މަރާލައިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރި ރިޔާސީ ކޮމިޝަން މިއަދު އުވާލައިފި އެވެ.
02 ޖޫން 2024
މަރާލައިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރި ރިޔާސީ ކޮމިޝަން މިއަދު އުވާލައިފި އެވެ.
ރާއްޖޭގައި ހިނގި ބޮޑެތި މަރުގެ މައްސަލަތައް ތަހުގީގުކުރަން، މަރާލައިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަން އުފައްދާފައިވަނީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ސަރުކާރާ ހަވާލުވެވަޑައިގެންނެވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި، ނޮވެމްބަރު 2018 ގަ އެވެ.
އެ ކޮމިޝަން އުފެއްދުމަށް ފަހު، އޭރުގެ ސަރުކާރުން ބުނެފައި ވަނީ ކޮމިޝަންގެ ތަހުގީގުތައް ދެ އަހަރުގެ ތެރޭގައި ނިންމަން ހަވާލުކުރި މަސައްކަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމިގެން ދިޔައިރު ވެސް ނިމިފައިނުވާ ކަމަށެވެ.
މި މައްސަލަތަކުގެ ތަހުގީގު ކުރިއަށް ގެންދާތީ، އާއިލާތަކުގެ އެދުމުގެ މަތިން މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަރު ކޮމިޝަންގެ މުއްދަތު މިދިޔަ މެއި މަހު ދަންމަވައިލައްވައިފަ އެވެ.
މި ކޮމިޝަން އުވާލުމަށް ރައީސް މިއަދު ނެރުއްވި ގަރާރުގައި ވިދާޅުވީ ކޮމިޝަން އުވާލެއްވީ ހަވާލުކުރި މަސައްކަތްތައް ނިމުމުން ކަމަށެވެ.
މަރު ކޮމިޝަނުން މީގެ ކުރިން ބުނެފައިވަނީ ތަހުގީގު ނިމުމުން އޮފީސް އުވާލުމުގެ ކުރިން ރައީސް އޮފީހާ ރިޕޯޓުތައް ހިއްސާކުރާނެ ކަމަށެވެ.
މަރު ކޮމިޝަނުން ތަހުގީގުކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އަދި ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލަ ވެސް ހިމެނެ އެވެ.
މިހާތަނަށް ނަތީޖާއެއް ހާސިލް ނުވި ނަމަވެސް އެ ކޮމިޝަނަށް 2019 އިން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް 5.5 މިލިއަނާ ގާތް ކުރާ އަދަދަކަށް ފައިސާ ހަރަދު ކޮށްފައިވެ އެވެ.
ރިލްވާން ގެއްލުވާލި ގޮތާ ބެހޭ ވީޑިއޯއެއް އާންމުކޮށްފި
އިންސާފު ހޯދުން ކުރިއަށް ގެންދާނެ: ކޮމިޝަން
ވެރިކަން ހޯދީ ރިލްވާންގެ ނަން ބޭނުންކޮށްގެން: އާއިލާ
އިންސާފަށް ވާސިލްނުވެވޭ މައްސަލަތައް ހުށަހަޅަން އެދެފި
ނަޒާހާއަށް ސުޕްރީމް ކޯޓުން ވެސް ނާކާމިޔާބު
ފުލުހަށް ނާންގާ ކޯޓަށްދާތީ ލަމްހާ ބަންދުކުރަން އެދެފި
ލަމްހާ ދޫކޮށްލި މައްސަލަ ނުބެލީ ގޯސްކޮށް:ސުޕްރީމް ކޯޓް
ހޮޅުދޫގައި މަރުވި ޒަކިއްޔާގެ ދޮށީ ދަރި ހައްޔަރުކޮށްފި
ކުށްވެރިންނަށް ކަފާލާތު ދެވޭ ބިލް ތަސްދީގުކޮށްފި
ލަމްހާ ދޫކުރި މައްސަލަ ބަލަންޖެހޭ ސަބަބެއްނެތް:ހައިކޯޓް