Roadha Mihaaru
އެސްކިއު ބޯޓެއް ކޮޅިގަނޑެއްގައި ޖެހި އެކަކު މަރުވެއްޖެ

ސިންގަޕޯ އެއާލައިންސްގެ މަތިންދާބޯޓަކަށް ޓާބިއުލަންސްއާ ކުރިމަތިވެ، އެކަކު މަރުވެއްޖެ

22 މެއި 2024

ލަންޑަނުން ސިންގަޕޫރަށް ދަތުރުކުރި ސިންގަޕޯ އެއާލައިންސްގެ މަތިންދާބޯޓަކަށް ވަރުގަދަ ޓާބިއުލަންސް އާ ކުރިމަތިވެ، ފަސަންޖަރަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވެއްޖެ އެވެ.

ލަންޑަނުން ސިންގަޕޫރަށް ދަތުރުކުރި ސިންގަޕޯ އެއާލައިންސްގެ މަތިންދާބޯޓަކަށް ވަރުގަދަ ޓާބިއުލަންސް އާ ކުރިމަތިވެ، ފަސަންޖަރަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވެއްޖެ އެވެ.

އެ ހާދިސާގައި މަރުވީ 73 އަހަރުގެ އިނގިރޭސިވިލާތުގެ ފިރިހެނެކެވެ. އޭނާ މަރުވީ ޓާބިއުލަންސްގެ ތެރޭގައި ބިރުން، ހާޓް އެޓޭކެއް ޖެހިގެން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ފްލައިޓު ޑާޓާތައް ދައްކާ ގޮތުން، ސިންގަޕޫރަށް ދަތުރުކުރަމުންދިޔަ އެ ފްލައިޓް މިޔަންމާ ކައިރިން އެ ކޮޅިގަނޑުގައި ޖެހުނީ 37،000 ފޫޓު މަތީގައި އޮއްވަ އެވެ. އެ ކޮޅިގަނޑުގައި ޖެހި، ކުރިމަތިވި ޓާބިއުލަންސްގައި ފްލައިޓު ވަނީ އެތައް ފަހަރެއްގެ މަތިން ވަރަށް ބާރަށް ތިރިއަށް ވެއްޓިފަ އެވެ.

ގިނަ ބަޔަކަށް އަނިޔާވީ، ޓާބިއުލަންސްގެ ތެރޭގައި އެ ބޯޓުގެ މަތީގައި ހަރުކޮށްފައިވާ ޕެނަލްތަކާއި އޮކްސިޖަން މާސްކުތަކާއި، ލަގެޖުތައް ވެއްޓި ބޮލުގައި ޖެހިގެންނެވެ.

ޓާބިއުލަންސް އާ ކުރިމަތިވި ސިންގަޕޯ އެއާލައިންސްގެ ބޯޓުގެ މަތީގައި ހަރުކޮށްފައި ހުރި ޕެނަލްތައް ތިރިއަށް ވެއްޓިފައި. --ފޮޓޯ: ރޮއިޓާސް

ޓާބިއުލަންސް އާ ކުރިމަތިވި ސިންގަޕޯ އެއާލައިންސްގެ ބޯޓުގެ މަތީގައި ހަރުކޮށްފައި ހުރި ޕެނަލްތައް ތިރިއަށް ވެއްޓިފައި. --ފޮޓޯ: ރޮއިޓާސް

ބޮއިންގް 777 މަރުކާގެ އެ ބޯޓުން ދަތުރުކުރި ފަސަންޖަރުންގެ ތެރެއިން 70 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ އިރު، ހަ މީހެއްގެ ހާލު ސީރިއަސް ކަމަށް އެ އެއާލައިނުން ވަނީ ބުނެފަ އެވެ.

އެ ބޯޓު ވަނީ އެމަޖެންސީގައި ބެންކޮކަށް ޖައްސައިފަ އެވެ.

ޓާބިއުލަންސް އާ ކުރިމަތިވި ސިންގަޕޯ އެއާލައިންސްގެ ބޯޓުގެ މަތީގައި ހަރުކޮށްފައި ހުރި ޕެނަލްތައް ތިރިއަށް ވެއްޓިފައި. --ފޮޓޯ: ރޮއިޓާސް

ޓާބިއުލަންސް އާ ކުރިމަތިވި ސިންގަޕޯ އެއާލައިންސްގެ ބޯޓުގެ މަތީގައި ހަރުކޮށްފައި ހުރި ޕެނަލްތައް ތިރިއަށް ވެއްޓިފައި. --ފޮޓޯ: ރޮއިޓާސް

ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން، 131 ފަސަންޖަރުންނާއި 12 ކްރޫ މެމްބަރުން މިހާރު ވަނީ އެހެން ފްލައިޓެއްގައި ސިންގަޕޫރަށް ގެންގޮސްފަ އެވެ.

ބާކީ ތިބި، 79 ފަސަންޖަރަކާއި ހަ ކްރޫ މެމްބަރުން ވަނީ ބެންކޮކުގައި މަޑުކޮށްފަ އެވެ. އޭގެތެރޭގައި ގިނައީ އެ ހާދިސާގައި އަނިޔާވި މީހުން ކަމަށް ސިންގަޕޯ އެއާލައިންސް އިން ބުންޏެވެ.

ޓާބިއުލަންސް އާ ކުރިމަތިވި ސިންގަޕޯ އެއާލައިންސްގެ ބޯޓު އެމަޖެންސީގައި ބެންކޮކަށް ޖައްސާފައި. --ފޮޓޯ: އޭއެފްޕީ

ޓާބިއުލަންސް އާ ކުރިމަތިވި ސިންގަޕޯ އެއާލައިންސްގެ ބޯޓު އެމަޖެންސީގައި ބެންކޮކަށް ޖައްސާފައި. --ފޮޓޯ: އޭއެފްޕީ

އެއާލައިނުން ބުނި ގޮތުގައި، އެ ބޯޓުން ދަތުުރުކުރި ފަސަންޖަރުންގެ ތެރޭގައި ހިމެނެނީ، އޮސްޓްރޭލިއާގެ 56 މީހަކާއި، އިނގިރޭސިވިލާތުގެ 47 މީހެއްގެ އިތުރުން ސިންގަޕޫރުގެ 41 މީހެކެވެ.

އެ ހާދިސާ ހިނގި ގޮތުގެ އިތުރު ތަހުގީގަށް ޓީމެއް ބެންކޮކަށް ފޮނުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ސިންގަޕޫރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.