Roadha Mihaaru
ދިވެހި ފިލްމު "ކަމަނާ"ގެ ނަން ލޯންޗުކޮށްފި

ދިވެހި ފިލްމު "ކަމަނާ"ގެ ނަން ލޯންޗުކޮށްފި

29 މެއި 2024

ދިވެހި ފިލްމު "ކަމަނާ"ގެ ނަން އިއްޔެ ލޯންޗު ކޮށްފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ދިވެހި ފިލްމު "ކަމަނާ"ގެ ނަން އިއްޔެ ލޯންޗު ކޮށްފި އެވެ.

ފިލްމުގެ ނަން ލޯންޗު ކުރީ އޮލިމްޕަހުގައި ބޭއްވި ހަފުލާއެއްގަ އެވެ.

މި ފިލްމަކީ ހަގީގީ ހާދިސާ އަކަށް ބިިނާ ކޮށް ކިޑް ޕްރޮޑަކްޝަނާއި ސެޓާން ސްޓޫޑިއޯ އިން ހުށަހަޅައިދޭ ފިލްމެކެވެ. އަދި މިއީ ކާމިޔަބު ފިލްމު "ލޯބިވެވިއްޖެ" ޕްރޮޑިއުސްކުރި ޕްރޮޑިއުސަރު ޝާނިޒް އަލީ އަދި ހުސެން މުނައްވަރު ޕްރޮޑިއުސް ކުރާ ފިލްމެކެވެ.

ފިލްމުގައި ދައްކައިދޭނީ ހއ. މޮޅަދޫގައި ވަރަށް ލޯބިން ދިރިއުޅެމުންދާ ދެމަފިރިއަކަށް ދަރިޔަކު ލިބެން އުޅޭކަން އެނގޭ ހިސާބުންނެވެ. އަދި އެ އުފާވެރި ދިރިއުޅުމަށް ކަޅު ބޯ ވިލާގަނޑެއްގެ ހިޔަނިއެޅި ރިމްޝާގެ ދިރިއުޅުން އެފުށް މިފުށަށް ޖެހިގެންދާ ހިސާބުންނެވެ.

ދިވެހި ފިލްމް "ކަމަނާ"ގެ މަސައްކަތް ކުރިއަށް ދަނީ

ދިވެހި ފިލްމް "ކަމަނާ"ގެ މަސައްކަތް ކުރިއަށް ދަނީ

މީގެ އިތުރުން މި ފިލްމުގައި އަންބެއްގެ ކެތްތެރިކަމާއި ރާއްޖޭގައި ގެވެށި އަނިޔާ ގޮސްފައި އޮތް ބިރުވެރި ހިސާބު ފެނިގެން ދާނެ ކަމަށް ފިލްމު އުފައްދާ ފަރާތުން ބުނެ އެވެ.

ފިލްމުގެ އެންމެ ހާއްސަ ކަމަކީ ރިމްޝާގެ ރޯލު ކުޅުމަށް އައްޒަ އޭނާގެ ހަށިގަނޑަށް ގެންނަން ޖެހުނު ބަދަލު ކަމަށް ފިލްމު އުފައްދާ ފަރާތުން ބުނެ އެވެ. އަދި މިއީ އައްޒަ އާއި ޔޫއްޕެ އެކުގައި މިފަދަ ރޯލަކުން ވެސް ފެންނާނެ އެންމެ ފުރަތަމަ ފަހަރެވެ.

އާޝާގެ އިތުރުން ދަރާ ރަޝީދު، މުހައްމަދު މަނިކު އަދި ނަތާގެ ރޯލަކީ ވެސް ފިލްމުގައި މުހިއްމު ރޯލެއް އަދާ ކުރާނެ ކެރެކްޓާތަކެކެވެ.

ރިޝްފާ އަބްދުލްސަމަދުގެ ވާހަކައަކަށް މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ހުސެން މުނައްވަރު އެވެ. މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ތިން ވަނަ ފިލްމެވެ.

މި ފިލްމު ރިލީޒް ކުރާނީ މި އަހަރު އޮގަސްޓު މަހުގެ 27 ވަނަ ދުވަހު އޮލިމްޕަހުގަ އެވެ.