Roadha Mihaaru
ބްރެޒިލަށް ލިބުނީ ދެވަނަ، ކުއާޓާ އަށް ވިނީ ސަސްޕެންޑް

ބްރެޒިލަށް މޮޅު ނުވެވުމުން ލިބުނީ ދެ ވަނަ، ކުއާޓާ އަށް ވިނީޝިއުސް ސަސްޕެންޑް

03 ޖުލައި 2024

ކެލިފޯނިއާ (ޖުލައި 3) – ކޮލަމްބިއާ އަތުން މޮޅުނުވެވި، މެޗު 1-1 އިން އެއްވަރުވުމުން ގްރޫޕުގެ ދެ ވަނަ މަގާމުގައި ބްރެޒިލުން ކޮޕާ އެމެރިކާގެ ގުރޫޕް ސްޓޭޖް ނިންމާލައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ކެލިފޯނިއާ (ޖުލައި 3) – ކޮލަމްބިއާ އަތުން މޮޅުނުވެވި، މެޗު 1-1 އިން އެއްވަރުވުމުން ގްރޫޕުގެ ދެ ވަނަ މަގާމުގައި ބްރެޒިލުން ކޮޕާ އެމެރިކާގެ ގުރޫޕް ސްޓޭޖް ނިންމާލައިފި އެވެ.

އުތުރާއި ދެކުނު އެމެރިކާގެ ދެ ބައްރުގެ ޓީމުތައް ބައިވެރިކޮށްގެން މިފަހަރު ކުރިއަށްދާ ކޮޕާ އެމެރިކާގެ ހަތަރު ގުރޫޕުން އެންމެ ގަދަ ދެ ޓީމު ދަތުރު ކުރާނީ ކުއާޓާ ފައިނަލަށެވެ.

ގުރޫޕް ޑީން އެއް ވަނަ ހޯދީ ކޮލަމްބިއާ އެވެ. ރާއްޖޭ ގަޑިން މިއަދުގެ ހެނދުނު ކުޅުނު މެޗު އެއްވަރުކޮށްލައިގެން، ކޮލަމްބިއާ އިން ވަނީ ހަތް ޕޮއިންޓް ހޯދައިފަ އެވެ.

މެޗަށް ނުކުތް އިރު ވެސް ބްރެޒިލް އޮތީ ދެ ޕޮއިންޓްގެ ފަރަގަކާ އެކު ދެ ވަނައިގަ އެވެ. މެޗުން މޮޅުވެގެން ނޫން ގޮތަކަށް އެއްވަނަ ހޯދޭކަށް ނެތެވެ. އެ ޓީމަށް ލިބުނީ ފަސް ޕޮއިންޓެވެ.

ގުރޫޕްގެ ދެ ވަނަ ހޯދުމުން، ކުއާޓާގައި ބްރެޒިލަށް ޖެހޭނީ، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އުރުގުއޭއާ ދެކޮޅަށެވެ. ޕެނަމާ އާއި އެމެރިކާ އަދި ބޮލީވިއާ ހިމެނުނު ގުރޫޕުން އުރުގުއޭ ވަނީ އެއް ވަނަ ހޯދައިފަ އެވެ.

ކުއާޓާގެ މެޗުތައް ފަށާނީ އަންނަ ހުކުރު ދުވަހު އެވެ. އަންނަ އާދިއްތަ ދުވަހު ކުޅޭ ދެވަނަ މެޗުގައި ވާދަކުރާނީ ބްރެޒިލާއި އުރުގުއޭ އެވެ.

އެ މެޗަށް ނުކުންނަ އިރު ބްރެޒިލަށް ކުރިމަތި ވާނެ އެންމެ ބޮޑު މައްސަލައަކީ އެ ޓީމުގެ ތަރި ވިނީޝިއުސް ޖޫނިއާ އަށް ނުކުޅެވުމެވެ. މިއަދުގެ މެޗުގައި ދެއްކި ރީނދޫ ކާޑާ އެކު އޭނާ އަށް ވަނީ ދެ ކާޑު ހަމަވެފަ އެވެ.

މިއަދުގެ މެޗުގެ 12 ވަނަ މިނެޓްގައި ރަފީނިއާގެ ލަނޑުން ބްރެޒިލް ލީޑް ނަގައިފައިވަނިކޮށް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކޮލަމްބިއާ އަށް ނަތީޖާ ހަމަހަމަކޮށް ދިނީ ޑެނިއަލް މުނޯޒެވެ.