ތ. ކަނޑޫދޫގައި ފާރެއް ދަށުވެ، އަނިޔާވި ކުއްޖާއަށް އިތުރު ފަރުވާ ދިނުމަށް މިއަދު މާލެ ގެެނެސްފި އެވެ.
18 މެއި 2024
ތ. ކަނޑޫދޫގައި ފާރެއް ދަށުވެ، އަނިޔާވި ކުއްޖާއަށް އިތުރު ފަރުވާ ދިނުމަށް މިއަދު މާލެ ގެެނެސްފި އެވެ.
އުމުރުން 10 އަހަރުގެ ފިރިހެން ކުއްޖާ ފާރެއް ދަށުވީ، އެހެން ކުދިންތަކަކާ އެކު ބޭރުގައި ކުޅެން އުޅެނިކޮށެވެ. އެ ކުއްޖާ ފާރުގެ ދަށުން ނަގައި، އެހެން ގެއަކާ ހިސާބަށް ގެންދިޔައީ ވެސް އެކުގައި ތިބި ކުދިންނެވެ.
ހެލްތު ސެންޓަރަށް ގެންގޮސް ކުއްޖާއަށް ފަރުވާ ދިނުމަށް ފަހު، ހާލު ގޯސްކަމުން މާލެ ގެނައީ މިއަދު ހެނދުނު 8:30 ހާއިރު އެއާ އެމްބިއުލާންސްގަ އެވެ.
ކުއްޖާއަށް މިހާރު އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނައިރު އެ ހޮސްޕިޓަލުގެ މީޑިއާ އޮފިސަރު، "މިހާރު" އަށް ވިދާޅުވީ އެ ކުއްޖާގެ ފައިގެ ބައެއް ކަށިތައް ބިނދިފައިވާ ކަމަށެވެ. އެ ކުއްޖާ އަށް މިހާރު ފަރުވާދެމުން އަންނަނީ ކަށީގެ ޑޮކްޓަރެކެވެ.
ކުއްޖާ މާލެ ގެނައީ އެތެރެ ހައްޓަށް ލިބިފައިވާ ގެއްލުން ބެލުމަށް، ރަށުން ޓެސްޓު ނުހެދޭތީ އެވެ.
އެޅިގަލުން ހަދާފައިވާ ވަރަށް ދުވަސްވީ ފާރު ވެއްޓުނީ ކުއްޖާގެ އުނަގަނޑުން ތިރިއަށެވެ.
ކަނޑޫދޫ ކައުންސިލަރަކު ބުނި ގޮތުގައި އެ ހާދިސާ ހިނގި ވަގުތު ކުއްޖާއާ އެކު ތިބީ ކުޑަކުދިން ކަމަށްވާތީ އެކަން ހިނގާދިޔަ ގޮތް މާބޮޑަށް ސާފު ނުވިޔަސް އެއް ފައިގެ ކުޑަހުޅު ވަރަށް ބޮޑަށް ދުޅަވެފައިވެ، ގައިގެ އެކި ތަންތަން ވަނީ މަށައިގެން ގޮސްފަ އެެވެ.
ޕީސީއާރު ޓެސްޓް ކޮރަޕްޝަންގެ މައްސަލަ އަލުން ތަހުގީގަށް
ކަނޑޫދޫ ކިޔަސް މާރުކޭޓުގައި އޮތީ ލާމު މިރުސް
އެކްސިޑެންޓުވި އިލްމު އަދިވެސް ވެލްޓިލޭޓަރުގައި
މާލޭގެ މައި 4 ހޮސްޕިޓަލްގެ ސްޕެޝަލިސްޓް އޯޕީޑީ ބަންދު
އައްޑޫ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ވެންޓިލޭޓަރުގައި
މީހެއްގެ ބޮލުގައި މަރުތޭލަކުން ޖަހައި ޒަހަމްކޮށްލައިފި
ކެފޭއެއްގެ ބަދިގޭގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި
ލެބޯޓްރީގެ ހިދުމަތް ފަށާ ގަޑި އަވަސްކޮށްފި
ޕޮލިސް ކާރާ އެކްސިޑެންޓްވި ޒުވާނާ އަދިވެސް ހޭނާރާ
ކެފޭއެއްގައި އިންދާ ޚަބަރު ހުސްވި މީހަކު މަރުވެއްޖެ