02 ޖުލައި 2021
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ރާއްޖޭގެ ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ކާލައިލް އަށް ވިއްކާލައިފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ރާއްޖޭގެ ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ކާލައިލް އަށް ވިއްކާލައިފި އެވެ.
މީގެ ފަސް އަހަރު ކުރިން، 2017 ގައި ބްލެކް ސްޓޯން އަތުން 500 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) އަށް އެމެރިކާގެ ބެއިން ކެޕިޓަލް އާއި ޗައިނާގެ ޓެންޕަސް ގްރޫޕް ކޯ އިން ގަތް ކުންފުނީގެ މައި ހިއްސާ ވިއްކާލީ ލޯނެއްގެ ގޮތުގައި ދައްކަން ޖެހޭ އެ ފައިސާ އެ ދެ ކުންފުންޏަށް ދެއްކޭ ގޮތް ނުވެގެންނެވެ.
ކާލައިލް އަށް ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ވިއްކާލި އިރު، ކިންގް ސްޓްރީޓާއި ޑޭވިޑްސަން ކެމްޕް އިން ވެސް ވަނީ ހިއްސާ ގަނެފަ އެވެ. މި މުއާމަލާތް ހިންގަން އެއްބަސްވީ ބެއިންގެ ދަރަނި ދައްކައިދޭ ގޮތަށެވެ.
ޓީއެމްއޭއިން މިއަދު ބުނީ މެޖޯރިޓީ ހިއްސާ ކާލައިލް އާއި ޑޭވިޑްސަން ކެމްޕްނާ އިން ހޯދުމާއެކު މިހާރު ކުންފުނީގެ ދަރަނި އަލުން ރީސްޓްރަކްޗާ ކޮށްފައި ކަމަށެވެ. އެ ކުންފުނިން ބުނީ ބޯޑް އޮފް ޑިރެކްޓަރުންގެ ތެރޭގައި ކުންފުނީގެ ފައުންޑަރުންގެ ތެރޭގައި ހިމެނޭ ލާސް އެރިކް ނީލްސަންގެ އިތުރުން، އާ އޯނަރުން ތަމްސީލު ކުރާނެ މެމްބަރުން ހިމެނޭނެ ކަމަށެވެ. އެކަމަކު ކުންފުނީގެ މެނޭޖްމަންޓަށް ބަދަލެއް ނާންނާނެ ކަމަށް ބުންޏެވެ.
ޓީއެމްއޭގެ ސީއީއޯ އޭޔޫއެމް ފައުޒީ ވިދާޅުވީ، އެ މުއާމަލާތަކީ ޓީއެމްއޭ އަށް އާ ބާބެއްގެ ފެށުން ކަމަށެވެ. ޓީއެމްއޭއިން އަލުން މަސައްކަތް ބާރަށް ކުރިއަށް ގެންދާއިރު އާ އޯނަރުންގެ ފަރާތުން އެއްބާރުލުމާއި އެހީތެރި ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކާލައިލް ގްލޯބަލް ކްރެޑިޓް ގްރޫޕުގެ އެމްޑީ ކްރިސްޓިއަން ޝްމިޓްޒް ވިދާޅުވީ، ޓީއެމްއޭއަކީ ރަނގަޅު މެނޭޖްމަންޓެއް އޮތް ހިންގުން ހަރުދަނާ ކުންފުންޏެއް ކަމަށެވެ. ޓީއެމްއޭގެ ކުރިއެރުމަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭގެ އެކި ރިޒޯޓުތަކަށް ދަތުރު ކުރާ ޓީއެމްއޭއަކީ މުޅި ދުނިޔޭގެ ވެސް އެންމެ ބޮޑު ސީ ޕްލޭން އޮޕަރޭޓަރެވެ. އެ ކުންފުނިން 56 ސީޕްލޭން އޮޕަރޭޓް ކުރެ އެވެ.
ޓީއެމްއޭގެ ބޯޓަކަށް އިއްޔެ ދިމާވި ހާދިސާ ތަހުގީގުކުރަނީ
ޓީއެމްއޭގެ ބޯޓެއް އެކްސިޑެންޓް ވެއްޖެ
ލުއިތަކާ އެކު، ޓީއެމްއޭގެ ދަތުރުތައް ފަށަނީ
ލީޑިންގް ސީޕްލޭން އޮޕަރޭޓަރަކަށް އަނެއްކާވެސް ޓީއެމްއޭ
ޓީއެމްއޭގެ 50 ވަނަ ސީ ޕްލޭން ގެނެސްފި
ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ބައިން ކެޕިޓަލުން ގަނެފި
ޓީއެމްއޭގެ ހިއްސާ ގަންނަން ދެ ކުންފުންޏަކުން ސޮއިކޮށްފި
ޕާކުކޮށްފައި އޮތް ޓީއެމްއޭގެ ބޯޓަކުން ވަައްކަން ކޮށްފި
ޓީއެމްއޭ އިން އިތުރު ސީ ޕްލޭނެއް ގެނެސްފި
ޓީއެމްއޭގެ ހިއްސާ ބިލިއަން ޑޮލަރަށް ވިއްކާލަނީ!