަނަށް ލިބިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މި މަހުގެ 26 ގައި ފަށާ ދިރާސީ އާ އަހަރާ އެކު، އެކި ރަށްރަށުން މާލޭގެ ސްކޫލްތަކަށް ބަދަލުވާން އެދި 790 ކުދިންގެ ފޯމު މިހާތަނަށް ލިބިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ވަނީ ރަށްރަށުން މާލޭގެ ސްކޫލްތަކަށް ބަދަލުވާން ބޭނުންވާ ކުދިންނަށާއި މާލޭގެ ސްކޫލްތަކުގެ ގްރޭޑް 1 އަށް އަލަށް ވަންނަން ބޭނުންވާ ކުދިންނާއި މާލޭގެ އެކި ސްކޫލްތައް ބަދަލު ކުރަން ބޭނުން ކުދިން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ އަންގާރަ ދުވަހުގެ މެންދުރު 2:00 އެވެ. އެ ސުންގަޑީގެ ކުރިން ހުށަހަޅާ ފޯމުތަކަށް އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ކުރިން ޖަވާބު ދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން މިއަދު އާންކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މާލެ ސަރަހައްގެ ސްކޫލްތަކުގެ ގްރޭޑް 1 އަށް ވައްދަން މިހާތަނަށް 2،290 ކުދިންގެ ފޯމު ވަނީ ހުށަހަޅައިފަ އެވެ. ގްރޭޑް 1 ފިޔަވައި އެހެން ގްރޭޑްތަކުން ޖާގަ ހޯދަން 1،450 ކުދިން އަދި މާލެ ސަރަހައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް ވަންނަން 660 ކުދިންގެ ފޯމު ލިބިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. ރަށްރަށުން އަލަށް މާލޭގެ ސްކޫލުތަކަށް ބަދަލުވާން މިހާތަނަށް ހުށަހެޅީ 790 ކުދިންގެ ފޯމު ކަމަށް މިނިސްޓްރީން ބުންޏެވެ.

އަންނަ އަހަރަށް ފައިނަލް ކޮށްފައިވާ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން އަންނަ އަހަރުގެ ކިޔެވުން ނިމޭނީ މާޗު 6 ގަ އެވެ. މާޗް 9 އިން އޭޕްރީލް 3 އަށް އެއީ ބޮޑު ޗުއްޓީ ކަމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.