ދޫނި ރޯގާގެ އެޗް5އެން2 ވެރިއެންޓް ޖެހުނު މީހަކު މެކްސިކޯގައި މަރުވެއްޖެ ކަމަށާއި މިއީ މި ބަލީގައި އިންސާނަކު މަރުވިކަން އެނގުނު ފުރަތަމަ ފަހަރު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން އިއްޔެ ބުނެފި އެވެ.
ދޫނި ރޯގާގެ އެޗް5އެން2 ވެރިއެންޓް ޖެހުނު މީހަކު މެކްސިކޯގައި މަރުވެއްޖެ ކަމަށާއި މިއީ މި ބަލީގައި އިންސާނަކު މަރުވިކަން އެނގުނު ފުރަތަމަ ފަހަރު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން އިއްޔެ ބުނެފި އެވެ.
އުމުރުން 59 އަހަރުގެ އެ މީހާ މަރުވީ ހުން އައިސް ނޭވާ ކުރުވެ ބޭރަށް ހިންގައި އަދި މޭ ނުބައިކުރާތީ އުޅުމަށް ފަހު، މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ކަމަށް ޑަބްލިޔުއެޗްއޯ އިން ބުންޏެވެ. އެ އިދާރާއިން ނެރުނު ބަޔާނުގައި ބުނީ އެ މީހާ އަކީ ދޫންޏާއި ޖަނަވާރު ގެންގުޅޭ މީހެއް ނޫން ކަމަށާއި އަދި އެފަދަ އެއްވެސް އެއްޗެއްގައި އަތްލުން ފަދަ ކަމެއް ކުރާ މީހެއް ވެސް ނޫން ކަމަށެވެ. އެކަމަކު އެއީ ސިއްހީ އެހެން މައްސަލަތަކެއް ހުރި ކަމަށް ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ދޫނި ރޯގާގައި އެ މީހާ މަރުވީ ބަލިވެގެން ހޮސްޕިޓަލްގައި އެޑްމިޓްކުރި ދުވަހު އެވެ.
މި ކޭސް މެކްސިކޯގެ ސިއްހީ އިދާރާތަކުން ޑަބްލިޔުއެޗްއޯ އަށް ރިޕޯޓްކުރީ ލެބޯޓަރީ ޓެސްޓުތަކުގެ ނަތީޖާއިން އެއީ ދޫނި ރޯގާ ކަމަށް ދައްކާތީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.
ޑަބްލިޔުއެޗްއޯ އިން ބުނި ގޮތުގައި އެ މީހާ އަށް ދޫނި ރޯގާ ޖެހުނު ގޮތެއް އެނގެން ނެތް ކަމަށާއި އެކަމަކު މެކްސިކޯގެ ޕޯލްޓްރީ ފާމްތަކުން ދޫނި ރޯގާގެ ކޭސްތައް ކުރިން ވެސް ފެނިފައިވާ ކަމަށެވެ. ނަމަވެސް ޕޯލްޓްރީތަކުން ފެނުނު ކޭސްތަކާއި މަރުވި މީހާއަށް ބަލި ޖެހުނު ސަބަބާ ގުޅުވާލެވޭނެ ހެއްކެއް ހޯދެން ނެތްކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
މެކްސިކޯގެ ހެލްތު މިނިސްޓްރީން ބުނީ ދޫނި ރޯގާގައި މަރުވި މީހާ އަކީ ކިޑްނީ ބައްޔާއި ހަކުރު ބައްޔާއި ލޭމައްޗަށް ދިއުމުގެ މައްސަލަ ހުންނަ މީހެއް ކަމަށެވެ.
"އާންމުންގެ ތެރޭގައި ދޫނި ރޯގާ ފެތުރުމުގެ ބިރެއް ނެތް،" ހެލްތު މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ. "މަރުވި މީހާއާ ދިމާވި އެންމެން ޓެސްޓުކުރި އިރު އެންމެން ވެސް ނެގެޓިވް."
ދޫނިރޯގާގެ އެހެން ވެރިއެންޓެއް ކަމަށްވާ އެޗް5އެން1 އެމެރިކާގައި ބައެއް ގެރިތަކުން މި ދުވަސްވަރު ދަނީ ފެންނަމުންނެވެ. އަދި މި ބަލި އިންސާނުންނަށް ވެސް ޖެހިފައިވެ އެވެ. އެކަމަކު އެއްވެސް މީހަކަށް އެހެން މީހެއްގެ ފަރާތުން ބަލި ޖެހުމުގެ ބަދަލުގައި ޖެހިފައި ވަނީ ގެރިބަކަރީގެ ޒަރިއްޔާއިންނެވެ. -- އޭއެފްޕީ
އާމްދަނީދަށް ގައުމުތަކުގެ ކުދިންނަށް ކެންސަރު ބޭސް ހިލޭ
ސިއްހީ މުހިއްމު މައުލޫމާތު ލިބޭ ޕޯޓަލްއެއް ލޯންޗްކޮށްފި
ދުނިޔޭގެ ކޮލެރާ ވެކްސިން ސްޓޮކް ހުސްވެއްޖެ
ވޭޕް މަނާކުރާތީ ޑަބްލިއުއެޗްއޯއިން މަރުހަބާ ކިޔައިފި
ރާއްޖެއަށް އެމްޕޮކްސް ޓެސްޓް ކިޓުތަކެއް ހަދިޔާކޮށްފި
އެމްޕޮކްސް: ރާއްޖެއިން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަނީ
އެމްޕޮކްސްގެ ނުރައްކާ އާންމުވެއްޖެ ކަމަށް ކަނޑައަޅައިފި
އެމްޕޮކްސްގެ ނުރައްކަލާ މެދު ގޮތެއް ނިންމަނީ
4 އިންޑަސްޓްރީއަކާ ހެދި އަހަރަކު 2.7 މިލިއަން މަރު
ދުންފަތުން ރާއްޖޭގައި އަހަރަކު 150 މަރު!