ބޮލީވުޑް ތަރި ސޮނާކްޝި ސިންހާގެ މި މަހު 23 ގައި ކައިވެނިކުރަން އުޅޭ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
11 ޖޫން 2024
ބޮލީވުޑް ތަރި ސޮނާކްޝި ސިންހާގެ މި މަހު 23 ގައި ކައިވެނިކުރަން އުޅޭ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ރިޕޯޓުތައް ބުނި ގޮތުގައި، ސޮނާކްޝީ އާއި އޭނާގެ ލޯބިވެރިޔާ އަދި ބޮލީވުޑްގެ އެކްޓަރު ޒަހީރު އިގްބާލްގެ ކައިވެނީގެ ހަފުލާތައް ބާއްވަނީ އިންޑިއާގެ މުމްބާއީގަ އެވެ.
މި ދެ ތަރިން ވެސް ބޮލީވުޑަށް ނުކުތީ ސަލްމާން ހާންގެ ފިލްމަކުންނެވެ. ސޮނާކްޝީ ފުރަތަމަ ކުޅުނީ 2010 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ދަބަންގް" އެވެ. އަދި ޒަހީރުގެ ފުރަތަމަ ފިލްމަކީ 2019 ވަނަ އަހަރު ރިލީޒްކުރި "ނޯޓްބޫކް" އެވެ.
މި ދެ ތެރިން އެކުގައި ވަނީ ފިލްމު "ޑަބަލް އެކްސެލް" އިން ފެނިފަ އެވެ.
ސޮނާކްޝީގެ އުފަންދުވަހާ ދިމާކޮށް ޒަހީރު ވަނީ މިފަހުން އިންސްޓަގްރާމްގައި ލޯބި ޕޯސްޓެއް ވެސް ކޮށްފަ އެވެ. އެ ޕޯސްޓުގައި ދެމީހުން ވަރަށް ލޯބިން ތިބޭ ތިން ފޮޓޯއެއް ހިމަނާފައިވެ އެވެ.
ސޮނާކްޝީ އާއި ޒަހީރުގެ ދެމެދުގައި ލޯބީގެ ގުޅުން އޮންނަތާ ގިނަ ދުވަސްތަކެއް ވީ ނަމަވެސް، މި ދެތަރިން ވެސް އާންމުކޮށް އެ ވާހަކަ ނުދައްކަ އެވެ. އަދި ދެމީހުންގެ މެދުގައި އޮންނަނީ ގާތް ރަހުމަތްތެރިކަމުގެ ގުޅުން ކަމަށް ބުނެ އެތައް ފަހަރަކު އެ ވާހަކަތައް އޮއްބާލާފައިވެ އެވެ.
ސޮނާކްޝީ އެންމެ ފަހުން ފެނުނީ މިދިޔަ މަހު ނެރުނު ސަންޖޭލީލާ ބަންސާލީގެ ނެޓްފްލިކްސް ސީރީޒް "ހީރާމަންޑީ: ދަ ޑައިންމަންޑް ބާޒާރް" އިންނެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އިންނަން ކަމުދާ މީހަކު ބޮލީވުޑަކު ނެތް: ސޮނާކްޝީ
ކައިވެނިކުރަން އުޅުނު ވިޖޭ އާއި ތަމަންނާ ވަކިވެއްޖެ
އަނަންޔާ ކައިވެނިކުރަން ފަސް އަހަރުގެ ޕްލޭނެއް ހަދައިފި
ސޮނާކްޝީއާ ގުޅުވާ މުކޭޝް ދެއްކި ވާހަކައެއް ހޫނުވެއްޖެ
ޝޮބިތާ އާއި ނާގަ ކައިވެނިކޮށްފި
ވިޖޭ އާއި ތަމަންނާގެ ކައިވެނި އަންނަ އަހަރު
ޝޮބިތާ އާއި ނާގަގެ ކައިވެނި ޑިސެމްބަރުގައި