ރާއްޖެ އިން ތައިލެންޑަށް ދަތުރުކުރާ މީހުން ވެސް އެ ގައުމުގެ ބޭސް ކުންފުންޏަކުން އުފައްދާފައިވާ 15 ވައްތަރެއްގެ ބޭސް ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސް ކޮށްފި އެވެ.
11 ޖޫން 2024
ރާއްޖެ އިން ތައިލެންޑަށް ދަތުރުކުރާ މީހުން ވެސް އެ ގައުމުގެ ބޭސް ކުންފުންޏަކުން އުފައްދާފައިވާ 15 ވައްތަރެއްގެ ބޭސް ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސް ކޮށްފި އެވެ.
އެމްއެފްޑީއޭއިން ބުނީ އެ ގައުމުގެ ކުންފުންޏެއް ކަމަށްވާ، "ސެވަން ސްޓާސް ފާމަސޫޓިކަލް ކޯ"އިން އުފެއްދި ބޭހެއްގައި ނުރައްކާތެރި ކެމިކަލްގެ މާއްދާއެއް އެކުލެވިފައިވާތީ، ތައިލެންޑްގެ ބޭސް ރެގިއުލޭޓްކުރާ އޮތޯރިޓީން އެކަން އަންގާފައިވާ ކަމަށެވެ.
ތައިލެންޑުން މަނާކުރި އެ ބޭސްތައް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން ހުއްދަ ކުރާ ބޭހުގެ ތެރޭގައި ނުހިމެނެ އެވެ.
އެކަމަކު، އެ ބޭސްތައް ސަމާލުކަމަށް ގެނައީ، ތައިލެންޑަކީ ދިވެހިން ވަރަށް ގިނައިން ބޭސްފަރުވާއަށް ގޮސް އުޅޭ ގައުމަކަށް ވެފައި ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް ބޭސް އެތެރެކުރާތީ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
1. ޑޮމްޕާސްޓާ ސަސްޕެންޝަން
2. ކޯ ޓްރިމެކްޒޯލް މިކްސްޗާ
3. ކްރެސްބުފެން ސަސްޕެންޝަން
4. ކްރެސްޓްރިމް ސަސްޕެންޝަން
5. ކްރެސްޓެކް ސިރަޕް
6. ކްރެސްކޯލެޓް ސިރަޕް
7. ސެޓަފެން ސިރަޕް
8. ފޭޓެކް ސިރަޕް
9. ކާބޮސޯލް ސިރަޕް
10. ސްޓާޓެކް ސިރަޕް
11. ކްރެސްބްރޮކްޒޯލް ސިރަޕް
12. ސްޓާޓިފިން ސިރަޕް
13. އިބުސްޓާ ސަސްޕެންޝަން
14. ޑޮމްޕާކްރެސް ސިރަޕް
15. ޕެރެސްޓާ ސަސްޕެންޝަން
ތައިލެންޑުގެ ކަމާ ބެހޭ ފަރާތުންތަކުން ވަނީ އެ ގައުމުގެ ބާޒާރުގައި ހުރި އެ ބޭސްތަކުގެ ތެރެއިން މައްސަލަ ހުރި ކަމަށް ފާހަގަކުރެވޭ ބެޗްތައް ނެގުމަށް ވެސް އަންގައިފަ އެވެ.
މި ބޭސްތައް ރާއްޖެއަށް އެތެރެވިޔަނުދޭން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ބޭސް ސިޓީ އަށް ބޭސް އެތެރެކުރާއިރު، ހާއްސަ ސަމާލުކަމެއް ދީގެން ޕޯޓުތަކުގައި ބަލައި ފާސްކުރަމުން ގެންދާނެ ކަމަށް ވެސް އެމްއެފްޑީއޭއިން ބުންޏެވެ.
ގޭހަށްދޭ އިންޖެކްޝަނެއްގައި މައްސަލަ ހުރުމުން މަނާކޮށްފި
ބޭސް ލިބުމުގެ ދަތިކަން ހައްލު ކުރަން ހާއްސަ ކޮމިޓީއެއް
މަނާކުރި ދެ ބޭހެއް ބޭނުންކުރަން ހުއްދަ ދީފި
އާސަންދައިން ބޭސް ނުލިބޭ ނަމަ ރިޕޯޓުކުރަން އެދިއްޖެ
ތައިލެންޑުން އައި 2 ދިވެހިން ޑްރަގާއެކު ހައްޔަރުކޮށްފި
ކުޑަކުދިންނަށްދޭ ސިރަޕުން ނުރައްކާތެރި ކެމިކަލް ފެނިއްޖެ
އިންޑިއާ ބޭސްތަކެއްގެ މައްސަލަ އުޅޭތީ ސަމާލުވާން އެދެފި
ބޭހުގެ މައްސަލަ އުޅޭތީ އިންސްޕެކްޝަން ވަރުގަދަކޮށްފި
މަނާކުރި ސިރަޕުގައި މައްސަލައެއް ނެތް، ހުއްދަ ދީފި
ކުޑަކުދިންގެ ބޭހެއް ބޭނުންކުރުމާއި ވިއްކުން މަނާކޮށްފި