Roadha Mihaaru
"ރޮބޯމޭން"ގެ ޓްރެއިލާ ނެރެފި؛ ވަރަށް ޝައުގުވެރި

"ރޮބޯމޭން"ގެ ޓްރެއިލާ ނެރެފި؛ ވަރަށް ޝައުގުވެރި

08 ސެޕްޓެމްބަރ 2024

ކުޑަކުދިންގެ ފިކްޝަނަލް ދިވެހި ފިލްމު "ރޮބޯމޭން: ދަ މޫވީ"ގެ ޓްރެއިލާ ނެރެފި އެވެ.

ކުޑަކުދިންގެ ފިކްޝަނަލް ދިވެހި ފިލްމު "ރޮބޯމޭން: ދަ މޫވީ"ގެ ޓްރެއިލާ ނެރެފި އެވެ.

އޯކޭޒްއިންކް އިން ގެނެސްދޭ މި ފިލްމުގެ ޓްރެއިލާ މިދިޔަ ހުކުރު ދުވަހު އާންމުކުރުމާ އެކު، އާންމުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

އެއް މިނިޓާއި 50 ސިކުންތުގެ މި ޓްރެއިލާގައި ވަނީ މި ފިލްމުން ފެންނާނެ ވަރަށް ޝައުގުވެރި މަންޒަރުތަކެއް ހިމަނައިފަ އެވެ.

މި ފިލްމުގައި ދައްކާނީ "ދަ ރޮބޯ ޖޫނިއާ ޗެލެންޖު" ކިޔާ ކުޑަކުދިންގެ ނެށުމުގެ މުބާރާތެއްގައި ހިނގާ ކަންތައްތަކެކެވެ. އަދި މި ޓައިމް ޓްރެވަލް ފިލްމުގައި ދައްކަނީ މިހާރާއި މުސްތަގުބަލެވެ. އެއީ މި އަހަރާއި 2040 ވަނަ އަހަރު ހިނގާ ކަންތައްތަކެކެވެ. ފިލްމުގެ ޓްރެއިލާގައި ވެސް ވަނީ މީގެ ބައެއް މަންޒަރުތައް ދައްކާލައިފަ އެވެ.

މި މަހުގެ ފަހު ހަފުތާގައި ލިބޭ ސްކޫލްތަކުގެ މިޑް-ޑާމް ބަންދާ ދިމާކޮށް، މި ފިލްމު ރިލީޒް ކުރުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. ފިލްމު ޕްރިމިއާކުރަނީ މި މަހުގެ 26 ގަ އެވެ.

ފިލްމުގެ ދެ ޝޯ ކޮންމެ ދުވަހަކު ދައްކާނެ އެވެ. އެއީ މެންދުރުފަހު 2:00 އާއި ހަވީރު 4:00 ގައި އޮންނަ ޝޯއެކެވެ. އެ ޝޯތަކަށް ޓިކެޓް ބުކްކުރުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

"ރޮބޯމޭން: ދަ މޫވީ"ގެ އޮޑިޝަން ކުރިއަށް ގެންދަނީ.-- ފޮޓޯ: އޯކޭޒްއިންކް

"ރޮބޯމޭން: ދަ މޫވީ"ގެ އޮޑިޝަން ކުރިއަށް ގެންދަނީ.-- ފޮޓޯ: އޯކޭޒްއިންކް

"ރޮބޯމޭން: ދަ މޫވީ" ޕްރޮޑިއުސްކުރާ އޯކޭޒްއިންކްގެ ވެރިޔާ މުހައްމަދު މުންތަސީރް (މުންކޮ) ބުނި ގޮތުގައި، މި ފިލްމު ތައްޔާރުކޮށްފައި ވަނީ އާއިލާގެ އެންމެ އެކުގައި ގޮސް ބަލައިލެވޭނެ ގޮތަށް އަދި ހާއްސަކޮށް ކުޑަކުދިންނަށް ވަރަށް ކަމުދާނެ ގޮތަށެވެ. މި ފިލްމުގެ ކާސްޓުގައި ވެސް ވަރަށް ގިނަ ކުޑަކުދިން ހިމެނެ އެވެ.

މި ފިލްމުގެ ލީޑު ކާސްޓަށް ދެ ކުދިން ނަގަން ބޭއްވި އޮޑިޝަންގައި 100 އަށް ވުރެ ގިނަ ކުދިން ބައިވެރިވި އެވެ. އޭގެ ތެރެއިން 60 ކުއްޖަކު ފިލްމުގެ އެކި ބައިތަކުގައި ފެންނާނެ އެވެ.

ފިލްމުގެ ލީޑަށް އޮޑިޝަނުން ހޮވުނީ އަމީލިއާ ނަސްރުﷲ ޝަކީބާއި މިޝާ އިސްމާއިލް ނިޔާޒެވެ. އެ ދެ ކުދިންނާ އެކު، އާންމުން މުނިފޫހިފިލުވައިދިނުމުގައި މަޝްހޫރު ރޮބޯމޭން މި ފިލްމުގެ ލީޑުން ފެންނާނެ އެވެ.

ފިލްމުގެ ޑައިރެކްޓަރަކީ ކުރީގެ އެކްޓަރު އަދި މިހާރު ކުޅަދާނަ ޑައިރެކްޓަރެއް ކަމަށްވާ އިބްރާހިމް ވިސާމް (ކަނޑި) އެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ މަހުދީ އަހުމަދެވެ.

ރޮބޯމޭންއަކީ މީގެ އަށެއްކަ އަހަރު ކުރިން ކުޑަކުދިންގެ ހަފުލާތަކާއި މުނިފޫހިފިލުވުމުގެ އެކި އިވެންޓުތަކުން އާންމުންނަށް ފެންނަން ފެށި ކެރެކްޓާއެކެވެ. މޫނު ފޮރުވަން އަޅި ކުލައިގެ ހާއްސަ މާސްކެއް އަޅައިގެން ހުންނަ ރޮބޯމޭން އަކީ އަސްލު ކާކު ކަމެއް ނޭނގެ އެވެ.