މަޖީދިއްޔާ ސުކޫލުގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހާއި ޑެޕިއުޓީ ޕްރިންސިޕަލް ޝީޒާ އަލީ ވަކިކުރަން އެދި އެ ސުކޫލުގެ ބެލެނިވެރިންތަކެއް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
29 އޯގަސްޓް 2024
މަޖީދިއްޔާ ސުކޫލުގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހާއި ޑެޕިއުޓީ ޕްރިންސިޕަލް ޝީޒާ އަލީ ވަކިކުރަން އެދި އެ ސުކޫލުގެ ބެލެނިވެރިންތަކެއް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ސްކޫލްގެ ދެ ފަންފަޅީގައި ކިޔަވާ ގިނަ އަދަދެއްގެ ކުދިންގެ ބެލެނިވެރިން ސޮއިކޮށް، އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއުއަށް ފޮނުވި ޕެޓިޝަންގައި 35 ނުކުތާއެއް ވަނީ ފާހަގަކޮށްފަ އެވެ.
އޭގެ ތެރޭގައި ކުދިންގެ މެދުގައި ތަފާތުކުރުން ގެންގުޅުމާއި ކިޔެވުމާއި އިތުރު ހަރަކާތްތައް ހިންގުމަށް އެކަށީގެންވާ ސަމާލުކަމާއި ވަގުތު ނުދިނުމުގެ ސަބަބުން ކަންކަން ބޮއްސުންލައިގެން ދިޔުމާއި ވަކި ފިކުރެއްގެ ޓީޗަރުންނަށް ކުރިއެރުމާއި ފުރުސަތުތައް ތަނަވަސް ކޮށްދިނުމާއި ކޮރަޕްޝަނުގެ ތުހުމަތުތައް ވެސް ހިމެނެ އެވެ.
މަޖީދިއްޔާ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ޝީޒާ އަލީ.
- ޕްރިންސިޕަލާއި ޑެޕިއުޓީ ޕްރިންސިޕަލް ގިނަ ކަންކަމުގައި ހިޔާލު ތަފާތުވުމުގެ ސަބަބުން ޓީޗަރުންގެ މަސައްކަތާއި ކުދިންގެ ކިޔެވުމަށް ބުރޫއެރުން.
- ކިޔެވުމުގެ އިތުރުން ކުދިންނަށް ތަފާތު ތަޖުރިބާތައް ކުރުމަށް އެކި ދިމަދިމާލުން ހޯދަންޖެހޭ ފުރުސަތުތައް ހޯދައިނުދިނުން.
- ބެލެނިވެރިންނާ މެނޭޖުމަންޓާ އޮތް ގުޅުން ހީނަރުވުން.
- ޕްރިންސިޕަލްގެ މަގާމުގައި 8 އަހަރު ހޭދަކުރެއްވިއިރު ހެޔޮ ބަދަލެއް އައިސްފައި ނުވުން.
- ޕްރިންސިޕަލްގެ ފަރާތުން ޓީޗަރުންނަށް ސިޔާސީ ގޮތުން ފިއްތުންތައް ފިއްތުން.
- މެނޭޖުމަންޓުގެ ނާގާބިލް ކަމުން ގާބިލް އެތައް ޓީޗަރުން ސްކޫލް ދޫކޮށް ދިއުން.
- ސްކޫލުގެ 30 ކްލާސްރޫމް އޭސީ ކުރަން ބެލެނިވެރިއަކު ހަދިޔާކުރި އޭސީ ޔުނިޓުތަކަށް ވީނުވީއެއް ނޭނގުން.
ޕެޓިޝަންގައިވާ ބުނެފައިވާ ގޮތުން މެނޭޖުމަންޓުން ކަން ކުރަމުންދާ ނާއިންސާފު އަމަލުތަކުގެ ސަބަބުން ކުދިންގެ ކިޔެވުމަށް އޭގެ ނޭދެވޭ އަސަރުކޮށް، މަޖީދިއްޔާ ސްކޫލްގެ ފަހުރުވެރި ނަން ދަނީ ހަޑިވަމުންނެވެ.
މައުމޫނަށް، އެޑިއުކޭޝަން މިނިސްޓަރުގެ ތައުރީފު!
"އެކްޓިވިޓީ ކަލަންޑަރު" ހެދުމުގެ ކުރިން ހިޔާލު ހޯދަނީ
އޯވަލޯޑު ނުވާނެ ގޮތަކަށް ހަރަކާތްތައް ބާއްވަން އެދިއްޖެ
ގްރޭޑް އެކަަކަށް ވައްދަން 2،135 ޖާގައަށް އެދިއްޖެ
ކިޔެވުމަށްޓަކައި މާލެއަަށް، ހައްލެއް ފެންނާކަށް ނެތް؟!
އެޑިއުކޭޝަންގެ ދަރަނިން 250 މިލިއަން ދައްކައިފި
ރެކޯޑް އަދަދެއްގެ މީހުން މިއަހަރު ޓީޗިން ޑިގްރީ ހަދަނީ
16 މިލިއަނަށް ދިން ޕްރޮޖެކްޓެއްގެ ލިޔެކިޔުމެއް ނެތް
"ހެއްކެއް ނެތި 300 މުވައްޒަފުންނަށް އަދަބު ދިން"
އަރަބިއްޔާ އެޅުންލަސްވީ 80 މިލިއަން ސަލާމަތް ކުރަން