Roadha Mihaaru
އެސްޓީއޯއިން ފައިދާގެ ގޮތުގައި 80ރ. ބަހަން ހުށަހަޅަނީ

އެސްޓީއޯއިން ފައިދާގެ ގޮތުގައި 80ރ. ބަހަން ހުށަހަޅަނީ

20 ޖޫން 2024

އެސްޓީއޯ އިން މި އަހަރު ފައިދާގެ ގޮތުގައި 80ރ. ބަހަން މި އަހަރުގެ އަހަރީ އާއްމު ޖަލްސާ އަށް ހުށަހަޅަން ނިންމައި އިއުލާނުކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އެސްޓީއޯ އިން މި އަހަރު ފައިދާގެ ގޮތުގައި 80ރ. ބަހަން މި އަހަރުގެ އަހަރީ އާއްމު ޖަލްސާ އަށް ހުށަހަޅަން ނިންމައި އިއުލާނުކޮށްފި އެވެ.

އެ އަދަދު ފައިދާގެ ގޮތުގައި ބަހާނީ އަހަރީ އާއްމު ޖަލްސާގައި ފާސްވުމުންނެވެ. މި އަހަރުގެ އަހަރީ އާއްމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު އެވެ.

މިދިޔަ އަހަރު އެ ކުންފުންޏަށް ޖުމްލަ 17 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައި ވެ އެވެ. އެއީ 2022 ވަނަ އަހަރަށް ވުރެ ދެ ބިލިއަން ރުފިޔާ ދަށް އަދަދެކެވެ. އެސްޓީއޯ އަށް 2022 ވަނަ އަހަރު ވަނީ 19 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ.

މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ ދަށްވި ނަމަވެސް ލިބުނު ފައިދާ ވަނީ 90 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. އެސްޓީއޯގެ މިދިޔަ އަހަރު ފައިދާ 818 މިލިއަން ރުފިޔާ އަށް އަރަ އެވެ. އާމްދަނީ ދަށްވި ނަމަވެސް ކުންފުނީގެ ފައިދާ ބޮޑުވީ ހަރަދުތައް ކުޑަވެފައި ވާތީ އެވެ.