މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ކަމަށް ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު މުނައްވަރު އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ހުށަހެޅުއްވުން ދިރާސާކުރަން މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފި އެވެ.
23 ޖުލައި 2024
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ކަމަށް ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު މުނައްވަރު އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ހުށަހެޅުއްވުން ދިރާސާކުރަން މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފި އެވެ.
މުނައްވަރު އެމްއެމްއޭގެ ގަވަރުނަރު ކަމަށް އައްޔަން ކުރަން ރައީސް އިއްޔެ ނިންމެވީ އެ މަގާމުގައި ހުންނެވި އަލީ ހާޝިމް ވަކިކުރެއްވުމަށް އެވެ. އޭނާ ވަކިކުރީ، މަގާމުގައި ބަހައްޓަން ނުފެންނަ ކަމަށް ރައީސަށް ލަފާ ދޭން މަޖިލީހުން ފާސްކުރުމުންނެވެ.
އެމްއެމްއޭގެ ގާނޫނު އޮންނަ ގޮތުން ގަވަރުނަރު އައްޔަންކޮށް، ވަކި ކުރައްވާނީ ރައީސެވެ. ނަމަވެސް އައްޔަން ކުރުމުގައި މަޖިލީހުގެ ލަފައެއް އޮންނަން ޖެހެ އެވެ.
ގަވަރުނަރު ކަމަށް މުނައްވަރު އައްޔަން ކުރުމުގެ މައްސަލަ މިއަދު މަޖިލީހުގެ ތަޅުމަށް އިއްވުމަށް ފަހު، އެ މައްސަލަ ދިރާސާ ކުރަން މާލިއްޔަތު ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރާނީ ކޮމިޓީގެ ދިރާސާއަށް ފަހު އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި މުނައްވަރު ވަނީ، އެމްއެމްއޭގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ. އިސްލާމިކް ޔުނިވާސިޓީގެ ލެކްޗަރާއެއްގެ ގޮތުގައި، ކިޔަވައިދެއްވުމުގައި ވެސް އުޅުއްވި އެވެ.
ގަވަރުނަރުގެ މަގާމަށް އަލީ ހާޝިމް އައްޔަން ކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ސެޕްޓެމްބަރު 8، 2019 ގައެވެ. އޭނާ ވަނީ 2008 ވަނަ އަހަރުން 2010 ވަނަ އަހަރަށް ފިނޭންސް މިނިސްޓަރުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.
ގަވަރުނަރަކަށް މުނައްވަރު އައްޔަންކުރަން ރުހުން ދީފި
ގަވަރުނަރު އަލީ ހާޝިމް ވަކިކޮށް، މަގާމަށް މުނައްވަރު
މައްސަލައަކީ ގަވަރުނަރެއް ނޫން، މެނޭޖްކުރަން ނޭނގުން
ގަވަރުނަރު ވަކިކުރަން ރައީސަށް ލަފާ ދޭން ފާސްކޮށްފި
ރަނގަޅު ގޮތަކީ ގަވަރުނަރު އިސްތިއުފާ ދެއްވުން: ތޯރިގު
އަލީ ހާޝިމް ވަކިކުރުމުގެ މައްސަލަ މާދަމާ
ގަވަރުނަރު އަލީ ހާޝިމް ވަކިކުރަން ކޮމިޓީން ނިންމައިފި
ގަވަރުނަރަށް މިއަދު ވެސް ކޮމިޓީއަށް ވަޑައެއްނުގެންނެވުނު
"މިދިޔަ ދެ އަހަރު ވެސް ދިން ލަފާތަކަށް ނުބަލާ"
އެމްއެމްއޭއިން އިސްނަގައިގެން ލަފައެއް ނުދޭ: މިނިސްޓަރު