Roadha Mihaaru
ޔޫއޭއީގައި މުޒާހަރާކުރި ބަންގްލާދޭޝް 57 މީހަކު ޖަލަށް

ޔޫއޭއީގައި މުޒާހަރާކުރި ބަންގްލާދޭޝްގެ 57 މީހަކު ދިގު މުއްދަތަށް ޖަލަށް ލައިފި

23 ޖުލައި 2024

މުޒާހަރާކުރުން މަނާ ޔުނައިޓެޑް އަރަބި އެމިރޭޓްސްގައި މުޒާހަރާކުރި ބަންގްލާދޭޝްގެ 57 މީހަކު ދިގު މުއްދަތަށް ޖަލަށް ލުމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފައިވާ ކަމަށް ދައުލަތުގެ މީޑިއާއިން ބުނެފި އެވެ.

މުޒާހަރާކުރުން މަނާ ޔުނައިޓެޑް އަރަބި އެމިރޭޓްސްގައި މުޒާހަރާކުރި ބަންގްލާދޭޝްގެ 57 މީހަކު ދިގު މުއްދަތަށް ޖަލަށް ލުމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފައިވާ ކަމަށް ދައުލަތުގެ މީޑިއާއިން ބުނެފި އެވެ.

ބަންގްލާދޭޝްގައި ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ނެގުމުގައި ގެންގުޅޭ އުސޫލާ ދެކޮޅަށް ފެށި އަދި މިހާތަނަށް 160 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ މުޒާހަރާތަކަށް ތާއީދުކޮށް ޔޫއޭއީގައި މުޒާހަރާކުރި މީހުންގެ ތެރެއިން ތިން މީހަކު ވަނީ އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ.

މުޒާހަރާކުރި ބަންގްލާދޭޝްގެ މަސައްކަތްތެރިންގެ ތެރެއިން 53 މީހަކު 10 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރި އިރު ދެން ތިބި މީހުންގެ މައްޗަށް އެއް އަހަރާއި 11 އަހަރާ ދެމެދުގެ ޖަލު ހުކުމް ވަނީ އިއްވައިފަ އެވެ.

"ދައުވާ ލިބުނު މީހުން ވަނީ ޔޫއޭއީގެ އެކި މަގުތަކަށް އެއްވެ ހުކުރު ދުވަހު ހަމަނުޖެހުން ހިންގާފައި،" ދައުލަތުގެ މީޑިއާއިން ބުންޏެވެ.

އެމިރޭޓްސް ނިއުސް އެޖެންސީން ބުނީ ހުކުމުގެ މުއްދަތު ހަމަވުމުން އެ އެންމެން ވެސް އަނބުރާ ގައުމަށް ފޮނުވާލާނެ ކަމަށެވެ.

ޕާކިސްތާނާއި އިންޑިއާ މީހުންނަށް ފަހު ޔޫއޭއީގައި ތިންވަނައަށް އެންމެ ބޮޑު ބިދޭސީ އާބާދީއެއް އޮންނަނީ ބަންގްލަދޭޝް މީހުންގެ އެވެ. -- އޭއެފްޕީ