ބަންގްލާދޭޝްގެ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވައި އިންޑިއާއަށް ވަޑައިގެންނެވި ޝައިޚް ހަސީނާ ގައުމާ ހަވާލުކުރުމަށް އިންޑިއާގެ ކިބައިން އެދޭނެ ކަމަށް ބަންގްލާދޭޝްގެ ހަނގުރާމައިގެ ކުށްތައް ބަލާ ޓްރައިބިއުނަލްގެ ޗީފް ޕްރޮސިކިއުޓާ ވިދާޅުވެއްޖެ އެވެ.
ބަންގްލާދޭޝްގެ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވައި އިންޑިއާއަށް ވަޑައިގެންނެވި ޝައިޚް ހަސީނާ ގައުމާ ހަވާލުކުރުމަށް އިންޑިއާގެ ކިބައިން އެދޭނެ ކަމަށް ބަންގްލާދޭޝްގެ ހަނގުރާމައިގެ ކުށްތައް ބަލާ ޓްރައިބިއުނަލްގެ ޗީފް ޕްރޮސިކިއުޓާ ވިދާޅުވެއްޖެ އެވެ.
ހަސީނާ 15 އަހަރަށް ފަހު ވެރިކަން ދޫކޮށްލައްވައި އިންޑިއާއަށް ވަޑައިގެން ރައްކާތެރިކަން ހޯއްދެވީ ބަންގްލާދޭޝްގައި ދަރިވަރުން ސަރުކާރާ ދެކޮޅަށް ފެށި މުޒާހަރާތައް ހޫނުވެ އެންމެ ފަހުން ހަސީނާގެ ގެކޮޅު ކައިރިއަށް އެއްވާން ފެށުމާ އެކު މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އެވެ.
ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް (އައިސީޓީ)ގެ ޗީފް ޕްރޮސެކިއުޓާ މުހައްމަދު ތާޖުލް އިސްލާމް އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ މިއީ "ގަތުލްއާންމު" ހިންގުމުގެ މައްސަލައެއް ބެލުން ކަމަށާއި ތުހުމަތުވާ އިސް މީހަކީ ހަސީނާ ކަމަށް ވާތީ އޭނާ އަނބުރާ ގެނައުމުގެ ގާނޫނީ އިޖުރާއަތުތައް ފަށާނެ ކަމަށެވެ.
އައިސީޓީ އަކީ 1971 ވަނަ އަހަރު ޕާކިސްތާނުގެ ދަށުން ބަންގްލާދޭޝް މިނިވަންކަން ހޯދި ހަނގުރާމައިގައި ހިންގި ޖަރީމާތައް ތަހުގީގު ކުރުމަށް ހަސީނާ 2010 ވަނަ އަހަރު އުފެއްދެވި ތަނެކެވެ.
ހަސީނާގެ ސަރުކާރަށް އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ބޮޑެތި ތުހުމަތުތައް ކުރެ އެވެ. އޭގެ ތެރޭގައި ސިޔާސީ ވާދަވެރިން ގިނަ ބަޔަކު ބަންދުކުރުމާއި ހުކުމަކާނުލައި މީހުން މެރުން ހިމެނެ އެވެ.
"ކުށްވެރިން ބަދަލުކުރުމުގެ މުއާހަދާއެއްގައި ހަސީނާގެ ވެރިކަމުގައި ވަނީ އިންޑިއާ އާއި ބަންގްލާދޭޝްއާ ދެމެދު 2013 ވަނަ އަހަރު ވަނީ ސޮއިކޮށްފައި،" އިސްލާމް ވިދާޅުވި އެވެ.
"ބަންގްލަދޭޝްގައި ހިންގި ޖަރީމާތަކުގެ އެންމެ ބޮޑު ތުހުމަތެއް އޮތީ ހަސީނާއަށް ކަމަށް ވާތީ، އޭނާ އަނބުރާ ގެނެސް ޝަރީއަތް ހިންގުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން ކުރާނަން."
އުމުރުން 76 އަހަރުގެ ހަސީނާ ބަންގްލަދޭޝް ދޫކޮށް ވަޑައިގެން ފަހުން އާންމުންގެ ތެރެއިން އަދި ނުފެނެ އެވެ. އިންޑިއާއިން ހަސީނާއަށް ހިމާޔަތް ދޭތީ އެކަމުގެ ހިތްހަމަނުޖެހުން ބަންގްލާދޭޝްގައި އޮތް އިރު މިހާރު ވަނީ ހަސީނާގެ ޑިޕްލޮމެޓިކް ޕާސްޕޯޓް ވެސް ކެންސަލްކޮށްފަ އެވެ.
ހަސީނާގެ ވެރިކަމާ ދެކޮޅަށް ދަރިވަރުން މި އަހަރު ކުރި މުޒާހަރާ ރޫޅާލަން ކުރި މަސައްކަތުގަ އާއި ހަމަނުޖެހުންތަކުގައި 600 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. -- އޭއެފްޕީ
ހަސީނާ ހަވާލުކުރަން ބަންގްލާދޭޝްއިން އިންޑިއާގައި އެދެފި
ބަންގްލާދޭޝްއަށް ޗައިނާގެ ހޮސްޕިޓަލްތަކެއް ހާއްސަކުރަނީ
އިންޑިއާގެ އުނދަގުލާ ދެކޮޅަށް ތެދުވާންޖެހޭ: ޔޫނުސް
ހަސީނާއަށް 21 އަހަރުގެ ޖަލު ހުކުމެއް
ހަސީނާގެ ބޭންކް ލޮކަރުން 10 ކިލޯގެ ރަން ނަގައިފި
22 އަހަރަށްފަހު ބަންގްލަދޭޝްއިން އިންޑިއާ ބަލިކޮށްފި!
ޝައިހް ހަސީނާ މަރަން ހުކުމްކޮށްފި
މަރުގެ ހުކުމް އަންނަ ކުށް ހަސީނާއަަށް ސާބިތުވެއްޖެ
ހަސީނާއަށް ފަހު ވެސް ބަންގްލާދޭޝްގައި ސިޔާސީ މަރުތައް
އަންނަ މަހު ހަސީނާއަށް މަރުގެ ހުކުމް އިއްވަފާނެ