Roadha Mihaaru
މޯދީ ހުވާކުރައްވާ ރަސްމިއްޔާތަށް ރައީސް ވަޑައިގަންނަވަނީ

މޯދީގެ ދައުވަތު ގަބޫލު ކުރައްވައި، ހުވާކުރައްވާ ރަސްމިއްޔާތަށް ރައީސް ވަޑައިގަންނަވަނީ

06 ޖޫން 2024

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް މަގާމުގެ ހުވާކުރެއްވުމަށް ބާއްވާ ރަސްމިއްޔާތަށް ވަޑައިގަތުމަށް މޯދީ ދެއްވި ދައުވަތު ގަބޫލު ކުރައްވައި، އިންޑިއާއަށް ވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް މަގާމުގެ ހުވާކުރެއްވުމަށް ބާއްވާ ރަސްމިއްޔާތަށް ވަޑައިގަތުމަށް މޯދީ ދެއްވި ދައުވަތު ގަބޫލު ކުރައްވައި، އިންޑިއާއަށް ވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

"މިހާރު" އަށް ކަށަވަރުވެފައިވާ ގޮތުގައި، މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ރައީސް ފުރާވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހު އެވެ. އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އެހެން ބައެއް އިސްބޭފުޅުން ވެސް ވަޑައިގަންނަވާނެ އެވެ.

މިއީ ރައީސް މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަނީ އަންނަ އާދިއްތަ ދުވަހު އެވެ.

މޯދީ ތިންވަނަ ދައުރަކަށް ބޮޑުވަޒީރު ކަމުގެ ހުވާކުރައްވާއިރު، އެ ރަސްމިއްޔާތަށް ދުނިޔޭގެ އެކި ގައުމުތަކުން ވެރިންނަށް ވަނީ ދައުވަތު ފޮނުވައިފަ އެވެ.