ކޮޕާ އެމެރިކާ ކާމިޔާބުކުރި އާޖެންޓީނާ ގައުމީ ފުޓްބޯޅަ ޓީމުގެ ބައެއް ކުޅުންތެރިން، ފްރާންސްގެ ކުޅުންތެރިންނާ ނަސްލީ ގޮތުން ދިމާކުރި މައްސަލައިގައި ދައުވާކޮށް، އަދި އެ އެކަން ފީފާ އަށް ހުށަހަޅަން ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފި އެވެ.
17 ޖުލައި 2024
ކޮޕާ އެމެރިކާ ކާމިޔާބުކުރި އާޖެންޓީނާ ގައުމީ ފުޓްބޯޅަ ޓީމުގެ ބައެއް ކުޅުންތެރިން، ފްރާންސްގެ ކުޅުންތެރިންނާ ނަސްލީ ގޮތުން ދިމާކުރި މައްސަލައިގައި ދައުވާކޮށް، އަދި އެ އެކަން ފީފާ އަށް ހުށަހަޅަން ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފި އެވެ.
ކޮލަމްބިއާ އަތުން 1-0 އިން އާޖެންޓީނާ މޮޅުވި މެޗަށް ފަހު އެނބުރި ހޮޓަލަށް ދިޔަ މަގުމަތީ ބަހުގައި އެ ޓީމުގެ އެންޒޯ ފެނާންޑޭޒް އިސްކޮށް ހުރެ، ފްރާންސް ކުޅުންތެރިންނާ ނަސްލީ ގޮތުން ދިމާކުރީ، އެ ކުޅުންތެރިންގެ މައިންބަފައިން ނިސްބަތްވަނީ އެފްރިކާގެ ގައުމުތަކަށް ކަމަށް ބުނެ ހަދާފައިވާ ލަވައެއް ކިޔަމުންނެވެ. ބައެއް އެހެން ކުޅުންތެރިން ވެސް އޭނާއާ ބައިވެރިވެ އެ ލަވަ ކިޔާ މަންޒަރު އާއްމުވީ އެންޒޯ އެ މަންޒަރު އިންސްޓަގްރަމް ލައިވްކުރުމުންނެވެ.
އޭނާ ވަނީ ފަހުން އެކަމަށް މައާފަށް އެދިފަ އެވެ.
މި ލަވަ އަކީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލުން ޕެނަލްޓީ ޖަހައިގެން ފްރާންސް އަތުން އާޖެންޓީނާ މޮޅުވުމުން އޭރު އެންމެ ފުރަތަމަ ކީ ލަވަ އެކެވެ.
ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ފިލިއްޕޭ ޑެލޯ ވަނީ މިކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވިދާޅުވެފަ އެވެ. އޭނާއާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ފެޑެރޭޝަނުން ނިންމާފައި ވަނީ މިކަމުގެ ސީރިއަސްކަމަށް ބަލައި މިއީ ކުޅިވަރުގެ ރޫހާއި އަދި އިންސާނީ ހައްގުތަކާ ވެސް ހިލާފު ކަމަކަށް ވާތީ މި މައްސަލަ އާޖެންޓީނާ ފުޓްބޯޅަ ފެޑެރޭޝަނަށާއި ފީފާ އަށް ހުށަހެޅުމުގެ އިތުރުން ކޯޓަށް ވެސް ހުށަހެޅުމަށެވެ.
މި މައްސަލައިގައި އާޖެންޓީނާ ކުޅުންތެރިންނަށް ހާއްސަކޮށް އެންޒޯ އަށް އަންނަނީ ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވަމުންނެވެ. އޭނާއާ އެއްކޮށް ޗެލްސީ އަށް ކުޅޭ ފްރާންސްގެ ވެސްލީ ފޮފާނާ ވެސް ވަނީ އެންޒޯ އަށް ނުރުހުން ފާޅުކޮށް، އިންސްޓަގްރަމުން އޭނާ އަންފޮލޯ ވެސް ކޮށްފަ އެވެ.
އެންޒޯ މައާފަށް އެދި ނެރުނު ބަޔާނުގައި ބުނީ އޭނާގެ އަމަލުތަކަށް އެއްވެސް ބަހަނާއެއް ދެއްކެން ނެތް ކަމަށާއި، އޭނާ އަކީ ތަފާތުކުރުންތަކާ އަބަދުވެސް ދެކޮޅު މީހެއް ކަމަށެވެ. ނަމަވެސް ތަށި ލިބުމުން އެރި ފޯރި އާއި ލިބުނު އުފަލުގައި އެކަން ކުރެވުނީ ކަމަށާއި އެކަމަށް އެންމެންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ.
އާޖެންޓީނާއިން 15 އަހަރު ދިނަސް ސޮއިކުރާނަން: ކޯޗު
ކޮޕާ އެމެރިކާ: އާޖެންޓީނާ އަށް ރެކޯޑް 16 ވަނަ ތަށި
ފައިނަލްގެ ކުރިން ސެކިއުރިޓީއާ މެދު ކަންބޮޑުވުން
މެސީގެ ޖާދޫ މި ފެނުނީ ސެމީގައި، އާޖެންޓީނާ ފައިނަލަށް
މެސީގެ ޕެނަންކާ ދަނޑިއަށް، ޓީމު ސަލާމަތްކުރީ ކީޕަރު
މެސީ ނެތިވެސް ސްކަލޯނީގެ އާޖެންޓީނާ ވަރުގަދަ
ފަހު ވަގުތުކޮޅުގައި ލަނޑު ޖަހަން މާޓިނޭޒް ވަރެއް ނެތް
މެސީ، ކުރުކޮށް ފޮނިކޮށް: މުހިއްމީ މޮޅުވުން
ގިނަމީހުން ބޭނުމީ ވޯލްޑް ކަޕުގައި މެސީ ކުޅޭތަން ބަލަން
28 އަހަރަށްފަހު އާޖެންޓީނާ ޗެމްޕިއަނަކަށް