ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް މިއަދު އިސްތިއުފާ ދެއްވާފައި ވާތީ އެ މަގާމަށް ކުރިމަތިލުމަށް ދެ ދުވަހުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
28 ނޮވެމްބަރ 2019
ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް މިއަދު އިސްތިއުފާ ދެއްވާފައި ވާތީ އެ މަގާމަށް ކުރިމަތިލުމަށް ދެ ދުވަހުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
ބިޝާމް އިސްތިއުފާ ދެއްވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި އޮއްވަ އެވެ.
ރައީސް އޮފީހުން ބުނީ ޕްރޮސިކިއުޓާ ޖެނެރަލް ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުގެ ޝަރުތަކީ އުމުރުން 25 އަހަރު ވުމާ އެކު ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީއެއް އޮތުމާއި އަދި އެ ދާއިރާގައި މަދުވެގެން ހަތަރު އަހަރުގެ ތަޖުރިބާ ހުރުމެވެ. އަދި އެއްވެސް ސިޔާސީ މަގާމެއް ނުވަތަ އިންތިޚާބީ މަގާމެއްގައި ހުރި މީހަކަށް ނުވުމާއި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުމަކީ ވެސް އެ މަގާމުގެ ޝަރުތެކެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅުން އައްޔަން ކުރާނީ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކަށް ބިނާކޮށް، މަޖިލީހުންނެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނު ބުނާ ގޮތުން ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމު ހުސްވާތާ ގިނަވެގެން 30 ދުވަސް ތެރޭގައި އެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ޖެހޭނެ އެވެ. އަދި އެ މަގާމު ހުސްކޮށް އޮންނަ މުއްދަތުގައި އެ މަގާމުގެ ޒިންމާތައް އަދާ ކުރާނީ ޑެޕިިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ކަމަށް ވެސް އެ ގާނޫނުގައިވެ އެވެ.
ބިޝާމް، ޕީޖީގެ މަގާމުން އިސްތިއުފާ ދެއްވައިފި
ޕީޖީއަށް ހުށަހެޅީ މި ސަރުކާރުގެ މައްސަލައެއް ނޫން
ޖަވާބެއް ނުލިބުމުން އިދިކޮޅު ފަރާތްތަކުން ޕީޖީ އޮފީހަށް
ބަދަލު ދިނުމާ ގުޅިގެން އިބޫގެ މައްސަލައެއް ބަލަނީ!
ޕީޖީގެ މަގާމަށް އައްބާސް ކުރިމަތިލައްވައިފި
ބަދަލުގެ ގޮތުގައި ފަޅުތަކާއި ބިންތައް ވެސް ދޭން ނިންމި
ޝަމީމަށް ދިން ހަމަލާ ސަރުކާރުން ކުށްވެރިކޮށްފި
ރިޔާސީ ބަޔާން އިއްވާ ދުވަސް ބަންދު ނުކުރަން ނިންމައިފި
ފާތޭ، މަޖިލިހުގެ އިދާރާގެ ޗީފް އޮފް ބިއުރޯގެ މަގާމަށް
އިތުރު ދައުރަކަށް ނަޝާތު އީސީ އަށް އައްޔަންކުރައްވައިފި