Roadha Mihaaru
ރޮކެޓް ހަމަލާތަކެއްގައި އިޒްރޭލުގެ އެތައް ބަޔަކު މަރު

ރޮކެޓް ހަމަލާތަކެއްގައި އިޒްރޭލުގެ އެތައް ބަޔަކު މަރުވެއްޖެ

27 ޖުލައި 2024

ގޯލާންގެ އުސް ބިންތަކުގެ ސަރަހައްދަށް ލުބްނާނު ތެރެއިން އައި ކަމަށް ބުނާ ރޮކެޓް ހަމަލާތަކެއްގައި މަދުވެގެން ނުވަ މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެ ކަމަށް އިމަޖެންސީ މެޑިކަލް ސާވިސްތަކުން ބުނެފި އެވެ.

މަޖެން ޑޭވިޑް އަޑޮމް އިމަޖެންސީ ސާވިސްގެ ވެރިޔާ އެލީ ބިން ވިދާޅުވީ މަޖްދާލް ޝަމްސް އަވަށަށް ރޮކެޓެއް އަމާޒުވެ ނުވަ މީހަކު މަރުވެ 34 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

އެތައް ބަޔަކު އިޒްރޭލުން މަރުވި މި ހަމަލާތައް އައީ، ލުބްނާންގެ ހިޒްބުﷲ އިން އިޒްރޭލަށް ދޭ ހަމަލާތައް ހުއްޓުވަން ހަރުކަށި ރައްދެއް ދޭނެ ކަމަށް އިޒްރޭލުން އިންޒާރު ދީފައި ވަނިކޮށެވެ.

އެކަމަކު ހިޒްބުﷲ އިން ވަނީ ހަމަލާ ދިން ކަމަށް އިންކާރުކޮށްފަ އެވެ. އެހެން ވެއްޖެ ނަމަ މިއީ ސީރިއާ ސަރަހައްދުން ދިން ހަމަލާތަކެއް ކަމަށް ބެލެވެ އެވެ.

އިޒްރޭލުގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ގޯލާނަށް 100 އަށްވުރެ ގިނަ މިސައިލް އަމާޒުކުރި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މަދުވެގެން 14 މީހަކު ހަމަލާތަކުގައި މަރުވި އެވެ.