Roadha Mihaaru

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން ޔޫސޭ ވަކިކޮށްފި

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޔޫސުފް އަބްދުލްޣަފޫރު (ޔޫސޭ) އެ މަގާމުން ވަކިކޮށްފި އެވެ.

ސްޓޭޓް މިނިސްޓަރުގެ މަގާމުން ޔޫސޭ ވަކިކޮށްފި
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

08 ސެޕްޓެމްބަރ 2024

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޔޫސުފް އަބްދުލްޣަފޫރު (ޔޫސޭ) އެ މަގާމުން ވަކިކޮށްފި އެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ޔޫސޭ އެ މަގާމުން ވަކިކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

އޭނާ މަގާމުން ވަކިކުރި ސބަބެއް ސާފެއް ނުވި އެވެ.

ގަމު ދާއިރާގެ މެންބަރު ކަން ވެސް ކުރައްވާފައިވާ ޔޫސޭ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރު ވެސް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ފުރުއްވައިފަ އެވެ.

ޔޫސޭ މަގާމުން ވަކިކުރުމުން ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީގައި މިހާރު ތިއްބަވަނީ ފަސް ސްޓޭޓް މިނިސްޓަރުންނެވެ. އެއީ ޑރ. މުހައްމަދު ކިނާނަތު ލުބުނާ ޒާހިރު ހުސައިން، އާދަމް މުހައްމަދު އަބްދުﷲ އަދި އަބްދުލްމަޖީދު އިބްރާހިމް އެވެ.