Roadha Mihaaru
ފުލުހެއްގެ ގައިގައި ކާރަކުން ޖެއްސި މީހާ ބަންދަށް

ފުލުހެއްގެ ގައިގައި ކާރަކުން ޖެއްސި މީހާގެ ބަންދަށް 10 ދުވަސް

23 ޖޫން 2024

ފުލުހެއްގެ ގައިގައި ކާރަކުން ޖެއްސި މައްސަލާގައި ހައްޔަރުކުރި މީހާގެ ތަހުގީގަށް 10 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން މިއަދު ހުއްދަ ދީފި އެވެ.

ފުލުހެއްގެ ގައިގައި ކާރަކުން ޖެއްސި މައްސަލާގައި ހައްޔަރުކުރި މީހާގެ ތަހުގީގަށް 10 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން މިއަދު ހުއްދަ ދީފި އެވެ.

މި މައްސަލާގައި އިއްޔެ ހަވީރު ހައްޔަރުކުރީ ފުލުސް މީހާގެ ގައިގާ ޖެއްސި ކާރު ދުއްވަން އިން މީހާ އެވެ. ފުލުހުން ބުނީ އޭނާގެ މައްޗަށް ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް މިއަދު ހާޒިރުކުރުމުން 10 ދުވަސް ދީފައިވާ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު ހުޅުމާލެ 1 ގައި މާރާމާރީއެއް ހިންގައިގެން އުޅޭ ކަމަށް ރިޕޯޓުކުރުމުން، އެ ސަރަހައްދަށް ފުލުހުން ދިއުމުން ދެ މީހަކު ކާރަކަށް އަރައި ފިލައިގެން ދާން އުޅުނެވެ.

ނަމަވެސް، ކާރު ކުރިމައްޗަށް އަރައި މަޑުކުރަން ބުނުމުން ކާރު މަޑުކުރުމަށް ފަހު، ކާރުގެ އަރިމައްޗަށް ޖެހުނު ވަގުތު، ފުލުސްމީހާގެ ފައި މައްޗަށް އަރައިގެން ކާރު ދާން އުޅުނު ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު، ކާރު ފަހަތަށް ޖެއްސުމަށް ފަހު އޮފިސަރު ތެދުވެ ކާރުގެ ހުންގާނުގައި ހިފައި، އެ އުޅަނދު ހުއްޓުވޭތޯ މަސައްކަތް ކުރި އެވެ.

އެ ސަރަހައްދަށް އިތުރު ދެ ފުލުހުން ބީޓް ސައިކަލުގައި ކާރު ކުރިމައްޗަށް އެރުމުން ވެސް އެ ސައިކަލު ނައްޓުވާފައި ބާރު ސްޕީޑުގައި ދިޔަ އެވެ. އެ މައްސަލައިގައި އެ ދުވަހު ފުރަތަމަ މީހާ ހައްޔަރުކޮށް، ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފަ އެވެ.