22 ޖުލައި 2024
ރާއްޖޭގެ ފުރަތަމަ ނިއުރޯސާޖަން ޑރ. އަލީ ނިޔާފު، އޭޑީކޭ އިން ވަކިވެވަޑައިގެން އައިޖީއެމްއެޗާ މިއަދު ގުޅިވަޑައިގެންފި އެވެ.
ރާއްޖޭގެ ފުރަތަމަ ނިއުރޯސާޖަން ޑރ. އަލީ ނިޔާފު، އޭޑީކޭ އިން ވަކިވެވަޑައިގެން އައިޖީއެމްއެޗާ މިއަދު ގުޅިވަޑައިގެންފި އެވެ.
ނިޔާފް ވަނީ އޭޑީކޭގައި ގާތްގަނޑަކަށް 10 އަހަރު ހިދުމަތް ކުރައްވައި، ގިނަ ބައެއްގެ އިތުބާރު ހޯއްދަވައިފަ އެވެ.
މި ހިދުމަތަށް ޝުކުރު އަދާކުރައްވައި، އެ ހޮސްޕިޓަލުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ނިއުރޯ ސާޖަރީ ޑިޕާޓްމަންޓުގެ ކާމިޔާބީގައި ނިޔާފުގެ ހިއްސާ ވަރަށް ބޮޑު ކަމަށެވެ.
އެހެންވެ، އެ ޑިޕާޓްމަންޓާއި އޭޑީކޭގެ "އާއިލާ"ގައި ވެސް ނިޔާފަށް ހާއްސަ މަގާމެއް އޮންނާނެކަން ފާހަގަކޮށް، އޭނާގެ ކުރިއެރުމަށް ވަނީ މަރުހަބާ ކިޔައިފަ އެވެ.
އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ ޑރ. ޝާހު މާހިރު "މިހާރު" އަށް ވިދާޅުވި ގޮތުގައި، ތަޖުރިބާކާރު ނިއުރޯސާޖަންއާ އެކު ސަރުކާރުގެ މައި ހޮސްޕިޓަލްގެ ހިދުމަތަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ އެވެ.
The one and only Doctor @AliNiyaf#Neurosurgeon #Farewell #ADKHospital #HealthCare pic.twitter.com/Mo9lNKd71B
— ADK Hospital (@ADKHospital) July 22, 2024
އެކަށީގެންވާ ވަސީލަތްތައް ހޯދައިގެން އައިޖީއެމްއެޗާއި ރާއްޖޭގައި ވެސް މިހާތަނަށް ނުހެދޭ އޮޕަރޭޝަންތައް ފެށުމަކީ ވަރަށް ބޮޑު ޕްލޭނެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ސިކުނޑީގެ އެކި އޮޕަރޭޝަންތަކާއި އެންޑޯވެސްކިއުލާ ސާޖަރީތައް ކުރަން އެބަހުރި ޕްލޭން. ރަނގަޅު ނިއުރޯ ސާޖަރީ ޔުނިޓެއް އުފެއްދިއްޖެއްޔާ ސްޓްރޯކް ފަރުވާ ވެސް ރަނގަޅުވާނެ. މިހާރު ވެސް މި ތަނުގައި އެބަހުރި ސްޓްރޯކް ޔުނިޓެއް. ނިއުރޯ އަދި ނިއުރޯ ސާޖަރީ އެއްކޮށް މަސައްކަތް ކުރާނީ،" ޝާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މައިބަދައިގެ އޮޕަރޭޝަނާއި ސިކުނޑި ތެރޭގައި އުފެދޭ ޓިއުމަރު ނެގުމުގެ އޮޕަރޭޝަންތައް ވެސް ފަށާނެ ކަމަށެވެ.
އައިޖީއެމްއެޗްގައި ނިއުރޯސާޖަން ޑރ. އަލީ އާފީއާ އެކު މިހާރު ވެސް ނާރުގެ ބައްޔާ ގުޅުން ހުރި އޮޕަރޭޝަންތައް ކުރެ އެވެ. ނަމަވެސް، ޝާހު ވިދާޅުވީ ނިޔާފު ގުޅިވަޑައިގަތުމަކީ މުޅި ޓިމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
ކިޔޫ ކުޑަކުރަން ބަލި މީހުން ބަލާ ވަގުތު އިތުރުކޮށްފި
މާބަނޑު މުވައްޒަފުންނަށް ދިން ލުއިތައް އިޔާދަކޮށްފި
10އަހަރު ފަހުން ކިޑްނީގެ ދެ ވަނަ ޑޮކްޓަރު ހިދުމަތަށް
ޑރ. އިސްނީން: ގޮހޮރުގެ ފުރަތަމަ ދިވެހި ޑޮކްޓަރު
އަތުހަރުގެ ހާލު ގޯސްވެގެން އަނެއްކާވެސް އެޑްމިޓުކޮށްފި
ދިވެހި ޑޮކްޓަރުން ކާޑިއެކް ސެންޓަރު ހިންގަން ފަށަނީ
އަސަދު: ދުވަސްވީ ތަދުތަކަށް ހާއްސަ ފުރަތަމަ ޑޮކްޓަރު
ދުން ލީކުވެ އަނބުރައިގަތް ހަތް މީހަކަށް ފަރުވާދެނީ
ހައްޖަގެ ދަރިފުޅު ނިޔާވެއްޖެ
"އަހަރަކު ދެ ފަހަރު ޗެކަޕް ހެދުން ރަނގަޅެއް ނޫން"