Roadha Mihaaru
މިއީ ރާއްޖޭގެ ކުޅިވަރަށް ލިބުނު ޝަރަފެއް: އިއްބެ

އިއްބެ؛ ދެކުނު އޭޝިއާ ބޮޑީބިލްޑިންގެ އާ ރައީސް، "މިއީ ރާއްޖެއަށް ލިބުނު ޝަރަފެއް"

08 ޖޫން 2024

ދެކުނު އޭޝިއާ ބޮޑީބިލްޑިން ފެޑެރޭޝަންގެ ރައީސްކަމަށް، ރާއްޖޭގެ ބޮޑީބިލްޑިން އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ހަމީދު އިންތިހާބުކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ދެކުނު އޭޝިއާ ބޮޑީބިލްޑިން ފެޑެރޭޝަންގެ ރައީސްކަމަށް، ރާއްޖޭގެ ބޮޑީބިލްޑިން އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ހަމީދު އިންތިހާބުކޮށްފި އެވެ.

ހުކުރު ދުވަހު ރާއްޖޭގައި ބޭއްވި އެ ފެޑެރޭޝަންގެ ކޮންގްރެސްވައި ރައީސްކަމަށް، އޭނާ އިންތިހާބު ކުރީ މެންބަރު ހުރިހާ ގައުމެއްގެ ތާއީދާ އެކު އެވެ.

ސަރަހައްދީ ބޮޑީބިލްޑިން އަދި ފިޒީކް ސްޕޯޓްސްގެ މައި ޖަމިއްޔާގެ މަގާމާ އެކު، އިންޓަނޭޝަނަލް ބޮޑީބިލްޑިން ފެޑެރޭޝަނެއްގެ އެންމެ އިސް މަގާމު އަދާކުރައްވާ ފުރަތަމަ ދިވެއްސަކީ އިއްބެ އެވެ.

ދުނިޔޭގެ ބޮޑީބިލްޑިން ފެޑެރޭޝަންގެ ނައިބުރައީސްކަން ވެސް ކުރައްވާ، އިބްރާހިމް ހަމީދު ވިދާޅުވީ، ދެކުނު އޭޝިއާގެ އެންމެ އިސް މަގާމަށް އިންތިހާބުވެގެން ދިއުމަކީ މުޅި ރާއްޖޭގެ ކުޅިވަރަށް ލިބުނު ޝަރަފެއް ކަމަށެވެ.

ރާއްޖޭގައި ބާއްވާ އޭޝިއާގެ ބޮޑީ ބިލްޑިން އަދި ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕް، އިފްތިތާހު ކުރުމަށް މުބާރާތުގެ މައި އިވެންޓްތައް ބާއްވާ ކ. މާފުށީގެ ބީޗް ސަރަހައްދުގައި ބޭއްވި ހަފުލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ބައިވެރިވެވަޑައިގަންނަވަނީ--. ފޮޓޯ: ނިޝާން އަލީ/މިހާރު

"އަޅުގަނޑު އަދި ބޮޑީބިލްޑިން ކޮމިޔުނިޓީން ވެސް ނުދެކެން މިއީ ހަމައެކަނި އަޅުގަނޑުމެންނަށް ލިބުނު ކުރިއެރުމެއް ކަމަކަށް. މިއީ މުޅި ރާއްޖޭގެ ކުޅިވަރަށް ލިބުނު ޝަރަފެއް. ރާއްޖެ އަށް ލިބުނު ޝަރަފެއް،" އޭޝިއާ ބޮޑީބިލްޑިން ފެޑެރޭޝަންގެ ނައިބުރައީސްކަން ވެސް ކުރައްވާ އިބްރާހިމް ހަމީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސަރަހައްދުގެ އެހެން ގައުމުތަކުގެ ބޮޑީބިލްޑިންގެ ގައުމީ އެސޯސިއޭޝަންތަކުން އޭނާ އަށް ތާއީދު ކުރީ ރާއްޖޭން، ސަރަހައްދުގެ ބޮޑީބިލްޑިންގައި އަދާކުރަމުންދާ ދައުރު ބޮޑުވުމުން ކަމަށެވެ.

"ހާއްސަކޮށް އަޅުގަނޑުމެން ބޭއްވި މުބާރާތްތަކުގެ އިންތިޒާމު ރަނގަޅުވުމުން ގައުމުތަކުން އެކަން ވަރަށް ބޮޑަށް ބަލައިގަނޭ. އޭޝިއާގެ މުބާރާތް. އަދި މިދިޔަ އަހަރާއި މި އަހަރުގެ ވެސް ދެކުނު އޭޝިއާގެ މުބާރާތް އިންތިޒާމު ކުރުމުގައި ރާއްޖޭން ކޮށްފައިވާ މަސައްކަތް ފުރިހަމަކަން އޭޝިއާގެ ފެޑެރޭޝަނުން ވެސް ފާހަގަ ކުރޭ،" އޭނާ ވިދާޅުވި އެވެ.

ނޭޕާލްގައި ބާއްވާ އޭޝިއާގެ މުބާރާތުގައި ވާދަކުރި ރާއްޖޭގެ އެތުލީޓުންނާއެކު ބޮޑީބިލްޑިން އެސޯސިއޭޝަންގެ އިސްވެރިން --- ފޮޓޯ: ބީބީއޭއެމް

ނޭޕާލްގައި ބާއްވާ އޭޝިއާގެ މުބާރާތުގައި ވާދަކުރި ރާއްޖޭގެ އެތުލީޓުންނާއެކު ބޮޑީބިލްޑިން އެސޯސިއޭޝަންގެ އިސްވެރިން --- ފޮޓޯ: ބީބީއޭއެމް

ވިދިވިދިގެން ދެވަނަ ފަހަރަށް ރާއްޖޭގައި ދެކުނު އޭޝިއާގެ ޗެމްޕިއަންޝިޕް ބާއްވަން ނިންމީ، ލަންކާގައި މުބާރާތް ބޭއްވެން ނެތުމުންނެވެ.

"މުބާރާތް ކެންސަލްވިޔަ ނުދީ އަޅުގަނޑުމެން ރާއްޖޭން އެކަން ކެރީކޮށް ދިނީ. ރާއްޖޭން އިސްނަގައިގެން މުބާރާތާ ބޭއްވުމަ ހަވާލުވީމަ، އެކަން ޝުކުރުވެރިކަމާ އެކު ދެކުނު އޭޝިއާގެ ބޮޑީބިލްޑިން ކޮމިޔުނިޓީން ފާހަގަ ކުރޭ،" އިބްރާހިމް ހަމީދު ވިދާޅުވި އެވެ.

މި އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕް ވެސް ބާއްވާނީ ރާއްޖޭގަ އެވެ. އިބްރާހިމް ވިދާޅުވީ އެ މުބާރާތް އެންމެ ފުރިހަމަ އަށް އިންތިޒާމު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. މުބާރާތް ބޭއްވުމާ ބެހޭގޮތުން ސަރުކާރާ ވާހަކަ ދައްކަމުންދާކަމަށް ވެސް އިބްރާހިމް ހަމީދު ވިދާޅުވި އެވެ.