Roadha Mihaaru
އެމްއައިބީގެ ހިއްސާދާރަކަށް ވާންވީ ކީއްވެ؟

އެމްއައިބީގެ ހިއްސާދާރަކަށް ވާންވީ ކީއްވެ؟

18 ސެޕްޓެމްބަރ 2019

ހިއްސާގެ ބާޒާރުގައި ޒަމާނުއްސުރެ ދިވެހިން ބައިވެރިވަމުން އައީ ގައުމީ ކަމެއްގައި ބައިވެރިވުމުގެ ނިޔަތުގަ އެވެ. ނަމަވެސް މިއަދު މިވަނީ އެކަން ބަދަލުވެ ހިއްސާގެ ބާޒާރަކީ އާމްދަނީ އިތުރުކުރަން ލިބިފައިވާ ފުރުސަތެއްގެ ގޮތުގައި ގަބޫލުކުރަން ފަށައިފަ އެވެ. ހިއްސާ ވިއްކި ބައެއް ކުންފުނިތަކުން ލިބެންޖެހޭ އެންމެ އެކަށީގެންވާ ފައިދާ ނުލިބުނުކަމުގައި ވިއަސް ހަގީގަތަކީ ހިއްސާގެ ބާޒާރުގައި ލިސްޓްކޮށްފައިވާ ގިނަ ކުންފުނިތަކަކީ ހިއްސާދާރުންނަށް ރަނގަޅަށް އެކަށީގެންވާ ފައިދާ ދޭ ކުންފުނިތައް ކަމެވެ. މި އަހަރުގެ ހިސާބުތަކަށް އެކަނި ބަލާލިކަމުގައި ވިއަސް މިކަން ހާމަވެ އެވެ. ބޭންކް އޮފް މޯލްޑިވްސް، އޫރީދޫ، އެސްޓީއޯ، އަދި ދިރާގުން ވެސް ވަނީ ވަރަށް ރަނގަޅު ފައިދާއެއް ހިއްސާދާރުންނަށް ބަހައިފަ އެވެ.

ހިއްސާގެ ބާޒާރުގައި ޒަމާނުއްސުރެ ދިވެހިން ބައިވެރިވަމުން އައީ ގައުމީ ކަމެއްގައި ބައިވެރިވުމުގެ ނިޔަތުގަ އެވެ. ނަމަވެސް މިއަދު މިވަނީ އެކަން ބަދަލުވެ ހިއްސާގެ ބާޒާރަކީ އާމްދަނީ އިތުރުކުރަން ލިބިފައިވާ ފުރުސަތެއްގެ ގޮތުގައި ގަބޫލުކުރަން ފަށައިފަ އެވެ. ހިއްސާ ވިއްކި ބައެއް ކުންފުނިތަކުން ލިބެންޖެހޭ އެންމެ އެކަށީގެންވާ ފައިދާ ނުލިބުނުކަމުގައި ވިއަސް ހަގީގަތަކީ ހިއްސާގެ ބާޒާރުގައި ލިސްޓްކޮށްފައިވާ ގިނަ ކުންފުނިތަކަކީ ހިއްސާދާރުންނަށް ރަނގަޅަށް އެކަށީގެންވާ ފައިދާ ދޭ ކުންފުނިތައް ކަމެވެ. މި އަހަރުގެ ހިސާބުތަކަށް އެކަނި ބަލާލިކަމުގައި ވިއަސް މިކަން ހާމަވެ އެވެ. ބޭންކް އޮފް މޯލްޑިވްސް، އޫރީދޫ، އެސްޓީއޯ، އަދި ދިރާގުން ވެސް ވަނީ ވަރަށް ރަނގަޅު ފައިދާއެއް ހިއްސާދާރުންނަށް ބަހައިފަ އެވެ.

ހިތާމައަކީ ހިއްސާދާރުންނަށް މިކަން ނޭނގޭ ކަމެވެ. އަދި ހިއްސާގެ ފައިދާ ޖަމާކުރުމަށް އެކައުންޓެއް ހަދައި ކުންފުނިތަކަށް އެންގުމާއި އަދި ހިއްސާގެ ފައިދާއަށް ހާއްސަކޮށްފައިވާ އެކައުންޓަށް ފައިދާ ޖަމާކޮށްފައި ހުރިތޯ ބަލަނީ ވެސް މަދުބައެކެވެ. މިހެންވުމުގެ ސަބަބުން ހިއްސާގެ ބާޒާރާއި، ޕަބްލިކް ކުންފުނިތަކުގެ ހިއްސާގަތުމާއި ބެހޭ ގޮތުން އާންމުންގެ މެދުގައި އޮންނަ ވިސްނުންވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ނަމަވެސް ހިއްސާގެ ބާޒާރުގައި ހުންނަ އަގުތަކަށް ނަޒަރު ހިންގާލުމުން (www.mse.com.mv) މިދެންނެވި ހަގީގަތް ވަރަށް ސާފުކޮށް ފެނެއެވެ.

