އެކި ކުންފުނިތަކާއި ވިޔަފާރިތަކުގައި ފައިސާގެ ހުރިހާ ކަންތައްތަކެއް ރަނގަޅަށް ބަލަހައްޓާ މެނޭޖުކުރުން އޮންނަނީ ދަތިކަމަކަށް ވެފަ އެވެ. ލިޔެކިޔުންތައް ކިތަންމެ ރަނގަޅަށް މެނޭޖުކުރަން މަސައްކަތް ކުރިއަސް ގިނަ ފަހަރު އަތުގައި ފައިސާ ބަހައްޓައިގެން ހޭދަތައް ކުރަންޖެހުމުން އޮޅުންބޮޅުންތަކުގެ ތެރެއިން ފައިސާ ހޭދަވާ ވަރު ނޭނގި, ގެއްލުންވެ, ހޭދަކުރި މީހެއް ވެސް ނޭނގޭ ހިސާބަށް ކަންތައްތައް ދެ އެވެ.
އެކި ކުންފުނިތަކާއި ވިޔަފާރިތަކުގައި ފައިސާގެ ހުރިހާ ކަންތައްތަކެއް ރަނގަޅަށް ބަލަހައްޓާ މެނޭޖުކުރުން އޮންނަނީ ދަތިކަމަކަށް ވެފަ އެވެ. ލިޔެކިޔުންތައް ކިތަންމެ ރަނގަޅަށް މެނޭޖުކުރަން މަސައްކަތް ކުރިއަސް ގިނަ ފަހަރު އަތުގައި ފައިސާ ބަހައްޓައިގެން ހޭދަތައް ކުރަންޖެހުމުން އޮޅުންބޮޅުންތަކުގެ ތެރެއިން ފައިސާ ހޭދަވާ ވަރު ނޭނގި, ގެއްލުންވެ, ހޭދަކުރި މީހެއް ވެސް ނޭނގޭ ހިސާބަށް ކަންތައްތައް ދެ އެވެ.
ވިޔަފާރިތަކާއި ކުންފުނިތަކުގެ ހަރަދުތައް ފަސޭހައިން ބަލަހައްޓައި ފައިސާގެ ކަންތައްތައް މެނޭޖުކުރެވޭނެ ރަނގަޅު ސޮލިއުޝަނެއް ވިޔަފާރިތަކާއި ކުންފުނިތަކުން ތިބީ ބޭނުން ވެފަ އެވެ.
ވިޔަފާރިތަކާއި ރައްޓެހި, ވިޔަފާރިތަކާއި ކުންފުނިތަކަށް ލުއިފަސޭހަ މަގުތައް ތަނަވަސް ކޮށްދިނުމަށް މަސައްކަތް ކުރާ އެމްއައިބީން ދާދި ފަހުން ވަނީ މިކަމަށް ލުއި ގޮތެއް ހޯދައިދީފަ އެވެ. މިދިޔަ މާޗް މަހު އެމްއައިބީއިން ތައާރަފްކުރި ވިސާ އެކްސްޕެންސް ބިޒްނަސް ކާޑަކީ ވިޔަފާރިތަކުގެ ހަރަދުތައް މެނޭޖުކުރުމަށް ހާއްސަކޮށް ނެރުނު ކާޑެކެވެ.
ވިސާ އެކްސްޕެންސް ބިޒްނަސް ކާޑަކީ އެމްއައިބީގެ ފައިސާ ނެޓް އެކައުންޓް ޕޯޓަލް މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެން ވެސް ކާޑު ސްޓޭޓްމަންޓުތަކަށް އެކްސެސްކޮށް، ހަރަދުތައް ޓްރެކް ކުރެވޭނެ ކާޑެކެވެ. މި ކާޑަކީ ޕެޓީ ކޭޝް އާއި ކުންފުނީގެ ބިލުތައް ދެއްކުމާއި އެކި ހަރަދުތައް ކުރުމުގައި ބޭނުން ކުރެވޭނެ ކާޑެކެވެ. ކާޑުގެ ހުރިހާ ކަމެއްގެ ކޮންޓްރޯލް އޮންނާނީ ވެރިފަރާތުގަ އެވެ.
