Roadha Mihaaru
ރައިސީގެ ޖަނާޒާއަށް މިނިސްޓަރު އާދަމް ޝަރީފް އީރާނަށް

ރައިސީގެ ޖަނާޒާއަށް މިނިސްޓަރު އާދަމް ޝަރީފް އީރާނަށް ފުރާވަޑައިގެންފި

21 މެއި 2024

އީރާނުގެ ރައީސް އިބްރާހީމް ރައިސީ އާއި އެ ގައުމުގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުالله ހައިންގެ ޖަނާޒާގައި ދިވެހި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަތުމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެ ގައުމަށް މިރޭ ފުރާވަޑައިގެންފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އީރާނުގެ ރައީސް އިބްރާހީމް ރައިސީ އާއި އެ ގައުމުގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުالله ހައިންގެ ޖަނާޒާގައި ދިވެހި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަތުމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެ ގައުމަށް މިރޭ ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ، މިނިސްޓަރު އީރާނަށް ވަޑައިގަންނަވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ކަމަށެވެ.

އެ ދެ ބޭފުޅުންނަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރައްވައި ފަސްދާނުލުމުގެ ރަސްމިއްޔާތުގައި އާދަމް ޝަރީފް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނީ އުތުރުގައި އޮންނަ އަޒަރުބައިޖާން ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށްފަހު އެނބުރި ވަޑައިގެންނެވި މަގުމަތީގަ އެވެ.

ރައިސީއާ އެކު އެ ހެލިކޮޕްޓަރުގައި ދަތުރުކުރެއްވި އިރާނުގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުالله ހައިން އާއި، އުތުރު އަޒަރުބައިޖާނު ޕްރޮވިންސްގެ ގަވަރުނަރު މާލިކު ރަހުމަތީ އަދި ތަބްރީޒުގެ އިމާމު މުހައްމަދު އަލީ އަލްހާޝިމް ވެސް ވަނީ އަވަހަރާވެފަ އެވެ. އަދި އެ ހެލިކޮޕްޓަރުގައި ޕައިލެޓާއި ކޯޕައިލެޓާއި، ކްރޫ ޗީފް އަދި ބޮޑީގާޑު ވެސް ވަނީ މަރުވެފަ އެވެ.

ރައިސީ އަވަހާރަވުމާ ގުޅިގެން ތިން ދުވަހަށް ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.