ރާއްޖޭގައި އިއްޔެ ފެށި ކާވާ 20 އަހަރުން ދަށުގެ އަންހެން ވޮލީބޯލް ޗެމްޕިއަންޝިޕް މުބާރާތަކީ 2027 ވަނަ އަހަރުން ދަށުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ފައިނަލް ކުޅުމުގެ އުންމީދުގައި ފެށި ދަތުރެއް ކަމަށް ވޮލީބޯޅް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި އިއްޔެ ފެށި ކާވާ 20 އަހަރުން ދަށުގެ އަންހެން ވޮލީބޯލް ޗެމްޕިއަންޝިޕް މުބާރާތަކީ 2027 ވަނަ އަހަރުން ދަށުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ފައިނަލް ކުޅުމުގެ އުންމީދުގައި ފެށި ދަތުރެއް ކަމަށް ވޮލީބޯޅް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ލަތީފް މިހެން ވިދާޅުވީ، ކާވާ 20 އަހަރުން ދަށުގެ އަންހެން ވޮލީބޯލް ޗެމްޕިއަންޝިޕް މުބާރާތް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ހަތަރު ގައުމާ އެކު ފެށި މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމު އިއްޔެ ވަނީ ކިރިގިސްތާނު އަތުން ބަލިވެފަ އެވެ. ނަމަވެސް މި ދަތުރަކީ، ދެން އޮންނަ އައިއޯއައިޖީގެ އަންހެން އަދި ފިރިހެން ބައިން ވެސް ދަށް ވެގެން ރިހި މެޑަލް އެއް ހޯދުމުގެ އަޒުމުގައި ފެށި ދަތުރެއް ކަމުގެ ޔަގީންކަން، އެސޯސިއޭޝަންގެ ރައީސްގެ ހައިސިއްޔަތުން ވޮލީގެ އާއިލާއަށް ދޭން ބޭނުންވާކަމަށް ލަތީފް ވިދާޅުވި އެވެ.
"ވޮލީބޯލް އެސޯސިއޭޝަންގެ ރައީސްގެ ހައިސިއްޔަތުން މިއަދު އަޅުގަނޑު އަޅުގަނޑުމެންގެ ވޮލީބޯޅަ އާއިލާއަށް ޔަގީންކަމެއް ދޭން ބޭނުންވޭ،" ލަތީފް ވިދާޅުވި އެވެ.
"މިއަދަކީ އަޅުގަނޑުމެން ވަރުގަދަ އަޒުމެއްގައި ފަށާ ދަތުރެއް. އިރާދަ ކުރެއްވިއްޔާ މި ދަތުރުގެ އުންމީދަކީ 2027 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފައިނަލުގައި ދިވެހިރާއްޖޭގެ ފިރިހެން ޓީމާއި އަންހެން ޓީމު ކުޅުން."
ތިން އަހަރަށް ފަހު ލަތީފް ވީއޭއެމްގެ ރައީސް ކަމަށް އަލުން އިންތިހާބުވީ މިއަހަރުގެ މާޗު މަހު އެވެ. އެއީ، ރައީސްކަމުން އިސްތިއުފާދިން މުހައްމަދު ރަނޭޝް (ރަނޭ)ގެ ދައުރުގައި ބާކީ އޮތް އެއް އަހަރު ދުވަހުގެ ނިޔަލަށެވެ.
މީގެ ކުރިން 2019 އިން 2021 އަށް ލަތީފް ވަނީ އެސޯސިއޭޝަންގެ ރައީސްކަން ކުރައްވައިފަ އެވެ. އެސޯސިއޭޝަންގެ ރައީސް ކަމަށް ދެވަނަ ފަހަރަށް ވަޑައިގެން ލަތީފް ވަނީ އިންޑިއާގެ އެންމެ ބޮޑު ވޮލީ ލީގު، ޕްރައިމް ލީގު ކޮންސެޕްޓް ތައްޔާރު ކުރި ކުންފުނި ކަމަށްވާ، އިންޑިއާގެ ބޭސްލައިން ވެންޗާސްއާ އެކު، މުޅި ރާއްޖެ ޝާމިލުވާ ގޮތަށް ކުޅޭ ވޮލީގެ ވަރުގަދަ ލީގެއް އުފެއްދުމުގެ މަސައްކަތް ފެށިފައިވާކަން އިއުލާން ކުރައްވައިފަ އެވެ.
ވީއޭއެމްގެ ރައީސްކަމަށް ތިންވަނަ ފަހަރަށް ލަތީފް
ވޮލީގެ ބޮޑު ލީގެއްގެ މަސައްކަތް ބޭރު ކުންފުންޏަކާއެކު
ތިން އަހަރަށްފަހު ލަތީފް އަލުން ވީއޭއެމްގެ ރައީސްކަމަށް
ކުރިއަށް އޮތީ ރާއްޖޭގެ ވޮލީގެ އެންމެ މުހިންމު އަހަރު
ވީއޭއެމްގެ ރައީސްކަމަށް މިފަހަރުވެސް ކުރިމަތިލީ ލަތީފް
ތާއީދުކުރަނީ 2025 ގައި ވޮލީގެ އިންތިހާބު ބާއްވަން
މައްސަލަގަނޑެއްގެ ތެރެއަށް ވައްޓާލުމަށްފަހު ރަނޭ ހަނު
އޭވީސީގެ ބޯޑަށް ވީއޭއެމްގެ ރައީސް ލަތީފް
އޮލިމްޕިކް ކޮމިޓީއަށް އިހުތިރާމްކުރަން: ލަތީފް
ލަތީފް މަގާމުން ދުރުކުރަން، ޔޫތުން އޭނާ ވަކިކޮށްފި