Roadha Mihaaru
ޑޮލަރުގެ މުއާމަލާތުން 4 މިލިއަންގެ ހިޔާނާތެއް!

ކުރީގެ ސަރުކާރުގައި ޕީއެސްއެމުން ހިންގި ޑޮލަރުގެ މުއާމަލާތުން ހަތަރު މިލިއަންގެ ހިޔާނާތެއް!

29 މެއި 2024

ޑޮލަރު މާރުކުރުމަށް ދައުލަތުގެ މީޑިއާ ޕީއެސްއެމުން އަމިއްލަ ފަރާތަކާ އެކު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ހިންގި އެކިއެކި މުއާމަލާތުތަކުގެ ތެރެއިން ނުލިބި ހަތަރު މިލިއަން ރުފިޔާ ހުރިކަން މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޑޮލަރު މާރުކުރުމަށް ދައުލަތުގެ މީޑިއާ ޕީއެސްއެމުން އަމިއްލަ ފަރާތަކާ އެކު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ހިންގި އެކިއެކި މުއާމަލާތުތަކުގެ ތެރެއިން ނުލިބި ހަތަރު މިލިއަން ރުފިޔާ ހުރިކަން މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ޕީއެސްއެމުން ބޭއްވި މީޑިއާ ބްރީފިންއެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވީ، އެ ކުންފުނީގެ ފައިނޭންސް ހެޑް އަހުމަދު ހަނީފު މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އެ މުއާމަލާތުތައް ހިންގީ މެނޭޖްމަންޓާ ވެސް މައުލޫމާތު ހިއްސާ ނުކޮށް ކަމަށެވެ. އެކަން ކޮށްފައި ވަނީ، ޕީއެސްއެމުން ހަދާފައިވާ އުސޫލުތަކާއި ގަވައިދުތަކާ ވެސް ހިލާފަށް ކަމަށާއި ޑޮލަރު މާރުކުރި މީހާއާ ދެމެދު އެއްބަސްވުމެއް ވެސް ނެތް ކަމަށް ޒީނާ ވިދާޅުވި އެވެ.

"ކުންފުނީގެ ބަޖެޓުން ޑޮލަރު ގަތުމަށްޓަކާއި 2020 އަހަރުން ފެށިގެން އަމިއްލަ ފަރާތަކަށް ގިނަ އަދަދެއް ޖަމާކޮށް، ޝައްކު އުފުދޭ ފަދަ ގޮތަކަށް މުއާމަލާތްތަކެއް ހިންގާފައިވާ ކަން ފާހަގަވުމާ އެކު، އަޅަން ޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެން ވާނީ އަޅާފައި،" މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ފައިނޭންސް ހެޑް ހަނީފް މިދިޔަ އޭޕްރީލް މަހު ސަސްޕެންޑް ކުރުމަށް ފަހު، މިހާރު ވަނީ އެ ވަޒީފާ އިން ވެސް ވަކިކޮށްފަ އެވެ.

ޕީއެސްއެމުން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި އެ ކުންފުނީގެ އެމްޑީ ޒީނާ އާއި ޑީއެމްޑީ ޔާމީން އަދި އެހެން ބައެއް އިސްވެރިން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ޕީއެސްއެމުން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި އެ ކުންފުނީގެ އެމްޑީ ޒީނާ އާއި ޑީއެމްޑީ ޔާމީން އަދި އެހެން ބައެއް އިސްވެރިން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"ލިޔެކިޔުންތަކުން އެބަ ދައްކާ ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބި ހުރި ކަމަށް. އަޅުގަނޑުމެން ހަވާލުވި އިރު ޕީއެސްއެމްގެ ތިޖޫރީގައި އެންމެ ފައިސާއެއް ވެސް ނެތް. ޕީއެސްއެމްގެ ޑޮލަރު އެކައުންޓުގައި ވެސް އެންމެ ޑޮލަރެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ޒީނާ ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން ހަނީފުގެ އިންޓެގްރިޓީއާ ގުޅޭ މައްސަލަތަކެއް ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. އެކަން ފުލުހުންނަށް ހުށަހަޅާފައިވާ އިރު 2017 ވަނަ އަހަރުން ފެށިގެން އެ ކުންފުނީގެ މާލީ ކަންކަން ގޮސްފައިވާ ގޮތް ބެލުމަށް ހާއްސަ އޮޑިޓެއް ހެދުމުގެ މަސައްކަތް އޮޑިޓަ ޖެނެރަލްގެ އޮފީހުން މިހާރު އަންނަނީ ކުރަމުންނެވެ.

"މި މައްސަލަ ކުރިއަށް ދާއިރު އަޅުގަނޑުމެން، މުވައްޒަފުންގެ ފަރާތުން ވެސް ޝަކުވާ އެބަ އާދޭ. އޭރުގެ ފައިނޭންސް ހެޑަކަށް ހުންނެވި ބޭފުޅާ، އެ މުވައްޒަފުންގެ އަތުން 50،000ރ.، 60،000ރ.، 80،000ރ. ނަގާފައި. އެ ރުފިޔާ އަނބުރާ ނުލިބި ހުރި ކަން،" އޭނާ ވިދާޅުވި އެވެ.

ކުންފުނީގެ ބަޖެޓުން ޑޮލަރު ގަތުމަށްޓަކާއި 2020 އަހަރުން ފެށިގެން އަމިއްލަ ފަރާތަކަށް ގިނަ އަދަދެއް ޖަމާކޮށް، ޝައްކު އުފުދޭ ފަދަ ގޮތަކަށް މުއާމަލާތްތަކެއް ހިންގާފައިވާ ކަން ފާހަގަވުމާ އެކު، އަޅަން ޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެން ވާނީ އަޅާފައި،"--- ޒީނާ

ޒީނާ ވިދާޅުވި ގޮތުގައި، ޕީއެސްއެމްގެ ފައިސާ މެނޭޖުކުރުމުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ޕީސީބީއާ އެކު ބޭއްވި ބައްދަލުވުމެއްގައި ވެސް ވަނީ ފާހަގަކޮށްފަ އެވެ. އަދި އެ ކަންކަން ކުރީގެ މެނޭޖްމެންޓާއި ބޯޑާ ވެސް އޮތީ ހިއްސާކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލަތައް މިހާރުގެ މެނޭޖުމަންޓަށް ވެސް ފާހަގަވުމާ އެކު، އެ ކުންފުނީގެ މާލީ ކަންކަން ހިންގާ ގޮތް ހަރުދަނާ ކުރުމަށްޓަކާއި އިންޓާނަލް އޮޑިޓަރެއް ހޯދައި އެކަން ކުރެވޭނެ ގޮތްތައް ފަހި ކުރަމުން އަންނަ ކަމަށް މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.