Roadha Mihaaru

ޓީއެމްއޭގެ ސީޕްލޭނެއްގެ ކަނދު ނެއްޓި އެކްސިޑެންޓް ވެއްޖެ

ޖައްސަން ދިޔަ ޓީއެމްއޭގެ ސީޕްލޭނެއްގެ ކަނދު ނެއްޓި އެކްސިޑެންޓް ވެއްޖެ އެވެ.

ޓީއެމްއޭގެ ބޯޓެއް އެކްސިޑެންޓް ވެއްޖެ

ޖައްސަން ދިޔަ ޓީއެމްއޭގެ ސީޕްލޭނެއްގެ ކަނދު ނެއްޓި އެކްސިޑެންޓް ވެއްޖެ އެވެ.

މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

މި އެކްސިޑެންޓް ހިނގީ ވެސްޓް އިން މޯލްޑިވްސް މިރިއަންދޫ ރިސޯޓް ކައިރީގަ އެވެ. ބޯޓުގެ އެއް ކަނދު ނެއްޓިފައިވާއިރު، އެ ބޯޓު ދިޔަވާތީ ސަލާމަތް ކުރަން ދަނީ މަސައްކަތް ކުރަމުންނެވެ.

މިކަމާ ގުޅޭ ގޮތުން ޓީއެމްއޭގެ ބަހެއް އަދި ނުލިބެ އެވެ.

މިފަހުން ޓީއެމްއޭގެ ބޯޓެއް ރިސޯޓެއްގަ ފާލަމެއްގައި ޖެހޭހާ ތިރިން ދަތުރުކުރި މައްސަލައެއް ވެސް ފެންމަތިވި އެވެ. އެ މައްސަލާގައި، ބޯޓު ދުއްވި ޕައިލެޓް ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ.