ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަގާމުގައި ބަހައްޓަން ނުފެންނަ ކަމަށް އެ ދާއިރާގެ ރައްޔިތުން ވޯޓު ދީފި ނަމަ، ވަކި ކުރެވޭ ގޮތް ހަދަން ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު އަނބުރާ ގެންގޮސްފި އެވެ.
07 މެއި 2024
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަގާމުގައި ބަހައްޓަން ނުފެންނަ ކަމަށް އެ ދާއިރާގެ ރައްޔިތުން ވޯޓު ދީފި ނަމަ، ވަކި ކުރެވޭ ގޮތް ހަދަން ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު އަނބުރާ ގެންގޮސްފި އެވެ.
އެ އިސްލާހު ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. އެހެން ނަމަވެސް އިއްޔެގެ ވަގުތެއްގައި އޭނާ އެ އިސްލާހު އަނބުރާ ގެންދަވާފައިވާ ކަމަށް ރިޔާސަތުން މިއަދު އިއުލާން ކުރި އެވެ.
އެމްޑީޕީން މިހާރު ވެސް ވަނީ މެންބަރުން ވަކި ކުރެވޭ ހާލަތްތަކެއް ބަޔާން ކުރާ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނެއް ފާސް ކޮށްފަ އެވެ. ނަމަވެސް ހަސަން ހުށަހަޅުއްވާފައި ވަނީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އަށް އިތުރު ބައިތަކެއް ހިމެނުމަށެވެ. އަދި މަޖިލީހުގެ މެންބަރު ކަމުން ވަކިވާނެ ފަސް ހާލަތެއް އެ އިސްލާހުގައި ބަޔާން ކޮށްފައިވެ އެވެ.
- މެންބަރަކު އިންތިހާބުވި ޕާޓީން އަމިއްލަ އިސްނެގުމުގެ މަތިން ވަކިވުން ނުވަތަ ޕާޓީ ބަދަލުކުރުން.
- އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު ޕާޓީއަކާ ގުޅުން.
- ޕާޓީގެ ނިންމުމަކާ ހިލާފަށް މަޖިލީހުގައި ވޯޓު ދިނުމުގެ ސަބަބުން ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް މެންބަރަކު ޕާޓީން ވަކިކުރުން
- މަޖިލީހުގައި ދޭ ވޯޓަކާ ގުޅިގެން ނޫން ހާލަތެއްގައި ޕާޓީއަކުން މެންބަރަކު ވަކިކޮށްފި ނަމަ، އޭނާ އިންތިހާބުވީ ދާއިރާގެ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަޣުލަބިއްޔަތުން އޭނާ އެ މަގާމުން ވަކި ކުރަން ނިންމުން.
- މެންބަރަކު ވަކިކުރަން ދާއިރާގެ ވަކި ޕަސެންޓެއްގެ ރައްޔިތުން ސޮއިކޮށް ޕެޓިޝަނެއް ހުށަހަޅާ ހާލަތުގައި، ރައްޔިތުންގެ މެދުގައި ނަގާ ވޯޓަކުން ވޯޓުލާ މީހުންގެ އަޣުލަބިއްޔަތުން އެ މެންބަރަކު މަގާމުން ވަކި ކުރަން ނިންމުން
ފަސް އަހަރުގެ ދައުރަކަށް އިންތިހާބުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަގާމުން ވަކި ކުރެވޭނެ ގޮތެއް މިހާރު ގާނޫނުއަސާސީގައި ނޯވެ އެވެ. ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މަގާމުތަކުގެ ތެރެއިން ވަކި ކުރެވޭނެ އުސޫލެއް ނެތް ހަމައެކަނި މަގާމަކީ ވެސް މަޖިލިސް މެންބަރުންނެވެ.
ގާނޫނުއަސާސީގައި ބަޔާންކޮށްފައި އޮތީ މަޖިލީހުގެ މެންބަރެއްގެ މަގާމު ގެއްލޭނެ ހާލަތްތަކެވެ. އޭގެ ތެރޭގައި ހިމެނެނީ ދަރަންޏެއް ސާބިތުވެ އެ ގަވައިދުން ދައްކަމުން ނުދިޔުމާއި 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ޖިނާއީ ކުށެއްގެ އަދަބު ސާބިތުވުމެވެ.
މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވަނީ މެންބަރުން އަނބުރާ ގެންދަވާފައިވާ އިތުރު އިސްލާހުތައް ވެސް ވިދާޅުވެފަ އެވެ.
އޭގެ ތެރޭގައި މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު ގާނޫނުއަސާސީ އަށް ހުށަހަޅުއްވާފައިވާ އިސްލާހަކާއި އިލެކްޝަންސް ކޮމިޝަނަށް މެންބަރުން ހޯދުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބޭ ގޮތަށް ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ ހުށަހަޅާފައިވާ އިސްލާހެއް ވެސް އެ ދެ މެންބަރުން އަނބުރާ ގެންދަވާފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.
މިހާރު މި ހިނގަނީ 19 ވަނަ މަޖިލީހުގެ ފަހު ޖަލްސާތަކެވެ. މަޖިލީހުން ނިންމާފައި ވަނީ އެންމެ ފަހު ޖަލްސާ އަންނަ ހޯމަ ދުވަހު ބޭއްވުމަށެވެ.
"އިސްލާހު ގެނައީ އުސޫލުން ކަމަށް ގަބޫލެއް ނުކުރެވޭ"
ގާނޫނުއަސާސީ، ގާނޫނުއަސާސީއާ ހިލާފުވީތަ؟!
މަޖިލިސް ބައިބައި ކުރުމުގެ ފުރުސަތެއް ދެން ނޯންނާނެ
"ގޮނޑި ގެއްލޭ އިސްލާހުގައި ހިޔާލަށް ފުރުސަތުދީ"
ގޮނޑިގެއްލޭ ބިލް ރޯލްކޯލް ވޯޓަކުން ކޮމެޓީން ފާސްކޮށްފި
ޕާޓީއާއެކު ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީ ބަދަލުކުރަނީ
ގޮނޑި ގެއްލޭ އިސްލާހު ސައްހަކަމަށް ކަނޑައަޅަން އެދެފި
ވަގުތީއަމުރާ މެދު ގޮތް ނިންމާ އަޑުއެހުން ކެންސަލްކޮށްފި
"ގާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮތީ ރައްޔިތުންނަށް"
ގޮނޑި މައްސަލައިން ޑިމޮކްރެޓްސް ޕާޓީ ބޭރުވެއްޖެ