Roadha Mihaaru
ގައުމީ ފެންވަރުގައި އީދު ފާހަގަކުރާ ރަށް ކަނޑައަޅައިފި

ގައުމީ ފެންވަރުގައި އީދު ފާހަގަ ކުރާނީ އުނގޫފާރު، ކުޑަހުވަދޫ އަދި ވިލިނގިލީގައި

26 މެއި 2024

ދިވެހި ބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓްރީން މި އަހަރުގެ ބޮޑު އީދު ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ ރަށްތައް ސަރުކާރުން ކަނޑައަޅައި މިއަދު އިއުލާންކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ދިވެހި ބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓްރީން މި އަހަރުގެ ބޮޑު އީދު ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ ރަށްތައް ސަރުކާރުން ކަނޑައަޅައި މިއަދު އިއުލާންކޮށްފި އެވެ.

އެކި ރަށްރަށުން ހުށަހެޅި ޕްރޮޕޯޒަލްތަކަށް ބެލުމަށްފަހު ގައުމީ ފެންވަރުގައި އީދު ފާހަގަކުރުމަށް މިނިސްޓްރީން ނިންމާފައިވަނީ ރ. އުނގޫފާރާއި ދ. ކުޑަހުވަދޫގެ އިތުރުން ގއ. ވިލިނގިލީގަ އެވެ.

ރަށްތައް ކަނޑައެޅުމުގައި މިނިސްޓްރީން ބަލާފައިވާނީ އެ ރަށަކުން އީދުގައި ކުޅޭނެ ކުޅިވަރުތަކާއި ކައުންސިލުން އެކަމަށް ކުރާނެ ހަރަދުތަކާއި އަގަކާ ނުލައި އެ ރަށަކުން ކުރާނެ ކަންތައްތަކަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

ރަށްތައް ހޮވުމުގައި ރާއްޖޭގެ އުތުރާއި މެދުން އަދި ދެކުނުގެ ކޮންމެ ހިސާބަކުން އެއް ރަށުގައި ފާހަގަކުރުމަށް ވެސް އިސްކަން ދީފައިވާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

މި އަހަރުގެ ބޮޑު އީދު ދުވަހަކީ ޖޫން 17 އެވެ. ހައްޖު ދުވަހާއި އީދު ދުވަހާ އެކު، ޖޫން 16 އިން ފެށިގެން ޖޫން 22 އާ ހަމައަށް ސަރުކާރު ބަންދުވެ އެވެ. ހައްޖު ދުވަހަކީ ޖޫން 16 އެވެ.