ބޭންކޮ އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 50 ރުފިޔާއަށް ވިއްކި ހިއްސާގެ އަގު މިއަދު ހުރީ 200ރ. ގަ އެވެ. ދިރާގުން 80ރ. އަށް ވިއްކި ހިއްސާގެ އަގު ހުރީ މިއަދު 100ރ. އަށެވެ. އަދި އުރީދޫ އިން 30ރ. އަށް ވިއްކި ހިއްސާގެ އަގު ހުރީ 35ރ. ގަ އެވެ. އެސްޓީއޯ އިން 400ރ. އަށް ވިއްކި ހިއްސާ އެންމެފަހުން ވިއްކާފައި ވަނީ 500ރ. އަށެވެ. ކުންފުނިތަކުން އެންމެ ފުރަތަމަ ހިއްސާގެ ބާޒާރުގައި ރަޖިސްޓްރީ ކުރި ދުވަހާއި މަތީގައި ދެންނެވުނު ކުރިއެރުންތަކާ އަޅާބަލާއިރު މިއިން ކޮންމެ ކުންފުންޏަކީ ވެސް އިންވެސްޓަރުންގެ ފުރިހަމަ އިތުބާރު ލިބި، ހިއްސާގެ އަގު ރަނގަޅު ދުވެއްޔެއްގައި ކުރިއަރައިގެން އަންނަ ކުންފުނިތަކެއްކަން ސާފުކޮށް އެނގެ އެވެ.

ބޭންކިން ސިނާއަތް

ބޭންކިން ސިނާއަތް ނުވަތަ އިންޑަސްޓްރީގެ ކުންފުނިތަކަކީ ވަރަށް ހާއްސަކޮށް ހިއްސާގެ ބާޒާރުގައި މުހިންމު ރޯލެއް އަދާކުރާ ކުންފުނިތަކެއް ކަމުގައި ވަނީ ފާހަގަ ކުރެވިފަ އެވެ. މުޅި ދުނިޔޭގައި ވެސް މިކަން އޮތީ މިހެންނެވެ. ސަބަބަކީ އިގުތިސާދުގެ ދުވެލި ބިނާވެފައިވާ ހުރިހާ ސިނާއަތްތަކާ ބޭންކިން ސިނާއަތާ ވަނީ ގުޅިލާމެހިފަ އެވެ. ބައެއް ސިނާއަތްތަކަށް ބައެއް ފަހަރު ލޮޅުން އައި ކަމުގައި ވިއަސް ބޭންކިން ނިޒާމުގައި ހިމެނޭ ކުންފުނިތަކުގެ ރިސްކު ހުންނަނީ ފުރިހަމައަށް ބެލެންސް ކޮށްފަ އެވެ. އެހެންކަމުން އަރާ ލޮޅުންތަކުގެ އަސަރު ވަރަށް ވެސް ކުޑަ އެވެ. އަދި މީގެ އިތުރުން ބޭންކިން ކުންފުނިތަކަކީ މުޅި ދުނިޔޭގައި ވެސް ވަރަށް ބޮޑަށް ރެގިއުލޭޓް ކުރެވިގެން ހިންގާ ކުންފުނިތަކެވެ.

މިފަހަކާ ޖެހެންދެން ބޭންކަކުން އާންމުންނަށް ހިއްސާވިއްކާފައިވަނީ އެންމެ ކުންފުންޏަކުންނެވެ. އެއީ ބީއެމްއެލް އެވެ. މީގެ ވިއްސަކަށް އަހަރު ކުރިން ބީއެމްއެލް އިން ހިއްސާ ވިއްކި ފަހުން އިހަށްދުވަހާ ހަމައަށް އިތުރު ބޭންކެއް ހިއްސާގެ ބާޒާރަށް ނުކުމެފައި ނުވަނީ ކީއްވެގެންތޯ ވަރަށްގިނަ މީހުން ސުވާލު ކުރެ އެވެ. މި ސުވާލު ކުރުމުގެ އަސްލަކީ ބީއެމްއެލްގެ ހިއްސާގެ އަގު ކުރިއަރައިގެން އައި ގޮތާއި ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ލިބެމުން އައި އެއްޗެއް ރަނގަޅުވުމުން ކަމަށް ގިނަ ބަޔަކު ބުނެ އެވެ.

ހިއްސާގެ ބާޒާރުގެ ބައެއް މާހިރުން ބުނާގޮތުގައި މާލީ ނިޒާމުގެ ކުންފުނިތައް ހިއްސާގެ ބާޒާރަށް ނުކުންނަ ރޭޓު ގުޅިފައިވަނީ ގައުމުގެ އިގުތިސާދީ ދުވެއްޔާ އެވެ. އިގުތިސާދު ފުޅާވެގެން އަންނަ މިންވަރަކުން މާލީ ކުންފުނިތައް ހިއްސާގެ ބާޒާރަށް ނުކުންނާނެއެވެ. އަދި ހާއްސަކޮށް މި ސިނާއަތުގައި ހަރަކާތްތެރިވާ ދިވެހި ކުންފުނިތައް އިތުރުވާނީ އިގުތިސާދު ކުރިއަރާ މިންވަރަކުންނެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް

މޯލްޑިވެސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އާއްމުންނަށް ހިއްސާއަކަށް 35ރ. ގެ މަގުން ހިއްސާވިއްކަން ފެށީ ޖުލައި މަހުގެ 28 ވަނަ ދުވަހު އެވެ. ހިއްސާ ވިއްކުން ނިންމާލަން ހަމަޖައްސާފައިވަނީ އަންނަ އާދިއްތަ ދުވަހު އެވެ. މާޒީ އާއި ރާއްޖޭގެ ހިއްސާ ބާޒާރުގައި ފާއިތުވި ދުވަސްތަކުގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މިއީ ދޫކޮށް ނުލާންވީ ރަނުގެ ފުރުސަތެއްކަން ޔަގީނެވެ. ވަކިން ހާއްސަކޮށް މިއަދާ ހަމައަށް ލިސްޓުކޮށްފައިވާ މާލީ ކުންފުނިތަކުގެ ނަތީޖާއިން ވެސް މިކަން ވަރަށް ސާފެވެ.

ރާއްޖޭގެ އިގުތިސާދީ ދުވެއްޔާއި ފާއިތުވި އަހަރުތަކުގައި ކަންކަން ހިނގާފައި ހުރި ސްޕީޑާއި ޑިމާންޑް އޮތް މިންވަރަށް ބަލާއިރު، އިތުރު ބޭންކެއްގެ ހިއްސާ ބާޒާރަށް ނުކުތުމަށް 15 ވަރަކަށް އަހަރު ނަގައިފާނެކަމަށް އަންދާޒާ ކުރެވެ އެވެ.

އިސްލާމިކް ބޭންކުގެ ހިއްސާ ގަތް ބައެއް އިވެސްޓަރުންނާއި ހިއްސާ ގަތް ސަބަބާ ބެހޭގޮތުން ސުވާލުކުރުމުން ލިބޭ ޖަވާބަކީ ވެސް މިއީ އެވެ.

"މި ކަހަލަ ފުރުސަތެއްގެ އިންތިޒާރުގައި ތިބޭތާ އެތައް އަހަރެއްވެއްޖެ، ދިވެހި ބޭންކެއްގެ ހިއްސާގަތުމުގެ ފުރުސަތު ދެން އެހާ އަވަހަށް ލިބޭނެ ހެނެއް ހިއެއް ނުވޭ،" މި އެވެ.

އެމްއައިބީ އިން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ ބޭންކުގެ ހިއްސާ ގަތުމަށް އާންމުންގެ ތަރުހީބު ވަރަށް ބޮޑު ކަމަށެވެ. އެ ބޭންކުން އަމާޒު ހިފާފައި ހުރީ އަމިއްލަ ހިއްސާދާރުން ވީހާ ވެސް އިތުރުކުރުމަށެވެ.

"އެމްއައިބީ އަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ ވަރަށް ބޮޑު ބައިވެރިވުމަކާ އެކު އުފައްދާފައިވާ ބޭންކެއް. އައިޑީބީގެ ސިޔާސަތުގެ ވަރަށް ބޮޑު އަމާޒެއް ވީހާ ވެސް ގިނަ ދިވެހި ރައްޔިތުން ބޭންކުގައި ހިއްސާވުމަކީ،" އޭނާ ވިދާޅުވި އެވެ.

ކަން މިހެން އޮތްއިރު ކުރަން އޮތީ އެންމެ ސުވާލެކެވެ. އެއީ އިސްލާމިކް ބޭންކުގެ ހިއްސާދާރަކަށް ވާންވީ ކީއްވެ ހެއްޔެވެ؟ އަދި ޖަވާބު ވެސް އެހާމެ ސާފެވެ. މިއީ މަދުން ނޫނީ ނުލިބޭ ރަނުގެ ފުރުސަތެކެވެ. އިސްލާމިކް ބޭންކުގެ ހިއްސާދާރަކަށް ވާންވީ މިހެންވެގެންނެވެ. މިކަމަށް އޮތީ ބާކީ އެންމެ ހަތަރުު ދުވަހެވެ.

އެމްއައިބީގެ ހިއްސާ ގަންނަން ބޭނުންވާ މީހުންނަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ އޮންލައިން ޕޯޓަލް https://inifity.mv އަށް ޒިޔާރަތްކޮށް ފަސޭހައިން ހިއްސާ ގަނެވޭނެ އެވެ. އަދި ބޭންކުގެ ހުރިހާ ބްރާޗުތަކުންނާއި އޯކިޑްމަކުގައި ހުންނަ ފާމްދޭރިގޭގައި ވެސް ހިއްސާގެ އެޕްލިކޭޝަން ފޯމް ބަލައިގަތުމުގެ ކަންތައް ވަނީ ހަމަޖެހިފަ އެވެ. އެމްއައިބީގެ ހިއްސާއާ ބެހޭ މައުލޫމާތު ހިމެނޭ ލުއި ފޮތެއް https://bit.ly/mibbooklet ލިންކުން ލިބެން ހުންނާނެ އެވެ.