Roadha Mihaaru
މެނިންގޯކޮކަލް ބަލީގެ އިތުރު ޕޮޒިޓިވް މީހަކު ނެތް

މެނިންގޯކޮކަލް ބައްޔަށް އިތުރު މީހަކު ޕޮޒިޓިވްއެއް ނުވޭ: އެޗްޕީއޭ

30 ޖޫން 2024

އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޮންޓެކްޓް ޓްރޭސިން ނިންމާފައިވާ ކަމަށާއި އެ ބައްޔަށް އިތުރު މީހަކު ޕޮޒިޓިވް ވެފައި ނުވާ ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޮންޓެކްޓް ޓްރޭސިން ނިންމާފައިވާ ކަމަށާއި އެ ބައްޔަށް އިތުރު މީހަކު ޕޮޒިޓިވް ވެފައި ނުވާ ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

ހައްޖުގެ އަޅުކަން ފުރިހަމަކުރުމަށް ފަހު، ރާއްޖެ އައި ފަހުން އެ ބަލި ޖެހުނު ކަން އެނގުނީ، މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) އަށެވެ. އެ އެ ބަލީގައި ހާލު ސީރިއަސްވެ، އޭނާ ވަނީ މިދިޔަ އަންގާރަ ދުވަހު ނިޔާވެފަ އެވެ.

އެޗްޕީއޭއިން ބުނީ އެ ކޭސްއާ ގުޅޭ 46 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށެވެ. އެކަމަކު، ކޮންޓެކްޓް ޓްރޭސިން ނިމުނުއިރު، މެނިންގޯކޮކަލް ބައްޔަށް އިތުރު މީހަކު ޕޮޒިޓިވްވެފައި ނުވާ ކަމަށް އެޗްޕީއޭގެ އޮފިޝަލް ވިދާޅުވި އެވެ.

ހެލްތް މިނިސްޓްރީން ވެސް ބުނީ މިހާތަނަށް ބެލި ބެލުމުން އެ ބަލި އާންމުކޮށް ފެތުރެމުންދާ ކަން ފާހަގަވެފައި ނުވާތީ އެ ބައްޔަށް އާންމުކޮށް ވެކްސިން ޖަހަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ.

މެނިންގޯކޮކަލް ވެކްސިން ޖަހަން ލަފާ ދެނީ އުމްރާ އާއި ހައްޖުގެ އަޅުކަމަށް ދާ މީހުންނާއި އެ ބަލި ފެތުރޭ ގައުމުތަކަށް ދާ މީހުންނަށެވެ. އެހެނިހެން ސިއްހީ ހާލަތްތައް މެދުވެރިވެފައިވާ މީހުން ބަލި ޖެހުމަށް ކަމަށް ހެލްތުން ނެރުނު ބަޔާނުގައި ލަފާ ދީފައިވެ އެވެ.

އިންވެންސިވް މެނިންގޯކޮކަލް ބައްޔަށް މިދިޔަ ހަ އަހަރުގެ ތެރޭގައި ރާއްޖެ އިން ޖެހުނު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކަނީ ތިން މީހެކެވެ. މީގެ ތެރެއިން ދެ މީހަކަށް މި ބަލި ޖެހުނު ކަމަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ އަހަރެވެ. ތިން ވަނަ މީހަކީ ބަކާ އެވެ.

މެނިންގޯކޮކަލް އަކީ ނިޝީރިއާ މެނިންޖިޓައިޑިސް ނަމަކަށް ކިޔާ ޖަރާސީމަކުން ޖެހޭ ބައްޔެކެވެ. އެ ޖަރާސީމުން ދެ ވައްތަރެއްގެ ބައްޔެއް ޖެހެ އެވެ. އެއީ ލޭގެ އިންފެކްޝަން (ސެޕްސިސް) އަދި މެނިންޖައިޓިސް (ސިކުނޑީގެ ވަށައިގެންވާ ފަށަލައިގެ އިންފެކްޝަން) އެވެ.

އެއީ ނުރައްކާތެރި ދެ ބައްޔަކަށް ވިއަސް، ވެކްސިން ޖަހައިގެން އެކަމުން ރައްކާތެރިވެވޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.