Roadha Mihaaru
ފަހުނޭވާގައި އިންގްލެންޑް ހިންދެމިލައި ކޮޅަށްތެދުވެއްޖެ!

ފަހު ނޭވާގައި އިންގްލެންޑް ހިންދެމިލައި ކޮޅަށް ތެދުވެއްޖެ!

30 ޖޫން 2024

ގެލްސެންކާޝަން (ޖޫން 30) - އިތުރު ވަގުތުގައި ކެޕްޓަން ހެރީ ކޭން ޖަހައިދިން ގޯލުން 2-1 އިން ސްލޮވާކިއާގެ މައްޗަށް ކުރިހޯދައި، އިންގްލެންޑުން ޔޫރޯ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ގެލްސެންކާޝަން (ޖޫން 30) - އިތުރު ވަގުތުގައި ކެޕްޓަން ހެރީ ކޭން ޖަހައިދިން ގޯލުން 2-1 އިން ސްލޮވާކިއާގެ މައްޗަށް ކުރިހޯދައި، އިންގްލެންޑުން ޔޫރޯ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އެންމެ ފަހުން ބޭއްވި ޔޫރޯގެ ރަނަރަޕް އިންގްލެންޑު ކޮޅަށް މެޗުގެ 25 ވަނަ މިނިޓުގައި ސްލޮވާކިއާގެ އީވާން ޝްރާންޒް ޖެހި ގޯލުން މެޗު ނިމެން ދަނިކޮށް، އިތުރު ވަގުތު ކުޅެން ޖެހުނީ ނިމެން މިނިޓަކަށް ވެފައި ވަނިކޮށް ޖޫޑް ބެލިންހަމް ޖަހައިދިން ގޯލުންނެވެ.

ފަހު ހާފުގައި އިންގްލެންޑުގެ ކީޕަރު ޖޯޑަން ޕިކްފޯޑް ކުރިއަށް ނުކުމެ ހުރި ވަގުތެއްގައި ޑިފެންސުން ހެދި ގޯހެއްގެ ފައިދާ ނަގައި ސްލޮވީނިއާއިން ލީޑު ފުޅާކުރުމާ ގާތަށް ދިޔަ އެވެ. ނަމަވެސް އެޓީމުން ފޮނުވާލި ހަމަލާ ގޯލާ އަމާޒެއް ނުވި އެވެ.

ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ފިލް ފޮޑެން އިންގްލެންޑަށް ނަތީޖާ އެއްވަރު ކޮށްދިން ކަމަށް ހީކުރެވުނު ނަމަވެސް ވީއޭއާރުން ވަނީ އޭނާ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

ފުރިހަމަ ވަގުތު ހަމަވާން 10 ވަރަކަށް މިނިޓަށް ވެފައި ވަނިކޮށް އިންގްލެންޑްގެ ޑެކްލަން ރައިސް ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ރީބައުންސް ވެފައި އައި ބޯޅަ ކެޕްޓަން ހެރީ ކޭން އަށް ވެސް ގޯލާ އަމާޒުކޮށް ފޮނުވާލެވޭގޮތެއް ނުވި އެވެ.

އިންގްލެންޑުން މެޗުގައި ފޮނުވާލި އެއްވެސް ހަމަލާއެއް އިދިކޮޅު ގޯލާ އަމާޒު ނުވެ މެޗު ނިންމާލަން ދަނިކޮށް އުންމީދު ހޯދި ލަނޑު އިތުރު ވަގުތުގެ ފަސްވަނަ މިނިޓުގައި ބެލިންހަމް ޖެހީ އޯވާހެޑް ކިކަކުންނެވެ.

ނަތީޖާ އެއްވަރުވެގެން ކުޅުނު އިތުރު ވަގުތުގައި، އިންގްލެންޑް މޮޅުވި ލަނޑު ކޭން ޖަހައިދިނީ އިތުރު ވަގުތުގެ ފުރަތަމަ ހާފު ފެށިގެން މިނިޓެއް ނުވެ އުޅެނިކޮށެވެ.

ކުއާޓާ ފައިނަލްގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ 9 ޖަހާއިރު އިންގްލެންޑް ވާދަކުރަން ޖެހޭނީ، ރޭ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ބަލިކުރި ސްވިޒަލެންޑާ އެވެ.