Roadha Mihaaru
ޓެކްސީ ކުރެވޭނެ އަގުތައް އަލުން ކަނޑައަޅައިފި

މާލެ ސަރަހައްދުގައި ޓެކްސީ ކުރެވޭނެ އަގުތައް ސަރުކާރުން އަލުން ކަނޑައަޅައިފި

14 މެއި 2024

މާލެ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދުތަކުގައި ޓެކްސީ ކުރެވޭނެ އަގުތައް އަލުން ކަނޑައަޅައި މި މަހުގެ 20 އިން ފެށިގެން އާ އަގުތަކަށް އަމަލުކުރަން ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނިންމައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލެ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދުތަކުގައި ޓެކްސީ ކުރެވޭނެ އަގުތައް އަލުން ކަނޑައަޅައި މި މަހުގެ 20 އިން ފެށިގެން އާ އަގުތަކަށް އަމަލުކުރަން ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނިންމައިފި އެވެ.

މާލެ ސަރަހައްދުގައި ޓެކްސީ ދަތުރުތަކަށް ޑްރައިވަރުން ހިތުހުރި އަގުތަކެއް ނަގަމުން ދަނިކޮށް، ސަރުކާރުން އަގުތައް އަލުން މުރާޖައާ ކޮށްފައިވާއިރު، މިނިސްޓްރީން ބުނީ ޓެކްސީ ކުރުމުގެ އަގުތައް ކަނޑައަޅާފައި ވަނީ ދަތުރުކުރެވޭ ސަރަހައްދާއި ޕެޓްރޯލް ހަރަދު ފަދަ ކަންކަމަށް ރިއާޔަތްކޮށް ކަމަށެވެ. އަގުތައް ކަނޑައެޅުމުގައި ޓެކްސީ ޑްރައިވަރުންނާއި ހިދުމަތް ހޯދާ މީހުންގެ މަސްލަހަތަށް ބުރޫނާރާނެ ގޮތަށް ބެލި ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

ހަ ސީޓަށް ވުރެ މަދު އުޅަނދުތައް:

- ޒޯނު އެތެރޭގެ ދަތުރުތައް (މާލެ، ހުޅުމާލެ، ހުޅުމާލެ 2 ގެ އެތެރޭގެ ދަތުރުތައް) - 30ރ.

- މާލެ އިން ހުޅުމާލެ 1 އަށް 85ރ.

- މާލެ އިން ހުޅުމާލެ 2 އަށް 100ރ.

- މާލެ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 70ރ.

- ހުޅުމާލެ 1 އިން މާލެ އަށް 85ރ.

- ހުޅުމާލެ 1 އިން ހުޅުމާލެ 2 އަށް 40ރ.

- ހުޅުމާލެ 1 އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 80ރ.

- ހުޅުމާލެ 2 އިން މާލެ އަށް 100ރ.

- ހުޅުމާލެ 2 އިން ހުޅުމާލެ 1 އަށް 40ރ.

- ހުޅުމާލެ 2 އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 85ރ.

- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މާލެ އަށް 70ރ.

- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުޅުމާލެ 1 އަށް 80ރ.

- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުޅުމާލެ 2 އަށް 85ރ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނި ގޮތުގައި ޑޮމެސްޓިކް ޓާމިނަލަށް ކުރެވޭ ދަތުރުތަކުން އެއާޕޯޓަށް ކަނޑައަޅާފައިވާ އަގުގެ އިތުރަށް 10ރ. ނަގާނެ އެވެ. އަދި ޓެކްސީއަށް އަރުވާ ލަގެޖުގެ ތެރެއިން ތިން ލަގެޖަށް ވުރެ އިތުރުވާ ނަމަ، އިތުރުވާ ކޮންމެ ލަގޭޖަކަށް 5ރ. ޗާޖުކުރާނެ އެވެ.

7-10 ސީޓާ ދެމެދުގެ އުޅަނދުގައި ދަތުރުކުރެވޭނެ އަގުތައް:

- ޒޯނު އެތެރޭގެ ދަތުރުތައް (މާލެ، ހުޅުމާލެ، ހުޅުމާލެ 2 ގެ އެތެރޭގެ ދަތުރުތައް) - 45ރ.

- މާލެ އިން ހުޅުމާލެ 1 އަށް 130ރ.

- މާލެ އިން ހުޅުމާލެ 2 އަށް 155ރ.

- މާލެ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 110ރ.

- ހުޅުމާލެ 1 އިން މާލެ އަށް 130ރ.

- ހުޅުމާލެ 1 އިން ހުޅުމާލެ 2 އަށް 60ރ.

- ހުޅުމާލެ 1 އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 125ރ.

- ހުޅުމާލެ 2 އިން މާލެ އަށް 155ރ.

- ހުޅުމާލޭ 2 އިން ހުޅުމާލެ 1 އަށް 60ރ.

- ހުޅުމާލެ 2 އިން ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓަށް 130ރ.

- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މާލެ އަށް 110ރ.

- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުޅުމާލެ 1 އަށް 125ރ.

- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުޅުމާލެ 2 އަށް 130ރ.

މިނިސްޓްރީން ބުނީ 7-10 ސީޓާ ދެމެދުގެ އުޅަނދުތަކުގައި އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލާ ހަމައަށް ކުރާ ދަތުރުތަކުގެ އަގުގެ އިތުރަށް 15 ރުފިޔާ ޗާޖު ކުރެވޭނެ ކަމަށެވެ. އަދި ތިން ލަގެޖަށް ވުރެ އިތުރުވާ ނަމަ އިތުރުވާ ލަގެޖަކަށް 5ރ. އިތުރަށް ނަގާނެ ކަމަށް އާ އުސޫލުގައި ވެ އެވެ.

ޓެކްސީގެ އަގުތައް މުރާޖައާ ކުރިއިރު މީގެ ކުރިން މާލެ އެތެރޭގެ ދަތުރުތަކަށް ނަގަނީ 25-30ރ. ގެ އަގެކެވެ. މާލެ އިން ހުޅުމާލެ 1 އަށް 85ރ. އަދި މާލެ އިން ހުޅުމާލެ 2 އަށް 100ރ. އަށް ދެވެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި ޓެކްސީގެ ހިދުމަތް ދެނީ ކަނޑައަޅާފައިވާ އަގުތަކުގައިތޯ ފުލުހުންނާ ގުޅިގެން އެ މިނިސްޓްރީން ބަލާނެ އެވެ. ޓެކްސީގެ ހިދުމަތް ލިބެމުންދާ އަގުތައް އެއާޕޯޓުގެ ބޯޑެއްގައި ހަރުކުރުމަށް މޯލްޑިވްސް އެއާޕޯޓް ލިމިޓެޑާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.