Roadha Mihaaru
އާންނަތާއި ރާދިކާގެ ކައިވެނީގެ ހަފުލާއެއް ލަންޑަނުގައި

އާނަންތާއި ރާދިކާގެ ކައިވެނީގެ އިތުރު ހަފުލާއެއް ލަންޑަނުގައި ބާއްވަނީ، ދެމަސްދުވަހަށް ދިގުދެމިގެން ދާނެ

26 ޖުލައި 2024

އާނަންތު އަމްބާނީ އާއި ރާދިކާ އަމްބާނީގެ ކައިވެނީގެ އިތުރު ހަފުލާއެއް ލަންޑަނުގައި ބާއްވަން ނިންމައިފި އެވެ.

އާނަންތު އަމްބާނީ އާއި ރާދިކާ އަމްބާނީގެ ކައިވެނީގެ އިތުރު ހަފުލާއެއް ލަންޑަނުގައި ބާއްވަން ނިންމައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ލަންޑަނުގައި ބާއްވާ މި ހަފުލާ ދެމަހަށް ދެމިގެންދާނެ އެވެ. މި ހަފުލާ ބާއްވަނީ ލަންޑަނުގައި ހުންނަ ހަތް ތަރީގެ ހޮޓަލެއް ކަމަށްވާ ސްޓޯކް ޕާކް ހޮޓެލްގަ އެވެ. އެއީ އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ކުންފުނި ރިލަޔަންސް އިންޑަސްޓްރީސް 57 މިލިއަން ޕައުންޑަށް 2021 ވަނަ އަހަރު ގަނެފައިވާ ހޮޓަލެކެވެ.

މި ހަފުލާއަށް މެހުމާނުންގެ ގޮތުގައި އިނގިރޭސި ޝާހީ އާއިލާގެ ދަރިކަލުން ޕްރިންސް ހެރީ އާއި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރުން ކަމަށްވާ ބޮރިސް ޖޮންސަން އާއި ޓޯނީ ބްލެއާ ވެސް ވަޑައިގަންނަވާނެ އެވެ. ބޮރިސް އާއި ޓޯނީ ވަނީ އާނަންތު އާއި ރާދިކާގެ ކައިވެނީގެ ހަފުލާއަށް މުމްބާއިއަށް ވެސް ވަޑައިގެންފަ އެވެ.

މުކޭޝް އަމްބާނީގެ އެންމެ ހަގު ދަރިފުޅު އާނަންތު އާއި ރާދިކާ ކައިވެނިކުރީ މި މަހު 12 ގަ އެވެ. އެ ކައިވެނީގެ ހަފުލާ ބޭއްވީ މުމްބާއީގެ ޖިއޯ ވޯލްޑް ސެންޓަރުގަ އެވެ. އެ ކުލަގަދަ ހަފުލާގައި އެ ދެމީހުންގެ އާއިލާގެ އިތުރުން ދުނިޔޭގެ މަޝްހޫރު އެތައް ބަޔަކު ބައިވެރިވި އެވެ.

އެ ކައިވެންޏަށް މިހާތަނަށް ވަނީ 600 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ.