ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެށި ހިލޭ ޑިގްރީ ސްކީމަށް މިދިޔަ ފަސް އަހަރު 695 މިލިއަން ރުފިޔާ ހަރަދު ކޮށްފި އެވެ.
09 ޖުލައި 2024
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެށި ހިލޭ ޑިގްރީ ސްކީމަށް މިދިޔަ ފަސް އަހަރު 695 މިލިއަން ރުފިޔާ ހަރަދު ކޮށްފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އަމިއްލަ ފަރާތެއް ކަމަށްވާ އަފްރާހު އިސްމާއިލް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި އެދިގެން ދިން ތަފާސްހިސާބުތަކުގައިވާ ގޮތުން 2019 ވަނަ އަހަރުން ފެށިގެން މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ ޑިގްރީ ސްކީމަށް ސަރުކާރުން ވަނީ 695 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.
އެއީ 20،337 ދަރިވަރުންނަށް ހަރަދުކުރި ވަރެވެ.
ސަރުކާރުން ވަނީ ހިލޭ ޑިގްރީގެ ދަށުން ކިޔެވުމަށް ރާއްޖޭގެ ދެ ޔުނިވާސިޓީ އަށާއި ނުވަ ކޮޖެލަކަށް ފައިސާ ދޫކޮށްފަ އެވެ.
އެންމެ ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފައި ވަނީ ވިލާ ކޮލެޖަށެވެ. އެއީ 4،522 ދަރިވަރުންނަށް 172.8 މިލިއަން ރުފިޔާ އެވެ.
ދެ ވަނަ އަށް އެންމެ ގިނަ ފައިސާ ދޫކުރީ ގައުމީ ޔުނިވާސިޓީން ކިޔެވި 4،504 ދަރިވަރަކަށެވެ. އެއީ 138.8 މިލިއަން ރުފިޔާ އެވެ. ތިން ވަނަ އަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފައި ވަނީ އެމްއައި ކޮލެޖަށެވެ. އެއީ 2،842 ދަރިވަރުންނަށް 106.2 މިލިއަން ރުފިޔާ އެވެ.
ހިލޭ ޑިގްރީ އަށް މިދިޔަ ފަސް އަހަރު ސަރުކާރުން ކުރި ހޭދަ.
ހިލޭ ޑިގްރީ ޕްރޮގްރާމަކީ ފުރަތަމަ ފަހަރަށް ޑިގްރީ ކިޔަވާ ދަރިވަރުންނަށް ސަރުކާރުގެ ހަރަދުގައި ކިޔަވަން ފުރުސަތު ލިބޭ ޕްރޮގްރާމެކެވެ.
ކުރީގެ ސަރުކާރުގައި ފެށި ހިލޭ ޑިގްރީ ޕްރޮގްރާމް އޭރު ހިންގާފައި ވަނީ ބޮޑު ސްކޭމެއްގެ ގޮތުގައި ކަމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވަނީ މިއަދުގެ މަޖިލިސް ޖަލްސާގައި ތުހުމަތުކުރައްވައިފަ އެވެ.
މަތީ ތައުލީމްގެ ގާނޫނަށް ގެނައި އިސްލާހަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ބަހުސްގައި ޝުޖާއު ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ވެރިކަމުގައި މަތީ ތައުލީމަށް އިންވެސްޓުކުރުމުގެ ނަމުގައި ހިންގާފައި ވަނީ ކޮން ޖަރީމާއެއްތޯ ބަލަން ޖެހެ އެވެ. ހިލޭ ޑިގްރީ ޕްރޮގްރާމްތައް ހިންގީ ކޯސްތަކުގެ އަގު ވައްޓާލައި 60 ޕަސެންޓަށް ސަބްސިޑީއެއް ދޭ އުސޫލުން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ސަަބަބުން ކޮލެޖުތައް އިނދަޖެހިގެން ދިޔަ ކަމަށާއި ބައެއް ކޮލެޖުތައް ތަޅު އަޅުވަން ޖެހުނު ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.
ރާއްޖޭގައި ބޭރު ފައިސާ ހިފެހެއްޓޭނެ އެއް ގޮތަކީ އަމިއްލަ ކޮލެޖުތައް ބާރުވެރި ކުރުވުން ކަމަށާއި އެކަމަށް ސަރުކާރުން ހާއްސަ އިސް ކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަތީ ތައުލީމްގެ ބިލުގައި ވަނީ ކޮލެޖުތައް ޔުނިވާސިޓީއަކަށް ބަދަލުވުމުގެ ޝަރުުތުތައް ދަށްކޮށްފަ އެވެ. އެގޮތުން މެދުކެނޑުމެއް ނެތި ހިންގާތާ 15 އަހަރުވުމާއި ބައެއް އެހެނިހެން ޝަރުތުތައް ހަމަވުމުން ޔުނިވާސިޓީއަކަށް ބަދަލު ކުރެވޭނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.
ރީރަޖިސްޓްރީނުކުރާ 101 ތަނެއްގެ ސަނަދު ގަބޫލުނުކުރާނެ
މަތީ ތައުލީމަށް 700 އެއްހާ މިލިއަން ރުފިޔާ
ކޮލެޖްތައް އަލުން ރަޖިސްޓްރީކުރުވާ މައްސަލަ ނުބެލި
ލޯނު ލިބުނު ދަރިވަރުންގެ ލިސްޓު އާންމުކޮށްފި
މަތީ ތައުލީމުގެ އެކި ފުރުސަތުތަކަށް ބައި ބިލިއަން ރުފިޔާ
ސްޓޫޑެންޓް ލޯނު ދެއްކުން މިއަހަރުގެ ނިޔަލަށް ފަސްކޮށްފި
ހިލޭ ޑިގްރީއަށް ކިޔަވަން 130 މިލިއަން ހަރަދުކޮށްފި
ކޮވިޑަށް ފަހު މަތީ ތައުލީމަށް އަންނާނީ ކޮން ބަދަލެއް؟
މަތީ ތައުލީމުގެ ލޯނަށް މި މަހުގެ ފަހުކޮޅު ހުޅުވާލަނީ
މަތީ ތައުލީމުގެ ފުރުސަތު ދިނީ 52 ދަރިވަރަކަށް