ކާޑުގެ އެކްސެސް ދޭނެ މީހުން ކަނޑައަޅާ ކާޑު ބޭނުންކޮށްގެން ކުރާ ހުރިހާ ހޭދައެއްގެ ތަފްސީލް ވެރިފަރާތަށް ބެލޭނެ އެވެ. އަދި ކާޑުން ކޮންމެ ދުވަހަކަށް ހޭދަ ކުރެވޭނެ ލިމިޓާއި މަހެއްގެ މައްޗަށް ވަކި ފައިސާގެ ލިމިޓެއް ކަނޑައެޅޭނެ އެވެ. ޕެޓީކޭޝް މެނޭޖުކުރުމާއި އޮފީހުގެ އެކި ހަރަދުތަކަށް ހޭދަވާ ފައިސާގެ ތަފްސީލުތައް ކުންފުނިތަކުގެ ވެރިންނާއި ވިޔަފާރިވެރިންނަށް ކޮންމެ ތަނެއްގައި ހުރެގެން ވެސް އެކައުންޓް ޕޯޓަލް މެދުވެރިކޮށް ބެލޭނެ އެވެ. މިއީ އެކި ވިޔަފާރިތަކުގައި އަވަދިނެތި އުޅޭ ފަރާތްތަކަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ.
މި ކާޑަކީ ޑޮލަރު އަދި ރުފިޔާއިން ވެސް ބޭނުން ކުރެވޭ ކާޑެކެވެ. ކާޑު ބޭނުންކުރުމަށް އޮންލައިންކޮށް ފައިސާ ޓޮޕްއަޕް ކުރެވޭނެ އެވެ.
މި ކާޑަކީ ރައްކާތެރި ކޮށް ފައިސާ މެނޭޖުކޮށް ބެލެހެއްޓުމަށް ވިޔަފާރިތަކާއި ކުންފުނިތަކަށް އެމްއައިބީން ހޯދައިދިން ހައްލެކެވެ. އެމްއައިބީން މަސައްކަތް ކުރަނީ ކުންފުނިތަކާއި ވިޔަފާރިތަކާއި އާއްމުންނަށް ރައްކާތެރި ގޮތުގައި ޒަމާނީ ވަސީލަތްތަކުގެ އެހީގައި ލުއި ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.
ނޯޓު: މިއީ އެމްއައިބީގެ އެޑްވަޓޯރިއަލް އާޓިކަލެކެވެ.
ވިނަރެސްއަށް ފައިސާ ދައްކަން އެމްއައިބީގެ ލުއިތަކެއް
އެމްއައިބީގެ ހިއްސާދާރަކަށް ވާންވީ ކީއްވެ؟
މޯލްޑިވްސް އިސްލާމިކް ބޭންކަށް 14 އަހަރު
ތަދުތަކަށް ދޭ ރޭޑިއޯ ފްރީކުއެންސީ ފަރުވާ ޕެއިން ކްލިނިކުގައި
އެމްއައިބީ އާއި ފަހި ޕްލާޒާ ގުޅިގެން ޕްރޮމޯޝަނެއް
އެމްއައިބީ އާއި އެސްޖޭ މޯލް ގުޅިގެން ޕްރޮމޯޝަނެއް
ތިން ރެސްޓޯރެންޓަކާ އެކު އެމްއައިބީގެ ޕްރޮމޯޝަނެއް
އިހްސާން ފިހާރައިން ބޮޑެތި ފައިސާގެ އިނާމުތަކެއް
ފައިސާ ދައްކަން އެމްއައިބީގެ "ފައިސާ ވެއާ" ޓެގެއް
އެމްއައިބީގެ "ބިންގާ" މާހެފުމަށް ހޫނު ތަރުހީބެއް!