Roadha Mihaaru
އަނަންތު އަންބާނީގެ ކައިވެނި އަންނަ މަހު 12 ގައި

އަނަންތު އަންބާނީގެ ކައިވެނި އަންނަ މަހު 12 ގައި، ތިން ދުވަހަށް ދެމިގެންދާނެ

28 ޖޫން 2024

އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ހަގު ދަރިފުޅު އަނަންތު އަމްބާނީގެ ކައިވެނި ހަފުލާ އަށް ތައްޔާރުވާން ފަށައިފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ހަގު ދަރިފުޅު އަނަންތު އަމްބާނީގެ ކައިވެނި ހަފުލާ އަށް ތައްޔާރުވާން ފަށައިފި އެވެ.

އަނަންތު އާއި ރާދިކާގެ ކައިވެންޏަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރުކުރަމުންނެވެ. އަންނަ މަހު 12 އިން 14 އަށް ކައިވެނީގެ ހަފުލާގެ އެކި ކަންކަން ތާވަލުކޮށްފައިވާއިރު، މި ކައިވެންޏަށް ވަރަށް ގިނަ ސެލެބްރިޓީނަށް މިހާރު ވަނީ ދައުވަތު ދީފަ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މި ކައިވެންޏަށް ދުނިޔޭގެ ވަރަށް ގިނަ މަހުޖަނުންނަށް ވެސް ވަނީ ދައުވަތު ދީފަ އެވެ.

މުމްބާއީގެ ޗީފް މިނިސްޓަރު އެކްނާތު ޝިންޑޭ އަށް ވެސް މި ކައިވެންޏަށް ވަނީ ދައުވަތު ދީފަ އެވެ.

މި ކައިވެނީގެ އުފާފާޅުކުރުމުގެ ހަފުލާތައް ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިރު، އެންމެފަހު ހަފުލާއަކަށް އޮތީ ރިސެޕްޝަނެކެވެ.

ކައިވެނީގެ ފުރަތަމަ ރޭގެ ތީމަކަށް "ދަ ސްޓޭރީ ނައިޓް" ވަނީ ހަމަޖައްސައިފަ އެވެ. އެ ރޭ އޮންނާނީ ކޮސްޓިއުމް ޕާޓީއެކެވެ.