Roadha Mihaaru
ލުއިތަކާ އެކު، ޓީއެމްއޭގެ ދަތުރުތައް ފަށަނީ

ލުއިތަކާ އެކު، ޓީއެމްއޭގެ ދަތުރުތައް ފަށަން ތައްޔާރުވަނީ

13 ޖޫން 2020

ރާއްޖެ އަށް ކޮވިޑް-19 ފެތުރިފައިވާއިރު، ހާލަތަށް ރިއާޔަތްކޮށް، ސަރުކާރުން ލުއިތައް ދިނުމާ ގުޅިގެން ދަތުރުތައް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން މިއަދު ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖެ އަށް ކޮވިޑް-19 ފެތުރިފައިވާއިރު، ހާލަތަށް ރިއާޔަތްކޮށް، ސަރުކާރުން ލުއިތައް ދިނުމާ ގުޅިގެން ދަތުރުތައް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން މިއަދު ބުނެފި އެވެ.

ޓީއެމްއޭގެ ދަތުރުތައް ހުއްޓާލީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރެއިން މިދިޔަ މާޗް 27 ގައި ބޯޑަރު ބަންދު ކުރުމުންނެވެ. ނަމަވެސް އެކި ރިސޯޓުތަކުގެ އެދުމުގެ މަތިން ސީޕްލޭންގެ ހިދުމަތް މިހާރު ވެސް އެ ކުންފުނިން އަންނަނީ ފޯރުކޮށްދެމުންނެވެ.

ޓީއެމްއޭ އިން ބުނިގޮތުގައި އެ ކުންފުނިން މިހާރު ދަތުރު ކޮށްދެނީ މިވަގުތު ރިސޯޓުތަކުގައި ތިބި ޓޫރިސްޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގެންދިއުމަށާއި އެއް ރިސޯޓުން އަނެއް ރިސޯޓަށް ޓޫރިސްޓުން ބަދަލު ކުރުމަށް އެކަންޏެވެ.

"ނިއު ނޯމަލް" ގައި ޓީއެމްއޭގެ ދަތުރުތައް ފަށަން ނިންމާފައިވަނީ އަންނަ މަހުގެ ތެރޭގައި، ރާއްޖޭގެ ބޯޑަރު ޓޫރިސްޓުންނަށް ހުޅުވައިލުމުންނެވެ. ދަތުރުތައް އަލުން ފަށަން ތައްޔާރުވަމުން އަންނަނީ ޓޫރިޒަމް މިނިސްޓްރީ އާއި ސިވިލް އޭވިއޭޝަންގެ ގައިޑްލައިނާ އެއްގޮތައް ކަމަށް ވެސް ޓީއެމްއޭ އިން ބުނެ އެވެ..

ރާއްޖޭގެ ބޯޑަރު ޓޫރިސްޓުންނަށް ބަންދު ކޮށްފައިވާއިރު، އެންމެ ބޮޑަށް ގެއްލުންވާނެ އެއްބަޔަކީ އޭވިއޭޝަން ކުންފުނިތަކެވެ.