Roadha Mihaaru
އިންޑިއާގެ އަގުބޮޑު ގެތަކުގެ ތެރޭގައި ޝާހްރުކްގެ "މަންނަތު"

އިންޑިއާގެ އެންމެ އަގުބޮޑު ގެތަކުގެ ތެރޭގައި ޝާހްރުކް ޚާންގެ "މަންނަތު"

15 މާޗް 2020

އިންޑިއާގެ އެންމެ ނުފޫޒުގަދަ މަހުޖަހުންގެ ގެތައް އެ ގައުމުގެ އެންމެ އަގު ބޮޑު ގެތަކުގެ ތެރޭގައި ހިމެނޭ އިރު، އެ ލިސްޓްގައި ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ ގެ "މަންމަނަތު" ވެސް ހިމެނިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ އެންމެ ނުފޫޒުގަދަ މަހުޖަހުންގެ ގެތައް އެ ގައުމުގެ އެންމެ އަގު ބޮޑު ގެތަކުގެ ތެރޭގައި ހިމެނޭ އިރު، އެ ލިސްޓްގައި ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ ގެ "މަންމަނަތު" ވެސް ހިމެނިއްޖެ އެވެ.

ޖީކިއު އިންޑިއާ އިން އިންޑިއާގެ އެންމެ އަގު ބޮޑު 10 ގޭގެ ލިސްޓެއް އެކުލަވާލާފައިވާ އިރު މުމްބާއީގައި ހުންނަ "މަންނަތު" އަކީ 200 ކްރޯޑް ރުޕީސް (28 މިލިއަން ޑޮލަރު) ގެ އަގުހުރި ވަރަށް ޒަމާނީ ގެއެއް ކަމަށް ބުނެފައިވެ އެވެ. އެ މަޖައްލާ އިން ފާހަގަކޮށްފައިވާ ގޮތުގައި އެންމެ އަގު ބޮޑު ގެތަކުގެ ލިސްޓްގެ ފަސް ވަނައިގައި ހިމެނޭ އަދި ގަނޑުވަރެއްގެ ދަރަޖަ ލިބޭ ޝާހްރުކްގެ ގެއަކީ މުމްބާއީ އަށް ޒިޔާރަތްކުރާ ވަރަށް ގިނަ ފަތުރުވެރިންގެ ސަމާލުކަން ވެސް ލިބޭ ތަނެކެވެ.

އެ ގޭހެ އިންޓީރިއާ ޝާހްރުކްގެ އަންހެނުން ގޯރީ ޚާން ހަދާފައިވާ އިރު، ޝާހްރުކްގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިންމަންޓާއި އޭނާގެ އަމިއްލަ އޮފީސް ވެސް ހުންނަނީ "މަންނަތު" ގަ އެވެ. މި ގެ އަކީ ޒަމާނީ ހުރިހާ ވަސީލަތްތަކާ އެކު ބިނާކޮށްފައިވާ ގެއެކެވެ.

އިންޑިއާގެ އެންމެ އަގު ބޮޑު 10 ގޭގެ ލިސްޓްގެ އެއް ވަނައިގައި އޮތީ ވަރަށް ތަފާތު ފަރުމާއަކަށް ބިނާކޮށްފައިވާ އިންޑިއާގެ އެންމެ ބޮޑު މަހުޖަނު މުކޭޝް އަމްބާނީ ގެ "އެންޓިލިއާ" އެވެ. ރިލަޔަންސް ގްރޫޕްގެ ވެރިޔާ އަކީ އޭޝިއާ ބައްރުގެ ދެވަނަ އަށް އެންމެ މުއްސަނދި މީހާ ވެސް މެ އެވެ. ހަތާވީސް ބުރީގެ އެ ގޭގެ އަގަކީ 10،000 ކްރޯޑް ރުޕީސް (1,352,100 މިލިއަން ޑޮލަރު) އެވެ.

ލިސްޓްގެ ދެވަނަ ރޭމަންޑް ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު ގޯތަމް ސަންގާނިއާގެ ޖޭކޭ ހައުސް އަށް ލިބުނު އިރު އެ ގޭގެ 6،000 ކްރޯޑް ރުޕީސް (811,260 ޑޮލަރު) އަށް އަރަ އެވެ.

ތިން ވަނަގައި ހިމެނެނީ މުކޭޝްގެ ކޮއްކޮ އަދި މަހުޖަނު އަނިލް އަމްބާނީގެ އެބޯޑެވެ. ބޮލީވުޑްގެ ކުރީގެ ބަތަލާ ޓިނާ މުނިމްގެ ފިރިމީހާގެ ގޭގެ އަގު 5،000 ކްރޯޑް ރުޕީސް (676,050 ޑޮލަރު) އަށް އަރަ އެވެ.

ބިރްލާ ގްރޫޕްގެ ޗެއާމަން ކޭއެމް ބިރުލާގެ ޖަޓިއާ ހައުސް ލިސްޓްގެ ފަސް ވަނަ އިން ޖާގަ ހޯދި އިރު އެ ގޭގެ އަގަކީ 425 ކްރޯޑް ރުޕީސް (57,464,267 ޑޮލަރު) އެވެ. ހަ ވަނައިގައި އޮތީ ޖޭއެސްޑަބްލިއު ގްރޫޕްގެ މެނެޖިން ޑިރެކްޓަރު ސައްޖަން ޖިންޑާލްގެ ޖިންޑާލް ހައުސް އެވެ. އެ ގޭގެ އަގަކީ 400 ކްރޯޑް ރުޕީސް (54,084,016 ޑޮލަރު) އެވެ.

ވެރިރަށް ނިއު ދިއްލީގައި ހުންނަ ސައްޖަންގެ ކޮއްކޮ ނަވީން ޖިންޑާލްގެ ގޭގެ އަގު ހަތް ވަނަ އިން ޖާގަ ހޯދީ 150 ކްރޯޑް ރުޕީސް (20,281,506 ޑޮލަރު) އާ އެކީގަ އެވެ.

ބަނގުރޫޓްވެފައިވާ ވިޔަފާރިވެރިޔާ ކުރީގެ ކިންގްފިޝާ އެއާލައިންސްގެ ވެރިޔާ ވިޖޭ މާލިޔާގެ ސްކައި ހައުސް ލިސްޓްގެ އަށް ވަނައިގައި ހިމެނުނު އިރު އެ ގޭގެ އަގު 147 ކްރޯޑް ރުޕީސް (20 މިލިއަން ޑޮލަރު) އަށް އަރަ އެވެ.

މަޝްހޫރު ކުންފުނި ޓާޓާ ގްރޫޕްގެ ކުރީގެ ޗެއާމަން ރަތަން ޓާޓާގެ ރިޓަޔަމަންޓް ހޯމަކީ އިންޑިއާގެ އެންމެ އަގު ބޮޑު ގެތަކުގެ ތެރެއިން ލިސްޓްގެ ނުވަ ވަނައިގައި ހިމެނޭ ގެ އެވެ. އެ ގޭގެ އަގު ގާތްގަނޑަކަށް 95 ކްރޯޑް ރުޕީސް (12,844,953 ޑޮލަރު) އަށް އަރަ އެވެ.

ލިސްޓްގެ 10 ވަނައިގައި ހިމެނެނީ ގާތްގަނޑަކަށް 100 ކްރޯޑް (14 މިލިއަން ޑޮލަރު) ގެ އަގުހުރި ރުއިއާ ހައުސް އެވެ. މިއީ އެއްސާރް ގްރޫޕްގެ އެއް ހިއްސާދާރު ކަމަށްވާ ރަވިއީ ރުއިއާގެ ގެ އެވެ.