Roadha Mihaaru
މައުމޫނަށް، އެޑިއުކޭޝަން މިނިސްޓަރުގެ ތައުރީފު!

ތައުލީމީ ދާއިރާ އަށް މައުމޫނު ގެނެސްދެއްވި އިންގިލާބީ ބަދަލަށް އެޑިއުކޭޝަން މިނިސްޓަރުގެ ތައުރީފު!

23 ޖުލައި 2024

ރާއްޖޭގެ ތައުލީމީ ދާއިރާ އަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގެނެސް ދެއްވި ބޮޑު ބަދަލަށް މިހާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިރޭ ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖޭގެ ތައުލީމީ ދާއިރާ އަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގެނެސް ދެއްވި ބޮޑު ބަދަލަށް މިހާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިރޭ ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ.

މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރުން ފާހަގަ ކުރުމަށް 1،000 ދުވަހުގެ ކައުންޓް ޑައުން ފެށުމަށް އެ ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީ ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ތައުލީމު ފުޅާވެގެން އައީ މައުމޫނުގެ މިންނެތް މަސައްކަތްޕުޅުން ކަމަށެވެ.

އޭނާ ވިދާޅުވީ، 2001 ވަނަ އަހަރާ ހަމައަށް ބަލާއިރު ގިނަ ރަށްރަށުގައި އޯ ލެވެލް ފެންވަރަށް ވެސް ކިޔަވައި ނުދޭ ކަމަށާއި އެކަމަކު ހުރިހާ ރަށަކަށް ތައުލީމު ފަތުރައި އެކަމަށް ބޮޑު އިންވެސްޓްމެންޓެއް ކުރެއްވީ މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި ކަމަށެވެ.

ކުރީގެ ރައީސް މައުމޫން: އެ މަނިކުފާނުގެ ވެރިކަމުގައި ތައުލީމީ ދާއިރާ އަށް ގެނެސް ދެއްވީ މިހާރު ވެސް އެތައް ބަޔަކު ތައުރީފު ކުރާ ހެޔޮ ބަދަލުތަކެއް.

ކުރީގެ ރައީސް މައުމޫން: އެ މަނިކުފާނުގެ ވެރިކަމުގައި ތައުލީމީ ދާއިރާ އަށް ގެނެސް ދެއްވީ މިހާރު ވެސް އެތައް ބަޔަކު ތައުރީފު ކުރާ ހެޔޮ ބަދަލުތަކެއް.

އޭރު ގެނައި އެންމެ މުހިންމު އެއްބަދަލަކީ އިސްމާއިލް ވިދާޅުވި ގޮތުގައި، ފާސްނުވާ ކުދިން ސްކޫލުން ވަކިކުރުން ނިމުމަކަށް ގެނެސް އޯ ލެވެލާ ހަމައަށް ކިޔަވައިދިނުމުގެ ފުރުސަތު ފަހި ކޮށްދިނުމެވެ.

ނަމަވެސް ބަދަލު ގެނައުމަށް އޭރުގެ އެޑިއުކޭޝަން މިިނިސްޓްރީ އަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"[އޭރު މީހުން ބުނަމުން ދިޔައީ] އޮޓޯ ޕްރޮމޯޝަނަށް ލީ ނޫންހޭތި. ކިހިނަކުންހޭ ނަތީޖާ ނެރެވޭނީ، ވަރަށް ބޮޑު ގޯހެކޭ ތި ހަދަނީ. ތައުލީމުގެ ފެންވަރު ދާނީ ދަށަށޭ،" އެ ދުވަސްވަރު އެ ބަދަލާ ގުޅޭ ގޮތުން އާންމުންގެ ވިސްނުން ހުރި ގޮތް ހިއްސާ ކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަކު، މައުމޫން އެ ދުވަސްވަރު ކުރެއްވި މަސައްކަތްޕުޅުގެ ނަތީޖާއަކަށް ވީ، މިއަދު ރާއްޖޭގައި 16 އަހަރު ނުފުރޭ ކުއްޖަކު ތައުލީމުން މަހުރޫމުވުމުގެ ފުރުސަތު ނެތުންކަން މިނިސްޓަރު ފާހަގަ ކުރައްވައި މައުމޫނަށް ތައުރީފު ކުރައްވައިފަ އެވެ.

ކައުންޓް ޑައުން ފެށުމަށް މިރޭ ބެއްވި ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ކައުންޓް ޑައުން ފެށުމަށް މިރޭ ބެއްވި ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ރާއްޖޭގައި ވެރިކަން ކުރެއްވި 8 ރައީސުން ވެސް ތައުލީމު ހާސިލް ކުރެއްވި މަޖީދިއްޔާ ސްކޫލުންކަން ފާހަގަ ކުރައްވައި މިނިސްޓަރު ވަނީ އެ ސްކޫލަށް 100 އަހަރު ފުރުން ފާހަގަކުރުން ވާނީ ސަރުކާރު، ހާއްސަކޮށް އެޑިއުކޭޝަން މިނިސްޓްރީން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާނެ ކަމެއް ކަމަށެވެ.

މަޖީދިއްޔާ ސްކޫލުގައި ކިޔަވައިދޭން ފެށީ އޭޕްރީލް 19، 1927 ގަ އެވެ. އެ ސްކޫލަށް 100 އަހަރު ވާނީ އޭޕްރީލް 19، 2027 ގަ އެވެ.

ދިވެހިންނަށް އަސާސީ ތައުލީމު އުގަންނައިދީ، އެކި ރަށްރަށުގައި އަތޮޅު ތައުލީމީ މަރުކަޒުތަކާއި ކޮމިއުނިޓީ ސްކޫލްތައް ފެށުމުގެ މޭސްތިރިއަކީ މައުމޫނެވެ. ހާއްސަކޮށް، ދިވެހިންނަށް ލިޔަންކިޔަން ދަސްކޮށްދިނުމަށް ސީދާ މައުމޫނާއި އޭރުގެ އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިން އިސްވެ ފެއްޓެވި ޕްރޮގްރާމުގެ ކާމިޔާބީ މިއަދު ވެސް އެތައް ބަޔަކު ފާހަގަކުރެ އެވެ.