ތަދުކަނޑުވަން ކުޑަކުދިންނަށް ދޭ ދެ ބޭހަކުން ނުރައްކާތެރި ދެ ކެމިކަލެއް ފެނިގެން އެ ބޭސް ބޭނުންކުރުން ވަގުތީ ގޮތުން މަނާކުރިޔަސް ބޭހުގެ އިތުރު ތަހުލީލުތަކުން މައްސަލައެއް ނެތް ކަމަށް ފާހަގަކުރެވުމުން އެ ބޭސްތައް ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފި އެވެ.
26 ޖެނުއަރީ 2025
ތަދުކަނޑުވަން ކުޑަކުދިންނަށް ދޭ ދެ ބޭހަކުން ނުރައްކާތެރި ދެ ކެމިކަލެއް ފެނިގެން އެ ބޭސް ބޭނުންކުރުން ވަގުތީ ގޮތުން މަނާކުރިޔަސް ބޭހުގެ އިތުރު ތަހުލީލުތަކުން މައްސަލައެއް ނެތް ކަމަށް ފާހަގަކުރެވުމުން އެ ބޭސްތައް ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފި އެވެ.
މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެމްއެފްޑީއޭ އިން ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މަނާކުރީ ޕާކިސްތާނުގެ އެފްރޯޒާ ކެމިކަލް އިންޑަސްޓްރީގައި އުފައްދާ މެފްނެކް ސަސްޕެންޝަން ސިރަޕާއި މެލޭޝިޔާގެ ކޮޓްރާ ފާމާގެ އެކްސެލް މެފެނެމިކް އެސިޑް ސަސްޕެންޝަން ސިރަޕެވެ.
ރާއްޖޭގެ މާކެޓުގައި ހުންނަ ބޭހުގެ ފެންވަރު ބެލުމަށް ސްކްރީނުކުރިއިރު، ތަދުކަނޑުވަން ބޭނުންކުރާ އެ ދެ ބޭހުން ޑައިތީލައިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ފެނުނެވެ.
ދެ ބޭހުގެ ތަހުލީލުތައް އިތުރަށް ޔަގީން ކުރުމަށް ޓެސްޓު ހެދުމަށް ރާއްޖެއިން ބޭރަށް ވެސް ފޮނުވި އެވެ. އަދި ވަކި ގޮތެއް އަންގަންދެން އެ ދެ ބޭހުގެ އެއްވެސް ބެޗެއް އެތެރެ ކުރުމާއި ވިއްކުމާއި ބޭނުންކުރުން މަނާކުރި އެވެ.
އެ މައްސަލާގައި އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ އެ ބޭސްތައް މާކެޓުން ލިބެންހުރި ބެޗްތަކުގެ ސާމްޕަލް ނަގާ އިތުރަށް ޓެސްޓްކޮށް ބަލަންޖެހޭ ކަންކަން ބެލުމުން، ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ.
އެހެންވެ، ބޭސް އެތެރެކޮށް ވިއްކުމުގެ ހުއްދަ ވެސް ވަނީ ދީފަ އެވެ.
"އެހެންކަމުން، މިއަދުން ފެށިގެން ކުރިއެކޭ އެއްގޮތަށް މި ދެބޭސް އިމްޕޯޓް ކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުމަށް ހުއްދަ ދީފައިވާކަން އާއްމުކޮށް އަންގާ އިއުލާން ކުރަމެވެ." އެމްއެފްޑީއޭ އިން ބުންޏެވެ.
އެމްއެފްޑީއޭ އިން ބުނީ އެ ދެ ބޭސް އެެތެރެކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޑައިއީތައިލިން ގްލައިކޯލް (DEG) އަދި އިތައިލީން ގްލައިކޯލް (EG) އެނަލައިސިސް ރިޕޯޓް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ޕްރިކޮލިފައިޑް ލެބޯޓަރީއަކުން ހުށަހަޅަން ވާނެ ކަމަށެވެ.
ގޭހަށްދޭ އިންޖެކްޝަނެއްގައި މައްސަލަ ހުރުމުން މަނާކޮށްފި
ބޭސް ލިބުމުގެ ދަތިކަން ހައްލު ކުރަން ހާއްސަ ކޮމިޓީއެއް
އާސަންދައިން ބޭސް ނުލިބޭ ނަމަ ރިޕޯޓުކުރަން އެދިއްޖެ
ކުޑަކުދިންނަށްދޭ ސިރަޕުން ނުރައްކާތެރި ކެމިކަލް ފެނިއްޖެ
އިންޑިއާ ބޭސްތަކެއްގެ މައްސަލަ އުޅޭތީ ސަމާލުވާން އެދެފި
ބޭހުގެ މައްސަލަ އުޅޭތީ އިންސްޕެކްޝަން ވަރުގަދަކޮށްފި
މަނާކުރި ސިރަޕުގައި މައްސަލައެއް ނެތް، ހުއްދަ ދީފި
ކުޑަކުދިންގެ ބޭހެއް ބޭނުންކުރުމާއި ވިއްކުން މަނާކޮށްފި
ޔޫރަޕް ކޮލިޓީގެ ބޭސް ހެޔޮ އަގުގައި ވިއްކަން ފަށައިފި
ތައިލެންޑުގެ ބޭސްތަކެއް ބޭނުން ނުކުރަން އިލްތިމާސްކޮށްފި