ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ އިތުރު ގަޑީގެ ފައިސާ (އޯޓީ) އުނި ނުކުރުމަށް މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން އިން ގޮވާލައިފި އެވެ.
15 ޖުލައި 2025
ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ އިތުރު ގަޑީގެ ފައިސާ (އޯޓީ) އުނި ނުކުރުމަށް މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން އިން ގޮވާލައިފި އެވެ.
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް މެއި، 2023 ގައި ގެނައި ބަދަލާއެކު އިތުރު ގަޑީގެ ފައިސާ ވަނީ ލިމިޓްވެފަ އެވެ. އޭގެ ކުރިން، ރަސްމީ ގަޑީގެ ފަހުން ކުރާ ކޮންމެ މަސައްކަތަކަށް އިތުރު ގަޑީގެ ފައިސާ ލިބުނަސް، އާ އޮނިގަނޑާއެކު އިތުރު ގަޑީގެ ގޮތުގައި މިހާރު ލިބެނީ މުވައްޒަފުންގެ މަގާމުގެ އަސާސީ މުސާރައިގެ ގިނަވެގެން 10 ޕަސެންޓަށް ވާ މިންވަރަށެވެ.
އެ ޔޫނިއަން އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަސައްކަތްތެރިން ލައްވާ ރަސްމީ މަސައްކަތު ގަޑީގެ އިތުރަށް އެތައް ވަގުތެއް މަސައްކަތުގައި ހޭދަކުރުވާ ކަމަށާއި އެ ހުރިހާ ވަގުތަކަށް އިތުރު ގަޑީގެ ފައިސާ ހަމައަށް ދޭން ޖެހޭނެ ކަމަށެވެ.
ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމަށް އެކަށީގެންވާ މިންވަރަށް ހުރިހާ ދާއިރާތަކަށް ވެސް މަސައްކަތްތެރިން ހަމަ ކޮށްދިނުމަށާއި އިދާރީ އަދި ސަޕޯޓު ބައިގެ މަސައްކަތްތެރިންގެ އާ ވަޒީފާގެ އޮނިގަނޑުތައް ލަސްނުކޮށް ތަންފީޒުކުރުމަށް ވެސް އެ ޔުނިއަނުން ވަނީ އެދިފަ އެވެ.
އޭގެ އިތުރުން ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން ދައުލަތުގެ އާ ޕޭ ފްރޭމްވޯކަށް ބަދަލުކޮށްދިނުމަށް ވެސް އެދިފައި ވެ އެވެ.
ސިއްހީ ދާއިރާގެ އޯޓީ ފައިސާ އުނި ނުކުރަން ހެލްތު ޔުނިއަންއިން ގޮވާލާފައި ވާއިރު، ސިއްހީ އަދި ތައުލީމީ ދާއިރާގެ މުވައްޒަފުންނަށް އިތުރު ގަޑީގެ މަސައްކަތަށް ފައިސާ ދިނުމާ ގުޅޭ އުސޫލުތައް އަލުން މުރާޖާކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ވަނީ ގަރާރެއް ވެސް ހުށަހަޅައިފަ އެވެ.
އެކަމަށް މަޖީލީހުގައި މެމްބަރުން ބަހުސް ކޮށްފައި ވާއިރު، ވާހަކަ ދެއްކި ސަރުކާރުގެ ބައެއް މެމްބަރުން ވަނީ އެ މައްސަލަތައް ހައްލު ކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ހެލްތުގެ ޑީޖީގެ ބާރުތަކާއި ޝަރުތުތައް މަތިކުރަނީ
މޭ މަހުން ފެށިގެން ސިއްހީ ދާއިރާގެ މުސާރަ ބޮޑުކުރަނީ
ބައެއް ކަންކަމަށް އާސަންދަ ނުލިބޭތީ ރިވިއު ކުރަނީ
ސަރުކާރުން ހައްލެއް ހޯދައި ނުދެވުމުން މަޖިލީހަށް!
ސިއްހީ ހިދުމަތުގެ ފެންވަރު ދަނީ ދަށަށް: މެމްބަރުން
މިޝްކާގެ މަރުގެ އިހުމާލުގެ މައްސަލަ މަޖިލިހުން ބަލަނީ
ގަމުގައި ކެންސަރު ހޮސްޕިޓަލް އަޅަން 98 މިލިއަން ރުފިޔާ
އާސަންދައިން ބަޔަކު ނާޖާއިޒު ފައިދާ އެބަހޯދާ
ވެންޓިލޭޓަރުމައްސަލަ މުރާޖައާކުރަން މަޖިލީހުން އަންގައިފި
ނިޝާމާ އާއި އަސްލަމް ކޮމިޓީއަށް ހާޒިރުކުރަން އަމުރެއް