Roadha Mihaaru
ކޭ ޑްރާމާތަކަށް ލޯބި ކުރާ މީހުންނަށް ލިސްޓެއް

ކޭ ޑްރާމާތަކަށް ލޯބި ކުރާ މީހުންނަށް ލިސްޓެއް

23 މެއި 2024

ކޮރެއަން ނުވަތަ ކޭ ޑްރާމާތައް ޒުވާނުންގެ މެދުގައި މަގުބޫލެވެ. ކޭ ޑްރާމާތަކުގައި އެކްޝަން، ހިސްޓްރީ، ބިރުވެރި އަދި ކޮމެޑީގެ އިތުރުން ލޯބީގެ އެތައް ޑްރާމާތަކެއް ހުރެ އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ކޮރެއަން ނުވަތަ ކޭ ޑްރާމާތައް ޒުވާނުންގެ މެދުގައި މަގުބޫލެވެ. ކޭ ޑްރާމާތަކުގައި އެކްޝަން، ހިސްޓްރީ، ބިރުވެރި އަދި ކޮމެޑީގެ އިތުރުން ލޯބީގެ އެތައް ޑްރާމާތަކެއް ހުރެ އެވެ.

ގިނަ ޑްރާމާތަކުގައި ލޯބީގެ ޖަޒުބާތީ ތީމުތައް ހިމެނޭއިރު، ގިނަ މީހުންގެ މަގުބޫލުކަން ބޮޑަށް އޮންނަނީ ލޯބީގެ ޑްރާމާތަކަށެވެ.

ކޭ ޑްރާމާތަކަށް ލޯބި ކުރާ މީހުންނަށް މިއޮތީ އަންނަ މަހު ނެޓްފްލިކްސް އަށް އަންނާނެ، އާ ކޭ ޑްރާމާތަކުގެ ލިސްޓެކެވެ.

ދަ ވާލްވިންޑް ސީޒަން 1

މިއީ ސިޔާސީ ބައި ބޮޑު ޑްރާމާއެކެވެ. މި ސީރީގައި ފެންނާނީ ޕްރައިމް މިނިސްޓަރާއި ކޮރަޕްޓް ރައީސަކާ ދެމެދު ހިންގާ ކަންކަމުގެ ވާހަކަ އެވެ. މި ސީރީޒް ނެޓްފްލިކްސް އަށް އަންނާނީ އަންނަ މަހުގެ 6 ވަނަ ދުވަހު އެވެ.

ހައިރާކީ ސީޒަން 1

މި ސީރީޒް އަކީ މުއްސަދި ކުދިންނަށް ހާއްސަކޮށް ކިޔަވައިދޭ ސްކޫލަކަށް ވަންނަ މައުސޫމް ކުއްޖަކުގެ ފަހަތުއި ފޮރުވިފައި އޮންނަ ސިއްރެއް ފަޅާއަރައިގެން ކަންތައްވާ ގޮތުގެ ވާހަކަ އެވެ. މި ސީރީޒް ނެޓްފްލިކްސް އަށް އަންނާނީ އަންނަ މަހުގެ 6 ވަނަ ދުވަހު އެވެ.

އޭޖެންޓްސް އޮފް މިސްޓްރީ

މި ފިލްމުގައި ފެންނާނީ މަޝްހޫރު ހޯސްޓުންތަކެއް މެދުގައި ކުރާ އިންވެސްޓިގޭޝަނެކެވެ. މި ފިލްމް ނެޓްފްލިކްސް އަށް އަންނާނީ އަންނަ މަހުގެ 18 ވަނަ ދުވަހު އެވެ.

މިސް ނައިޓް އެން ޑޭ ސީޒަން 1

މި ސީރީޒް އަންނަކަން ނެޓްފްލިކްސް އިން ބުނެފައި ނުވި ނަމަވެސް އަންނަ މަހު 18 ގައި މި ސީރީޒް ނެޓްލިކްސްގައި ދައްކަން ފަށާނެ ކަމަށް ސީރީޒް އުފެއްދި ސްޓޫޑިއޯ ލުލޫލާލާ އިން ވަނީ ކަށަވަރު ކޮށްދީފައި އެވެ.

މި ސީރީޒްގައި ދައްކައިދެނީ ވަޒީފާއެއް ނުލިބިގެން އުޅުނު ކުއްޖަކަށް ދާއިމީ ވަޒީފާއެއް ލިބުނު ތަނާހެން އޭނާ ނިދާފައި ހޭލާއިރު މުސްކުޅިވެގެން އުޅޭތަނެވެ.

ޒުވާނުންގެ މެދުގައި މަގުބޫލުކަން އޮތީ ކޭ ޑްރާމާތަކަށެވެ. އަދި މިހާރު ރާއްޖޭގެ ބައެއް ޒުވާނުންނަށް ވެސް ކަމުދަނީ ވެސް ކޮރެއާގެ ލައިފް ސްޓައިލެވެ.