ގާނޫނުއަސާސީ އަށް ގެންނަ އިސްލާހުތަކަކާ އެކު، ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި 37 ބިލެއް ހުށަހަޅަން ސަރުކާރުން ނިންމައިފި އެވެ.
10 ޖޫން 2024
ގާނޫނުއަސާސީ އަށް ގެންނަ އިސްލާހުތަކަކާ އެކު، ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި 37 ބިލެއް ހުށަހަޅަން ސަރުކާރުން ނިންމައިފި އެވެ.
މަޖިލިހުގެ ގަވައިދުގައި ބުނާ ގޮތުން، ކޮންމެ ދައުރަކަށް ހުށަހަޅަން ނިންމާ ބިލްތަކުގެ ލިސްޓެއް ސަރުކާރުން މަޖިލިހަށް ފޮނުވަން ޖެހެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އެ ލިސްޓު މަޖިލީހަށް ލިބިފައިވާ ކަމަށާއި މި ދައުރަށް ހުށަހަޅަން ސަރުކާރުން ގަސްދުކުރާ 37 ބިލެއް ހިމެނޭ ކަމަށެވެ.
- ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލު
- ސޮވަރިން ޑިވެލޮޕްމަންޓު ފަންޑުގެ ބިލު
- ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ބޯހިޔާވަހިކަމުގެ ބިލު
- ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު
- އާބަން ޕްލޭނިން އަދި އާބަން ތަރައްގީކުރުމާ ހިންގުމުގެ ބިލު- ބިނާވެށި ޕްލޭންކުުރުމާއި ތަރައްގީކުރުމާ ހިންގުމުގެ ބިލު
- ބިމުގެ ބިލާއި ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމާބެހޭ ބިލް
- ނަފްސާނީ ސިއްހަތު ބިލު
- ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު
- ދައުލަތުގެ ދަރަންޏާ ގުޅޭ ބިލު
- ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ދިވެހިރާއްޖޭގެ ގާނުނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު
- ޖިނާއި މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ބިލު
- ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- އެންޓި-ޑިފެކްޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ފޮރިން އިންވެސްޓްމަންޓް ބިލު
- މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސް އޮތޯރިޓީގެ ބިލު
- ޑިޕްލޮމެޓިކް އިމްތިޔާޒުގެ ބިލު
- އިންޝުއަރެންސާބެހޭ ބިލު
- މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ހެއްކާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- އެޓާނީ ޖެނެރަލްގެ އޮފީހުގެ ބިލު
- ޖަނަވާރުގެ ސިއްހަތާބެހޭ ބިލު
- ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ތައުލީމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ބްރޯޑްކާސްޓްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- މޯލްޑިވްސް މީޑިއާ ކައުންސިލްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
މީގެ ތެރޭގައި މިދިޔަ ދައުރުގައި ހުށަހަޅަން ނިންމި ބައެއް ބިލުތަކާއި މިދިޔަ ދައުރުގައި ހުށަހެޅި ބިލުތަކުގެ ތެރެއިން ދައުރު ނިމުމުން އަނބުރާ ފޮނުވާލި ތިން ބިލެއް ވެސް ހިމެނެ އެވެ. މީގެ ތެރޭގައި ހިމެނޭ ސޮވަރިން ޑިވޮލޮޕްމެންޓް ފަންޑުގެ ބިލާއި ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މިއަދުގެ ޖަލްސާގައި ވަނީ ފުރަތަމަ ކިޔުން އިއްވައިފަ އެވެ.
ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތަކާ ގުޅިގެން "މިހާރު" އިން ސުވާލުކުރުމުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ އޭގެ ތެރޭގައި ހިމެނެނީ އެހެނިހެން ބިލްތަކަށް ގެންނަން އިސްލާހުތަކާ ގުޅުން ހުރި ޖުމްލަ އިސްލާހުތަކެއް ކަމަށެވެ. އެގޮތުން ޖޭއެސްސީގެ ގާނޫނަށް ގެންނަން ސަރުކާރުން ބޭނުންވާ އިސްލާހުތަކާ ގުޅުން ހުރި އިސްލާހުތައް ގާނޫނުއަސާސީ އަށް ގެންނަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާނޫނުއަސާސީ އެކިއެކި އިސްލާހުތައް ގެނެސްގެން ނޫނިއްޔާ އިސްލާހު ނުކުރެވޭނެ ގާނޫނުތައް އެބަހުރި. އެހެންވެ، ގާނޫނުއަސާސީ އަށް ތަފާތު އިސްލާހުތައް ގެންނަން ސަރުކާރުން ބޭނުންވޭ،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.
އުޝާމް ވިދާޅުވީ، އެ އިސްލާހުތަކުގެ ދިރާސާތައް މިހާރު ކުރިއަށް ގެންދާ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ ތަންފީޒުކުރަން 200 އަށް ވުރެ ގިނަ ބިލު ފާސްކުރަން ގެންނަން ޖެހޭ ކަމަށް އެމަނިކުފާނު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
ގޮނޑީގެ މައްސަލާގައި ނިންމީ ޝަރީއަތް ކުރިއަށް ގެންދަން
ގާނޫނުއަސާސީއަށް ގެންނަ ބަދަލު ކޯޓުތަކަށް ނުބެލޭނެ:އޭޖީ
އޭސީސީގެ އެންގުމަށް ތަބާނުވާތީ ކަންބޮޑުވެއްޖެ!
ހުކުމާ އެކު ބަންޑާރަ ނައިބުގެ ގާނޫނީ ލަފާ ހޯދަނީ
ގޮނޑި ގެއްލޭ އިސްލާހު ސައްހަކަމަށް ކަނޑައަޅަން އެދެފި
އޭޖީއަށް ފިޔަވަޅު އަޅަން ސުޕްރީމް ކޯޓުގައި އެދެފި
ބަދަލު ދިނުމުގެ ނުވަ އެއްބަސްވުމެއް ބާތިލުކޮށްފި
ގޭންގްތައް ކަނޑައެޅުން ކޮމިޓީއަށް ދޭ މާއްދާ އުނިކޮށްފި
މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ރާއްޖޭން ބަޔާނެއް ދީފި
އޭޖީ އޮފީސް ސިވިލް ސާވިސް އިން ވަކިކުރަނީ