Roadha Mihaaru
ސްޓޭޓް މިނިސްޓަރުގެ މަގާމުން މާނިއު އިސްތިއުފާދެއްވައިފި

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން މާނިއު އިސްތިއުފާ ދެއްވައިފި

24 ޖުލައި 2024

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓްމްސްގެ މަގާމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލު ކުރި ޔޫސުފް މާނިއު މުހައްމަދު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓްމްސްގެ މަގާމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލު ކުރި ޔޫސުފް މާނިއު މުހައްމަދު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުން މާނިއު ވަކިކޮށް ހޯމް މިނިސްޓްރީ އަށް ބަދަލު ކުރީ މިދިޔަ ހޯމަ ދުވަހު އެވެ. އެނގިފައިވާ ގޮތުގައި އެ މިނިސްޓްރީ އަށް އޭނާ ބަދަލު ކުރި ނަމަވެސް ވަޒީފާ އަކަށް ނުނިކުންނަވަ އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން "މިހާރު" އަށް ކަށަވަރު ކޮށްދެއްވި ގޮތުގައި މާނިއު އިސްތިއުފާ ދެއްވިކަން އެ މިނިސްޓްރީއަށް މިއަދު ވަނީ އަންގަވައިފަ އެވެ.

އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ނޭނގެ އެވެ. މާނިއު ފޯނަށް ޖަވާބު ނުދެއްވާތީ، އެކަމާ ގުޅޭ ގޮތުން އޭނާގެ ބަހެއް ނުލިބެ އެވެ.

މާނިއުގެ ބަދަލުގައި ކަސްޓަމްސްގެ ވެރިއަކަށް އައްޔަން ކޮށްފައި ވަނީ ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި މިހާތަނަށް ހުންނެވި ފާތިމަތު ދިޔާނާ އެވެ.

މާނިއުއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ރައީސްކަން ވެސް ކުރެއްވި ބޭފުޅެކެވެ.