Roadha Mihaaru
ސެޕްޓެމްބަރު ބަންދުގައި "ރޮބޯމޭން" އޮލިމްޕަހަށް

ސެޕްޓެމްބަރު ސްކޫލް ބަންދުގައި "ރޮބޯމޭން" އޮލިމްޕަހަށް

01 ސެޕްޓެމްބަރ 2024

މި މަހުގެ ފަހު ހަފުތާގައި ލިބޭ ސްކޫލްތަކުގެ މިޑް-ޑާމް ބަންދާ ދިމާކޮށް، ކުޑަކުދިންގެ ފިކްޝަނަލް ފިލްމު "ރޮބޯމޭން: ދަ މޫވީ" އޮލިމްޕަހުގައި އެޅުވުމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

މި މަހުގެ ފަހު ހަފުތާގައި ލިބޭ ސްކޫލްތަކުގެ މިޑް-ޑާމް ބަންދާ ދިމާކޮށް، ކުޑަކުދިންގެ ފިކްޝަނަލް ފިލްމު "ރޮބޯމޭން: ދަ މޫވީ" އޮލިމްޕަހުގައި އެޅުވުމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

އެ ފިލްމު އޮލިމްޕަހުގައި ޕްރިމިއާ ކުރަނީ މި މަހުގެ 26 ގަ އެވެ. ފިލްމުގެ އެއް މިނިޓުގެ ކުރު ޓީޒާއެއް ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ.

ކުޑަކުދިންގެ ދިވެހި ފިލްމެއް އޮލިމްޕަހަށް މި އަންނަނީ ވަރަށް ގިނަ އަހަރުތަކެއް ފަހުންނެވެ.

"ރޮބޯމޭން: ދަ މޫވީ" ޕްރޮޑިއުސްކުރާ އޯކޭޒްއިންކްގެ ވެރިޔާ މުހައްމަދު މުންތަސީރް (މުންކޮ) ބުނީ މި ފިލްމު ތައްޔާރުކޮށްފައި ވަނީ އާއިލާގެ އެންމެ އެކުގައި ގޮސް ބަލައިލެވޭނެ ގޮތަށް އަދި ހާއްސަކޮށް ކުޑަކުދިންނަށް ވަރަށް ކަމުދާނެ ގޮތަށް ކަމަށެވެ. މި ފިލްމުގެ ކާސްޓުގައި ވެސް ވަރަށް ގިނަ ކުޑަކުދިން ހިމެނޭ ކަމަށް އޭނާ ބުންޏެވެ.

"މިއީ އާއިލާގެ އެންމެ އެކުގައި ގޮސް ކޮންމެހެން ބަލައިލަން ޖެހޭ ފިލްމެއް. ހެއްވާ، މަޖާ އަދި އުފާވެރި އެތައް ކަމެއް ފެންނާނެ މި ފިލްމަކީ މިހާތަނަށް ދިވެހި ސިނަމާގައި އެންމެ ބޮޑު ކްރައުޑެއް ބައިވެރިކޮށްގެން ގެނެސްދޭ ފިލްމު،" އޭނާ ބުންޏެވެ.

"ރޮބޯމޭން: ދަ މޫވީ"ގެ އޮޑިޝަން ކުރިއަށް ގެންދަނީ.-- ފޮޓޯ: އޯކޭޒްއިންކް

"ރޮބޯމޭން: ދަ މޫވީ"ގެ އޮޑިޝަން ކުރިއަށް ގެންދަނީ.-- ފޮޓޯ: އޯކޭޒްއިންކް

އޭނާ ބުނި ގޮތުގައި، މި ފިލްމު އޮލިމްޕަހުގައި އަޅުވާނީ މެންދުރުފަހާއި ހަވީރުގެ ވަގުތުތަކުގަ އެވެ.

މުންކޮ ބުނީ މި ފިލްމުގެ ލީޑު ކާސްޓަށް ދެ ކުދިން ނަގަން ބޭއްވި އޮޑިޝަންގައި 100 އަށް ވުރެ ގިނަ ކުދިން ބައިވެރިވި ކަމަށެވެ. އޭގެ ތެރެއިން 60 ކުއްޖަކު ފިލްމުގެ އެކި ބައިތަކުގައި ފެންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"ރޮބޯމޭން: ދަ މޫވީ"ގެ ޝޫޓިން ކުރިއަށް ގެންދަނީ.-- ފޮޓޯ: އޯކޭޒްއިންކް

"ރޮބޯމޭން: ދަ މޫވީ"ގެ ޝޫޓިން ކުރިއަށް ގެންދަނީ.-- ފޮޓޯ: އޯކޭޒްއިންކް

ފިލްމުގެ ލީޑަށް އޮޑިޝަނުން ހޮވުނީ އަމީލިއާ ނަސްރުﷲ ޝަކީބާއި މިޝާ އިސްމާއިލް ނިޔާޒެވެ. އެ ދެ ކުދިންނާ އެކު، އާންމުން މުނިފޫހިފިލުވައިދިނުމުގައި މަޝްހޫރު ރޮބޯމޭން މި ފިލްމުން ފެންނާނެ އެވެ.

ފިލްމުގެ ޑައިރެކްޓަރަކީ ކުރީގެ އެކްޓަރު އަދި މިހާރު ކުޅަދާނަ ޑައިރެކްޓަރެއް ކަމަށްވާ އިބްރާހިމް ވިސާމް (ކަނޑި) އެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ މަހުދީ އަހުމަދެވެ.

"ރޮބޯމޭން: ދަ މޫވީ"ގެ ޝޫޓިން ކުރިއަށް ގެންދަނީ.-- ފޮޓޯ: އޯކޭޒްއިންކް

"ރޮބޯމޭން: ދަ މޫވީ"ގެ ޝޫޓިން ކުރިއަށް ގެންދަނީ.-- ފޮޓޯ: އޯކޭޒްއިންކް

ރޮބޯމޭންއަކީ މީގެ އަށެއްކަ އަހަރު ކުރިން ކުޑަކުދިންގެ ހަފުލާތަކާއި މުނިފޫހިފިލުވުމުގެ އެކި އިވެންޓުތަކުން އާންމުންނަށް ފެންނަން ފެށި ކެރެކްޓާއެކެވެ. މޫނު ފޮރުވަން އަޅި ކުލައިގެ ހާއްސަ މާސްކެއް އަޅައިގެން ހުންނަ ރޮބޯމޭން އަކީ އަސްލު ކާކު ކަމެއް ނޭނގެ އެވެ.

ސަރުކާރުން ވަނީ ހުނަރުވެރި، ފަންނުވެރި އަދި މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީ އަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދި ކަމަށް ކަނޑައަޅައި، ރޮބޯމަން އަށް މިދިޔަ އަހަރު މަތީ ދަރަޖަ ހޯދާ މީހުންނަށް ރައީސް ދެއްވާ ހާއްސަ އިނާމު ދީފަ އެވެ.